ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކޮށްފި

ދިވެހިރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސަކަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޑް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބުވެވަޑައިގެންނެވިކަން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ދާދި ދެންމެއަކު ވަނީ އިޢުލާންކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރަސްމީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައިވަނީ 134،705 ވޯޓެވެ. މިއީ އިލެކްޝަންސް ކޮމިޝަނުން އެންޑޯޒްކޮށްފައިވާ ވަގުތީ ނަތިޖާއާ މާބޮޑު ފަރަގެއް ނެތް ނަތީޖާއެކެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 61 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގެ ރަސްމީ ނަތީޖާ އިންތިޚާބު ބާއްވާތާ ގިނަވެގެން 7 ދުވަހުގެތެރޭގައި ޢާންމުކޮށް އިޢުލާންކޮށް ގެޒެޓްގައި ޝާއިޢުކުރަންޖެހެއެވެ. މި މުއްދަތު ހަމަވާނީ މާދަމާއެވެ.

ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރުމާއެކު ވެރިކަން ބަދަލުކުރުމުގެ މަރުޙަލާތައް ރަސްމީކޮށް ފެށިގެންދާނެއެވެ. އެގޮތުން ވެރިކަން ބަދަލުކުރުމުގެ މަރުޙަލާއާބެހޭ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާސްސިޝަން އައްޔަންކޮށް، ދައުލަތުގެ ބާރުތައް އާ ސަރުކާރާ ޙަވާލުކުރުމުގެ އިޖްރާޢަތްތައް ފެށިގެންދާނެއެވެ. މި ޤާނޫނުގެ ދަށުން އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރުމާއެކު، އިންތިޚާބީ ރައީސަށް ރައީސުލްޖުމްހޫރިއްޔާއާ އެއްފެންވަރެއްގެ ސެކިއުރިޓީ ދޭންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ މެރަތަންގެ ރަން އެމްބެސެޑަރ އައްޑޫއަށް

އެމެރިކާގެ މަޝްހޫރު މެރަަތަނާ އަދި ވަރލްޑް ރިކޯރޑް ހޯލްޑަރ މައިކަލް ވޯޑިއަން މިއަދު އާއިލާއާއެކު އައްޑުއަތޮޅަށް އައިސްފިއެވެ. ދުވެގެން ...

އުމަރު ޒާހިރު އަވަހާރަވެއްޖެ

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ...

އެސްޓީއޯއިން ދަނޑުވެރިންގެ އުފެއްދުންތައް ގަތުމަށްފަހު އެތަކެތި މާކެޓަށް ނެރެނީ

ރާއްޖޭގެ ދަނޑުވެރިން އުފައްދާ ބާވަތްތައް އެސްޓީއޯއިން ގަތުމަށްފަހު މިއަހަރުގެ ތެރޭގައި މާކެޓަށް ނެރޭނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ...