Advertisement

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ މީދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރޮޒެއިނާ އާދަމްއަށް ތާއީދު ހޯދުމަށްޓަކައި މީދޫގައި  އެމްޑީޕީން  ބަހައްޓާފައިވާ  ބެނާއެއް ހަލާކުކޮށްފިއެވެ.

މީދޫ ބަނދަރުގެ މޮނިއުމެންޓް ކައިރީގައި ބަހައްޓާފައިވާ މިބެނާ ހަލާކުކޮށްލާފައިވަނީ ރޭގެ ވަގުތެއްގައެވެ.

އައްޑޫ މީދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރޮޒެއިނާ އާދަމްހިމެނޭގޮތައް ރޮޒައިނާގެ ކެމްޕެއިންޓީމުން އިއްޔެ މީދޫގައި ވެހިކަލް ބުރެއް ބާއްވާފައިވާއިރު މިވެހިކަލް ބުރު ނިންމާލުމަށްފަހު ވެހިކަލްބުރުގައި ބައިވެރިވި ބައިވެރީން ފޮޓޯ ނަގާފައިވަނީ ހަލާކުކޮށްލި ބެނާ ހިމެނޭ މީދޫ ބަނދަރު ސަރަހައްދުގެ މޮނިއުމެންޓް ކައިރީގައެވެ.

” އެހެން މީހުންގެ ކެމްޕެއިން މެޓީރިއަލްސް ހަލާކުކުރުމަކީ ގާނޫނީ ކުށެއް.

މިކަމާ ގުޅިގެން އެއްވެސް ކެނޑިޑޭޓެއްގެ ކެމްޕެއިން ޕޯސްޓަރަކަށް ނުވަތަ އެހެންތަކެއްޗަކަށްވެސް އަޅުގަޑުގެ ކެމްޕެއިންޓީމުގެ އެއްވެސް މީހަކު ގެއްލުން ނުދިނުމަކީ އަޅުގަޑުގެ އިއުތިމާސެއް. ”  ޕޯސްޓަރު ހަލާކުކޮށްލުމާއިގުޅިގެން މިއަދު ފޭސްބުކްގައި ރޮޒެއިނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މި އަހަރުގެ ރެހެންދި އެވޯޑް ތިން ކަނބަލަކަށް

ރެހެންދި އެވޯޑް” މިއަހަރު 3 ކަނބަލަކަށް ދެއްވައިފިއެވެ. ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގއި ބޭއްވި ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 23 އޮކްޓޯބަރ 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

ގައުމު ސްޓްރީޓް ކަޕް ފެށުމުގެ ގޮތުން ކުޅެވުނު ފުޓްސަލް މެޗް ހުޅުދޫ ފަރިޓީމް ކާމިޔާބުކޮށްފި

ގައުމުއެފްސީން އިންތިޒާމްކޮށްގެން މީދޫގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ ” ގައުމު ސްޓްރީޓްކަޕް ” ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ހިމެނިގެން ...