ސަލަފުން މިރަމަޟާންމަހުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ

ޖަމިއްޔަތުއްސަލަފްގެ ފަރާތުން މިއަހަރުގެ ރަމަޟާންމަހުގައިވެސް ދީނީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ

އެގޮތުން ކޮވިޑް19 އާއި ގުޅިގެން އޮންލައިންކޮށް ގިނަ ޕްރޮގްރާމްތަކެއް ގެންދިޔުމަށް އެޖަމިއްޔާއިންވަނީ ނިންމާފައެވެ. މިގޮތުން ކޮންމެ އަހަރަކުވެސް ސަލަފުން ކުރިއަށް ގެންދާ ސުވާލު މުބާރާތުގެ އިތުރުން ”ޑޯން ޓު ޑަސްޓް“ ގެ ނަމުގައި ގްރޭޑް 6 ފެށިގެން މަތީގެ ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ކުއިޒް މުބާރާތެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ސަލަފުން ދީނީ ދަރުސްތައްވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ އޮންލައިން ކޮށެވެ. އެގޮތުން ރަމަޟާންމަހުގެ ކޮންމެދުވަހެއްގެ މެންދުރު 1 ޖަހާއިރު “ﷲ ގެ މަތިވެރިކަން” ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދާއިރު “ޤަޞަޞުލް ޤުރުޢާން” ނަމުގައި ރަމަޟާންމަހުގެ ކޮންމެ ދުވަހަކު13:30 ގައި ޕްރޮގްރާމެއް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.

“ޤަޞަޞުލް ޤުރުޢާން” ޕްރޮގްރާމް ގެނެސްދެއްވާނީ އެޖަމިއްޔާގެ ޢިލްމުވެރިންގެ މަޖްލީހުގެ މެމްބަރު އައްޝައިޚް އަބްދުއްސަލާމް ދާއޫދުއެވެ. އަދި “ﷲ ގެ މަތިވެރިކަން” ނަމުގައި ގެނެސްދޭ ޕްރޮގްރާމްގައި ގިނަ ޢިލްމުވެރިންތަކެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސަލަފުން ބުނެއެވެ.

މިހުރިހާ ޕްރޮގްރާމުތަކެއްވެސް ލައިވް ކުރާނީ ޖަމްޢިއްޔަތުއްސަލަފުގެ ފޭސްބުކް ޕޭޖުން ނެވެ.

ކޮވިޑް19 އާއި ގުޅިގެން ކުރިމަތިވެފައިވާ ހާއްސަ ހާލަތާއި ގުޅިގެން އާއްމުކޮށް ކޮންމެ ރަމަޟާންމަހަކު ސަލަފުން ކުރިއަށް ގެންދާ ހަރަކާތްތަކަށް މިފަހަރުވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވުމާއެކު ސަލަފްގެ ފަރާތުން ކޮންމެ ރަމަޟާންމަހެއްގެ އަޞުރުފަހުން މިސްކިތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދަރުސްތައް މިފަހަރު ކުރިއަށް ނުގެންދާނެއެވެ. މީގެ އިތުރުން މިސްކިތްތަކުގައާއި ހޮސްޕިޓަލްތަކުގައި ރޯދަ ވީއްލުމަށް ކުރިއަށް ގެންދާ “ހަދާޔާ” ޕްރޮގްރާމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރިއަށް ގެންދާ “ވާބިލް” ޕްރޮގްރާމްވެސް މިފަހަރު ކުރިއަށް ނުގެންދާނެ ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫއާއި ފޭދޫ ހިމެނޭގޮތައް 25 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން ހަވާލުކޮށްފި

އައްޑޫސިޓީ ހުޅުދޫއާއި ފޭދޫ ހިމެނޭގޮތައް އަތޮޅުތެރޭގެ އެކި ރަށްރަށުގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ޓާފް ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން 25 ...

ދެ ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޑްރައިވަރަކު ނިޔާވެއްޖެ

ހުޅުމާލެގައި ހިނގި ކާރު އެކްސިޑެންޓެއްގައި ޓެކްސީ ޑްރައިވަރެއް ނިޔާވެއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލެ ފޭސް1ގެ ހިތިގަސް ...

ޕީޕީއެމް/ޕީއެންސީން ތާއީދު ކުރާނީ ރިޔާސީ ނިޒާމަށް

ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ތާއީދުކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. ...