ރެހެންދީ ސުކޫލްގެ 2 ދަރިވަރަކާއި ޓީޗަރަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

    ހުޅުމާލެ ރެހެންދީ ސުކޫލުގައި ތައުލީމު ހާސިލްކުރަމުންދާ 2 ދަރިވަރަކާއި އެސުކޫލްގެ މުދައްރިސަކު ކޮވިޑް-19އަށް ޕޮސިޓިވް ވެއްޖެއެވެ.

    ” ފެށުން ”  އޮންލައިން ނޫހުން ގެނެސްދީފައިވާ ޚަބަރެއްގައިވާ ގޮތުގައި އެސުކޫލުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ގްރޭޑް 9 އަދި 10 ގައި ތައުލީމު ހާސިލް ކުރަމުންދާ ދެ ދަރިވަރުންނެވެ.

    ފެށުން އޮންލައިން ނޫހުން ގެނެސްދީފައިވާ ޚަބަރުގައި ވާގޮތުން  ކޮވިޑްއަށް ޕޮޒިޓްވި ދެ ދަރިވަރުންނާއި، ޓީޗަރުވެސް ޕޮސިޓިވްވެފައިވަނީ ސުކޫލްއަށް ހާޒިރުވަމުން ދަނިކޮށެވެ.

    މީގެ ކުރިން ވަނީ ސްކޫލެއްގެ ސީނިއާ މެނޭޖްމެންޓުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެގޮތުން އޭރު ޕޮސިޓިވް ވެފައިވަނީ ހުރަވީ ސުކޫލްގެ ޕްރިންސިޕް އެވެ.

    ކޮވިޑް-19 އާއި ގުޅިގެން ސުކޫލްތައް ބަންދުކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނެސް ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅު ތަކާ އެކު ނިއުނޯމަލްގައި ސްކޫލްތަކުގެ ކިޔެވުން ފަށައިފައިވަނީ މިމަހުގެ ފުރަތަމަވީ ބުދަދުވަހުއެވެ. ކޮވިޑް-19 ނެތް ރަށްރަށުގެ ސްކޫލްތަކުގެ ހުރިހާ ގުރޭޑަކަށް ކިޔަވައިދޭން ފެށި ނަމަވެސް މާލޭގެ ސްކޫލްތައް ހުޅުވައި ކިޔަވައިދެމުންދަނީ ގުރޭޑް 9 އިން މަތީގެ ގުރޭޑް ތަކަށެވެ.

    ތައުލީމީ ދާއިރާގައި އުޅުއްވާ ގިނަ ޓީޗަރުން ބުނާ ގޮތުގައި މިދުވަސްވަރު ސުކޫލްތައް ހުޅުވުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަދި ހާއްސަކޮށް ވެރިރަށް މާލެ ސަރަހައްދެވެ.

    އާއްމު ގޮތެއްގައި، ކޮވިޑް-19 ފެތުރެނީ ކެއްސާ އިރު ނުވަތަ ކިނބިހި އަޅާ އިރު ވައިރަސް ހުރި މީހެއްގެ ހަށިގަނޑުން ބޭރުވާ ޑްރޮޕްލެޓެއް ނުވަތަ ދިޔަތިއްކެއްގެ ޒަރީއާއިންނެވެ. މިފަދަ ދިޔަ ތިއްކެއް އެހެން މީހެއްގެ އަނގަޔަށް ނުވަތަ ނޭފަތަށް ނުވަތަ ލޮލަށް ސީދާ ގޮތެއްގައި ވާސިލު ވެއްޖެނަމަ، އެ މީހެއްގެ ހަށިގަނޑަށް ވައިރަސް އަރައެވެ. މި ގޮތުން ބޭރުވާ ދިޔަ ތިކީގައި ހުންނަ ވައިރަސް، އެ ދިޔަތިކި ގޮސް ހަރުލާ ތަނެއްގައި، މަރު ނުވެ ދެތިން ދުވަހު ހުރެދާނެއެވެ. މި ގޮތަށް ހަރުލާފައި ހުއްޓާ ބަލި ނުޖެހޭ މީހެއްގެ އަތުގައި އެ އެއްޗެއް އުނގުޅި، އުނގުޅުނު އަތް ލޮލޮގައި ނުވަތަ ނޭފަތުގައި ނުވަތަ އަނގައިގައި ހާކާލެވިއްޖެ ނަމަ ވައިރަސް ހަށިގަނޑަށް ވާސިލުވެއެވެ.

    ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 2831 މީހަކު ޕޮސިޓިވް ވެފައިވާއިރު، އޭގެތެރެއިން 2321 މީހަކުވަނީ ރަނގަޅުވެފައެވެ. އަދި މިބަލީގައި 14 މީހަކުވަނީ ނިޔާވެފައެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް މިހާތަނަށް 64،239 ސާމްޕަލް ނަގާފައިވާއިރު، އައިސޮލޭޝަން ފެސިލިޓީގައި 482 ފަރާތެއް އަދި ކަރަންޓީނު ފެސިލިޓީގައި 32 ފަރާތެއް ވާކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

    މަސްދަރު: ފެށުން . އެމްވީ

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ޕިންކް ރިބަން ރަން ވޯކް ހުޅުދޫއާއި މީދޫގައި ބާއްވައިފި

    ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން ބީއެމްއެލް އާއި ސިއްހީމަރުކަޒު ގުޅިގެން ބޭއްވި “ޕިންކް ރިބަން ރަން ...

    ވީއައިއޭގައި ކޭއެފްސީއާއި ޕިއްޒާ ހަޓް ހިންގަން އެއްބަސްވުމެއްގައި ސޮއިކޮށްފި

    ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވޯޓާފްރަންޓް ރެސްޓޯރަންޓުގައި ދުނިޔޭގެ މަޝްހޫރު ފުޑް ޗައިންތައް ހިންގަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އިން ...

    “އައްޑޫ އެވޯޑު 2019” ގައި ބައިވެރި ނުވާނަން- ހުޅުދޫ ކައުންސިލަރު ޝުކުރީ

    އައްޑޫ ސިޓީ ކައުންސިލުން ދިނުމަށް ހަމަޖެހިފައިވާ “އައްޑޫ ސިޓީ އެވޯޑު ހަފްލާ 2019″  ސ.ގަމުގެ އީކުއޭޓަރ ވިލެޖްގައި ބާއްވަން ...

    “ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ” މީދޫގައިވެސް ސާފުކުރުމުގެ މަސައްކަތްކުރިއަށް ގެންގޮސްފި

    މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ، މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް  ދަށުން މިއަދު މީދޫގައިވެސް ...

    އިދިކޮޅު ސިޔާސީ ލީޑަރުންނަށް ކޮރަޕްޝަންގެ ވާހަކަ ނުދެއްކޭނެ – ރައީސް

    އިދިކޮޅު ސިޔާސީ ލީޑަރުންނަށް ކޮރަޕްޝަންގެ ވާހަކަ ނުދެއްކޭނެ ކަމަށާއި އެބޭފުޅުންނަށް އެވާހަކަ ދެއްކޭނަމަ ރާއްޖަށް ދިމާވި ކޮރަޕްޝަންގެ އެންމެ ...

    ކޮވިޑް-19 : ށ. މިލަންދޫ ކަރަންޓީނު ކޮށްފި

    ކޮވިޑް-19 އާ ގުޅިގެން ށ. މިލަންދޫ ކަރަންޓީނު ކޮށްފިއެވެ. މިލަންދޫ ކަރަންޓީންކޮށްފައިވާކަން ހާމަކޮށް އެރަށު ކައުންސިލަށް އެޗްޕީއޭ އިން ...