ސައިކަލު ކަހާލައިގެން ވެއްޓި މީދޫ ކައުންސިލަރާއި ޑެޕިއުޓީ މޭޔަރަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ

އައްޑޫސިޓީގެ ދެ ކައުންސިލަރަކު ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި އެ ދެ ކައުންސިލަރުންނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ

މި އެކްސިޑެންޓު ހިނގާފައިވަނީ އިއްޔެ ހަވީރުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި މީދޫ ކައުންސިލަރު ހިޔާޒު ހަަސަން ދުއްވި ސައިކަލު ކަހާލައިގެން ވެއްޓުނީ ހިތަދޫ ލިންކްރޯޑުން ގޮސް ކައުންސިލު އިދާރާއަށް ދާން އޮންނަ މަގަށް އަޅާލަން އުޅުމުގެ ތެރޭގައި ހިލަވެލިތަކެއް މައްޗަށް އެރިގެން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔަސްރިފުގެ އަނގަމަތިން ފަޅައިގެން ގޮސް ދެ ތުންފަތް ދުޅަވެފައިވާ އިރު، ހިޔާޒުގެ ވައަތުގެ ކުޑަ ހުޅުންވަނީ  ނެއްޓިފައިފައެވެ. އެހެންކަމުން އިތުރު ފަރުވާ ހޯދުމަށް ހިޔާޒު މިއަދުގެ ވަގުތެއްގައި މާލެ ފުރުމަށްވަނީ ހަމަޖެހިފައެވެ.
އައްޑޫސިޓީ ލިންކުރޯޑަކީ ނުރައްކާތެރި އެކްސިޑެންޓުތައް މީގެކުރިން ހިނގާފައިވާ މަގެކެވެ. ބައެއް އެކްސިޑެންޓުތަކުގައި މީހުން މަރުވެފައިވެސް ވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީ- ކޮވިޑް 19: ފައްސިވާ މީހުންގެ އަދަދު މައްޗަށް – ފާއިތުވި 2 ދުވަހު 250 މީހުން ފައްސިވި !

އައްޑޫސިޓީން  އިތުރުން 250 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން މިއަދު  އާންމު ކުރި ...

ހުޅުމީދޫ މޮނީޓަރިން ހާލަތަށް ގެނެސްފި

އައްޑޫ ސިޓީ ހުޅުމީދޫ މޮނީޓަރިން ހާލަތަށް ގެނެސްފިއެވެ އެޗްޕީއޭ އިން ހުޅުމީދޫ މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ މީދޫ މީހަކު ...

ހުޅުދޫގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ ފުޓްބޯޅަ ދަނޑުގައި

1444 ވަނަ އަހަރުގެ ފިތުރު ޢީދު ނަމާދާ ބޮޑު ޖަމާޢަތުގައި ކުރުން އޮންނާނެ ކަމުގައި ހުޅުދޫ އަވަށު އޮފީހުން ...