ރޯދަމަހަށް ޙާއްސަ އަގުތަކެއްގައި އެސްޓީއޯއިން ފިޔާ، އަލުވި، ބިސް ވިއްކަން ފަށައިފި

ރޯދަމަހަށް ޙާއްސަކޮށްގެން އެސްޓީއޯއިން މިފަހަރުވެސް ފިޔާ، އަލުވި އަދި ބިސް ވިއްކަން ފަށައިފިއެވެ.

މި ހިދުމަތް ރޯދައަށް އަމާޒުކޮށް ފެށި އިރު ފިޔާ، އަލުވި ބިސް ވިއްކަން މާލޭގެ އިންޑަސްޓްރިއަލް ވިލެޖްގައި އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

އެސްޓީއޯއިން ބުނީ މާދަމާއިން ފެށިގެން އިންޑަސްޓްރިއަލް ވިލެޖްއިން ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ފިޔާ، އަލުވި، ބިސް ހޯލްސޭލްކޮށް ގަނެވޭނެ ކަމަށާއި އަދި މީގެ އިތުރުން އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެސްޓީއޯ ސްޕަމާޓުން ރީޓެއިލްކޮށް އަދި ސްޕަމާޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށް ލިބޭނެ އެވެ.

އެސްޓީއޯ ސްޕަމާޓްއިން ފިޔާ، އަލުވި، ބިސް ވިއްކަން ފެށިއިރު ރާއްޖޭގެ އެކިކަންކޮޅުތަކަށް ވެސް އެ ތަކެތި ފޮނުވާ ވިއްކަންވަނީ ފަށާފައެވެ. އޭގެ ތެރޭގައި އައްޑު އަތޮޅާއި ގދ. ތިނަދޫ އާއި ފުވައްމުލަކުގައި މިހާރު ވަނީ ރޯދައަށް ފިޔާ، އަލުވި، ބިސް ވިއްކަން ފަށާފައެވެ. އަދި ހދ. ކުޅުދުފުއްޓާއި ހއ. ހޯރަފުއްޓާއި ހުޅުމާލެ އާއި ވިލިމާލެ އާއި ބ. އޭދަފުއްޓާއި ލ. ފޮނަދޫ އާއި ގއ. ވިލިނގިލީގައި ވެސް މިހާރު ވަނީ ވިއްކަން ފަށާފައެވެ.

އެސްޓީއޯ ގެ ފިހާރަތަކުން ރީޓެއިލްކޮށް ފިޔާ ކިލޯއެއް އަށް ރުފިޔާއަށެވެ. އަލުވި ކިލޯއެއް 9 ރުފިޔާއަށެވެ. ބިހެއް 1/50ރ. އަށެވެ. ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް 170 ރުފިޔާއަށް، އަލުވި ބަސްތާއެއް 200 ރުފިޔާއަށް، ބިސް ކޭހެއް 270 ރުފިޔާ ލިބެ އެވެ. އަދި އެސްޓީއޯ ސްޕަމާޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮށް 50 ކޭހައްވުރެން މަތިން ނަގާނަމަ ފިޔާ ބަސްތާއެއް 160 ރުފިޔާއަށް، އަލުވި ބަސްތާއެއް 190 ރުފިޔާއަށް، ބިސް ކޭހެއް 260 ރުފިޔާ ލިބެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސައުތް އެފްރިކަން އެއަރލައިންސްގެ ސީދާ ދަތުުރުތައް އައްޑޫ ސިޓީ ގަމަށް ފަށައިފި

ސައުތް އެފްރިކަން އެއަރލައިންސްގެ ސީދާ ދަތުުރުތައް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް މިއަދު ފަށައިފިއެވެ. ސައުތް އެފްރިކަން އެއާރލައިންސްގެ ފުރަތަމަ ...

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މިއަހަރުގެ ޖުލައި މަހު ހުޅުވޭނެ ކަމަށް ލަފާކުރެވޭ: މިފްކޯ

މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވޭވަރު ވާނެ ކަމަށް މިފްކޯއިން ބުނެފިއެވެ. މިކަމާ ...

ވަގު މުއާމަލާތްތައް ހިންގި ކާޑުތައް ބްލޮކްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް އެހެން މައުލޫމާތެއް އާންމުވެފައި ނުވާ ...