ސަރުކާރުގެ އޮފީސްތައް އިތުރު އެއް ހަފްތާ އަށް ބަންދު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި

    މި ހަފުތާއެކޭ އެއްގޮތަށް އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށާ ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ބަންދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

    މިގޮތަށް މި ނިންމެވީ، ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރިގެން ހިނގައިދާނެތީއާއި، ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިޢާޔަތް ކުރެއްވުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

    އަންނަ ހަފްތާގައި، ސަރުކާރުގެ އޮފީސްތައް ނުހުޅުއްވާގޮތަށް ނިންމެވިކަމުގައިވިޔަސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށާއި، ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރުއްވައިގެން އެ މަސައްކަތެއް ކުރެއްވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދެއްވަމުން ގެންދަވާގޮތަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

    ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އެންމެންވެސް ގޭގައި މަޑުކުރުން ކަމަށްވާތީ، މިކަމަށް މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ކޮންމެހެން މުހިއްމު ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަކީ، މި ރޯގާއިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    މީދޫ ޔޫތު ސެންޓަރު ފިޔަވައި އައްޑުއަތޮޅުގެ އެހެން ޔޫތުސެންޓަރުތަކަށް ސްޕޯޓްސް ސްޕަވައިޒަރުންނާއި ޖިމްއިންސްޓްރަކްޓަރުން ހޯދުމަށް އިއުލާންކޮށްފި

    މީދޫ ޔޫތު ސެންޓަރ ފިޔަވައި އައްޑުއަތޮޅު އެހެން ރަށްރަށުގައި ގާއިމްކޮށްފައިވާ ޔޫތު ސެންޓަރުތަކުގައި ވަޒީފާ އަދާކުރާނެ ސްޕޯޓްސް ސްޕަވައިޒަރުންނާއި ...

    ސަރުކާރާއި ސުކޫލްތައް އިތުރު ހަފްތާއަކަށް ބަންދުކުރަން ނިންމައިފި

    އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުންވެސް ބަންދުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.މިކަން ...

    ހުރިހާ ސްކޫލެއްގައި ޓެބްލެޓުތައް ބޭނުން ކުރަން ފަށާނަން، މިއީ ދުނިޔޭގައި މިކަން ކުރާ ފުރަތަމަ ގައުމު – ރައީސް ޔާމީން

    މި އަހަރުގެ ދެވަނަ ޓާމުން ފެށިގެން ހުރިހާ ސްކޫލެއް ވައިފައި ކުރެވި، ހުރިހާ ސްކޫލެއްގައި ޓެބްލެޓުތައް ބޭނުން ކުރަން ...

    މާދަމާ ހުޅުދޫގެ މިސްކިތްތަކުގައި އިމާމުވެ އީދު ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން

    މާދަމާ ( 13 މެއި 2021 ވަނަ ދުވަހު )   ހުޅުދޫގެ މިސްކިތްތަކުގައި    އިމާމުވެ އީދު ނަމާދު ...

    ފެނަކައިގެ އާއިލާތަކަށް ޚާއްސަކޮށްގެން ޤުރުއާން މުބާރާތެއް ފަށައިފި

    ފެނަކަ ކޯޕަރޭޝަންސް ލިމިޓެޑުން އެ ކުންފުނީގެ މުވައްޒަފުންގެ އާއިލާތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޤުރުއާން މުބާރާތް ފަށައިފިއެވެ. މި މުބާރާތް ...

    ޕޮޓޯއިން ޚަބަރު: މީދޫގެ ލައިޓް ޕޯލްތައް ހަލާކުވުން

    މީދޫ ބޮޑުމަގުގެ އުތުރުކޮޅުގެ މަގުގެ ދެފަރާތުގައި ޖަހާފައިވާ ލައިޓްޕޯލްތަކުގެ ތެރެއިން ބައެއް ލައިޓްޕޯލްތަކާއި މީދޫ ބަނދަރުގެ ސަރަހައްދުގައި ޖަހާފައިވާ ...