ސ. ހުޅުމީދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

އައްޑޫ ސިޓީ ހުޅުމީދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރަތް ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ޖުލައި 11 ވަނަ ދުވަހު  މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ހަވާލުކޮށްފައިވަނީ ފައިމީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެގޮތުން މި މަޝްރޫގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ މުހައްމަދު ޒުހައިރުއެވެ. އަދި ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަތުހުﷲ އާދަމްއެވެ.

މި މަސައްކަތް ނިންމުމަށް ފައިމީ ކޮންސްޓްރަކްޝަނަށް 75 ދުވަސް ދީފައިވާއިރު، ޕްރޮޖެކްޓުގެ ޖުމުލަ އަގަކީ 1،371،465.79 (އެއް މިލިއަން ތިންލައްކަ ހަތްދިހަ އެއް ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ހަތް ދިހަ ނުވަ ލާރި) އެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީންވެސް ބައިވެރިވެ ވަޑައިގެންފައިވާއިރު، މިނިސްޓަރ ވިދާޅުވީ، އައްޑޫ ސިޓީއަށް އަންނަ ތަރައްޤީއާއި ކުރިއެރުމުގެ ރާހަތު އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވޭނީ ހުޅުމީދޫ ސިއްހީ މަރުކަޒު ތަރައްޤީ ކުރެވިގެން ކަމަށެވެ.

——————————————————————————————————————

” ހުޅުމީދޫއަކީ ވަކިން އޮންނަ ރަށަކަށްވެފައި އައްޑޫ ސިޓީއަށް މި އަންނަ ސިއްހީ ތަރައްޤީގެ ރާހަތު ހުޅުމީދޫއަށް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވޭނީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ހުޅުމީދޫ މިވަގުތުހުރި ސިއްހީ ޚިދުމަތް ދޭ ތަނަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްގެން. އެތަނަށް ގެންނަން ނިންމާފައިވާ ބައެއް ބަދަލުތަކުގެ ތެރޭގައި އެންމެ ފުރަތަމަ ފިޔަވަހި މިފަހަރު މި ފަށަނީ. މި ފިޔަވައްސާއެކީގައި މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން ހުޅުމީދޫގެ ހެލްތު ސެންޓަރަށް ހޮސްޕިޓަލަކުން ދެވޭ ޚިދުމަތާ އެއްވަރަށް ޚިދުމަތް ތަރައްޤީ ކުރުމަށް ބަޖެޓު ކުރުމަށް މަސައްކަތް ކުރަމުން މިދަނީ. ” ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

——————————————————————————————————————

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަމީން ވަނީ ށ. މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާކަން ވެސް އިއުލާނު ކުރައްވާފައެވެ. އެގޮތުން މި ސިއްހީ މަރުކަޒު ދަރަޖަ 1 ގެ ސިއްހީ މަރުކަޒަކަށް ބަދަލުކުރެވި ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތަށް ސަރުކާރުން ބޮޑު އިސްކަމެއްދޭއިރު، މާލެއާ އެއް ފެންވަރެއްގައި އިތުރު 10 ހޮސްޕިޓަލް ތަރައްޤީކޮށް، ގިނަ ރަށްރަށުގެ ހެލްތު ސެންޓަރުތައް ހޮސްޕިޓަލުތަކަށް ބަދަލު ކުރުމުގެ މަސައްކަތަށްވެސް މިނިސްޓްރީން ދަނީ ހަލުވި މިނެއްގައި ކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިޔާސީ ބާރުވެރިކަން ޒުވާނުންނަށް ހޯދައިދިނުމަކީ މުހިއްމުކަމެއް

މީދޫ  އެމް.ޑީ.ޕީ މެމްބަރުންނަކީ ސިޔާސީގޮތުން “ތަޞައްރަފު” ފުދިފައިވާބަޔެކެވެ. އެކަން އެމީހުން ސާބިތުކޮށްދީފައިވަނީ ވާދަވެރި އެމްޑީޕީ ޕްރައިމަރީގައި ކައުންސިލަށް ވާދަކުރާނެ ...

ނަލަފެހި އައްޑޫ ޕްރޮގްރާމުގެ ދަށުން 300 ގެއިން ހިލޭ ކުނި ނަގައިފި

އައްޑޫސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން ރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ނަލަފެހި އައްޑޫ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 300 ...

މާލެއިން އިތުރު ދެމީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެ

މާލެއިން އިތުރު ދެމީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން ބުނެފިއެވެ. އެޗްޕީއޭ ...