މިހާރު ހުށަހެޅިފައިމިވާ އިސްލާހުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނަށް ވުރެ މާތަފްސީލީ ގޮތަކަށް އެކުށް ބަޔާންކޮށްފައިވާނެ- ނިހާނ

ރިޝްވަތުގެ ކުށް ޤާނޫނުލް އުޤޫބާތުން އުންޏެއް ނުކުރާނެކަމަށާއި، ނަމަވެސް ރިޝްވަތު ހުއްޓުމަށް މުޅިން އާ ބާބެއް ޤާނޫނުލް އުޤޫބާތަށް ގެންނަވާނެކަމަށް ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ. ރިޝްވަތުގެ ކުށް ޤާނޫނުލް އުޤޫބާތުން އުވާލާކަމަށް މީޑިޔާގައި ދެކެވެމުންދާ ވާހަކަތައް ސާފުކޮށްދިނުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްވަމުން ނިހާން ވިދާޅުވީ، ރިޝްވަތުގެ ކުށް އުވާލާކަމަށް ދައްކާ ވާހަކައަކީ ދޮގެއްކަމަށާއި ،ރިޝްވަތުގެ މައްސަލާގައި އާ ބާބެއް ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްރަހީމް ހުށަހަޅުއްވާފައިވާކަމަށެވެ.

ޤާނޫނުލް އުޤޫބާތުގެ 510 ވަނަ މާއްދާ އުވާނުލާކަމަށާއި މިހާރު އިސްލާހުކުރަން މަޖިލީހަށް ހުށަހަޅާފައިވާ 9/2014 ގައި މައިގަނޑު ދެ އިސްލާހެއް ވާކަމަށް ނިހާން ވިދާޅުވިއެވެ. އެގޮތުން ޤައުމީ ސަލާމަތާ ގުޅުންހުރި އިސްލާހުތަކާ ބެހޭ ބިލް ފޭދޫ ދާއިރާގެ މެމްބަރ އިބްރާހީމް ދީދީ ހުށަހަޅުއްވާ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީން ދިރާސާކޮށްފައިވާކަމަށް ނިހާން ވިދާޅުވިއެވެ. އަދި އެ ބިލާއެކު ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްރަހީމް ހުށަހަޅުއްވާ ދެވަނަ އިސްލާހެއް ހުށަހެޅުމަށް ކުރިންވެސް ނިންމަވާފައިވާކަމަށް ނިހާން ވިދާޅުވިއެވެ.

” 9/2014 ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް ފޭދޫ ދާއިރާގެ މެމްބަރ އިބްރާހީމް ދީދީ ހުށަހެޅުއްވި އިސްލާހާއެކު އައި އިސްލާހެއް ދެވަނަ އިސްލާހަކީ. އެއީ އަލަށް އައި އިސްލާހެއް ނޫން. އެއިސްލާހު ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްރަހީމް ހުށަހަޅުއްވާފައި އޮންނަތާ ވީ ދުވަހެއްވެއްޖެ އަނެއް އިސްލާހު ހުށަހެޅިތާވެސް. ނަމަވެސް ޕާލަމަންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި މަޝްވަރާކޮށްފައި އަޅުގަނޑުމެން އިސްލާހު ވައްދަމުން ދަނީ. އެހެންކަމުން ފުރަތަމަ އިސްލާހު ވައްދާފައި އޮއްވާ މަޖިލީހުގެ މަސައްކަތްތަކަށް އައި ބަދަލާއެކު މިކަން ލަސްވެގެންދިޔައީ. ” މިކަމާގުޅޭގޮތުން ނިހާން ވިދާޅުވިއެވެ.

ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްރަހީމް ހުށަހެޅުއްވާ އިސްލާހުގެ މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފުރަތަމަ ކިޔުން އިއްވުމަށް އެޖެންޑާކޮށްފައިވަނީ މި މައްސަލަ ފެންމަތި ވި ފަހުން މާދަމާ އޮންނަ ޖަލްސާއަށެވެ.

ޤާނޫނުލް އުޤޫބާތުގައި ރިޝްވަތާ ގުޅިގެން މިހާރުވެސް ބާބެއް އޮންނައިރު އަލުން ބިލެއް ހުށަހެޅުއްވީ ކީއްވެތޯ ނޫސްވެރިޔަކު ސުވާލު ދެންނެވެމުން ނިހާން ވިދާޅުވީ ، ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްރަހީމް ޤާނޫނުލް އުޤޫބާތަށް ހުށަހަޅުއްވާފައި މިވާ އިސްލާހަކީ މިހާރުވެސް އޭސީސީއާއި ދައުލަތުގެ މުއައްސަސާތަކުން ރިޝްވަތުގެ ކަންކަން މިހާރަށްވުރެ ސާފުކޮށް ފުޅާދާއިރާއެއްގައި ޤާނޫނުގައި ލިޔުމުގެ މަސައްކަތް ބަންޑާރަ ނައިބު އޮފީހާ ގުޅިގެން ކުރިޔަށްގެންދާތީ ހުށަހަޅާފައިވާ އިސްލާހެއްކަމުގައެވެ.  އަދި މިހާރު ހުށަހެޅިފައިމިވާ އިސްލާހުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނަށް ވުރެ މާތަފްސީލީ ގޮތަކަށް މިބިލްގައި އެކުށް ބަޔާންވެގެން އެކި ބައިތަކަށް ބެހިފައި އޮންނާނެކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ރާއްޖޭގެ ވެރިކަމާ އެއްވެސް ހިސާބެއްގައި ހަވާލެވެ ތިބެ، ޒިންމާދާރު އެއްވެސް މަޤާމެއްގައި ހުރި އެއްވެސް މީހަކު ލޯ ލާރިއެއްގައި ޖެހިފައިވާނަމަވެސް އެމީހަކަށް މި އިސްލާހު ފާސްވެގެންދިޔުމުން ޤާނޫނުގެ ތެރެއިން އަދަބު ލިބޭނެކަމަށެވެ. މިހާރު ބިލް ހުށަހެޅިފައިވާ ގޮތުން ރިޝްވަތުގެ ކުށްތައް ވަކިވަކިން ތަފްސީލުކޮށް ބަޔާންކޮށްފައި ހުންނާނެކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ މިބިލް ފާސްވެގެންދާނީ ފޭދޫ ދާއިރާގެ މެމްބަރ އިބްރާހީމް ދީދީ ޤާނޫނުލް އުޤޫބާތަށް ހުށަހަޅުއްވާފައިވާ އިސްލާހާއެކުކަމަށެވެ. އެ ބިލްގައި ބަޔާންވެގެންވަނީ ދަޢުލަތަށް ޚިޔާނާތްތެރިވުމުގެ ބައިތަކެވެ. އެބިލް ކޮމެޓީން ދިރާސާކޮށް ނިމި މާދަމާގެ ޖަލްސާގައި ކޮމެޓީތަކުން ހުށަހަޅާކަންކަމަށް ވަނީ އެޖެންޑާކޮށްފައެވެ. ރިޝްވަތުގެ ކުށް ޤާނޫނުލް އުޤޫބާތުން އުނިކޮށްފިކަމަށް އަޑު ފެތުރިފައިވަނީ މިބިލް ކޮމެޓީން ދިރާސާކޮށް ނިމުމުންނެވެ. ޤާނޫނުލް އުޤޫބާތުގެ 510 ވަނަ މާއްދާއިން 550 ވަނަ މާއްދާގައި ހިމެނޭ ބައިތަކަށް އިސްލާހުގެނައުމަށް ހުށަހަޅާފައި މިވާ ދެ ބިލް ފާސްވެގެން ދިޔުމުން ގިނަ ކުށްތަކަށް އަދަބުތައް ކަނޑައެޅިގެންދާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނީ 60 ދާއިރާއަކަށް ވާދަ ނުކުރަން ނިންމީ 27 ދާއިރާ އަކަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރަން ބޭނުން 60 ދާއިރާއާއި ވާދަ ނުކުރަން ނިންމާފައިވާ  27 ...

ސިޔާސީ ޖަގަހައަކަށް ފެނަކަ ނުވާނެ

ސިޔާސީ ޖަގަހައަކަށް ފެނަކަ ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު  ވިދާޅުވެއްޖެއެވެ. އަހުމަދު ސައީދު ...

އައްޑޫގައި އިތުރު ފަސް ދުވަހަށް ކާފިއު ހިންގަން ނިންމައިފި

އައްޑޫ ސިޓީގައި އިއުލާންކޮށްފައިވާ ކާފިއު އިތުރު ފަސްދުވަހަށް ދަންމާލައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އައްޑޫގައި އިތުރުފަސް ދުވަހަށް ކާފިއު ހިންގުމަށް ...