ސަރުކާރާއި ސުކޫލްތައް އިތުރު ހަފްތާއަކަށް ބަންދުކުރަން ނިންމައިފި

    އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުންވެސް ބަންދުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.މިކަން މިގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ، ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރުން ކުޑަކުރެއްވުމަށްޓަކައި މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާގުޅޭގޮތުން މަޝްވަރާ ކުރައްވައި، ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިޢާޔަތް ކުރެއްވުމަށްފަހު، މިބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމާބެހޭގޮތުން މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

    އަންނަ ހަފްތާގައިވެސް، ސަރުކާރުގެ އޮފީސްތައް ނުހުޅުއްވާގޮތަށް ނިންމެވިކަމުގައިވިޔަސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށާއި، އަދި ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރުއްވައިގެން އެ މަސައްކަތެއް ކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.

    ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އެންމެންވެސް ގޭގައި މަޑުކުރުން ކަމަށްވާތީ، މިކަމަށް މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެދިވަޑައިގެންނެވިއެވެ. އަދި ކޮންމެހެން މުހިއްމު ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަކީ، މި ރޯގާއިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަންވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

    ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ކޮށްފައިވާ އަދި ކުރަމުންދާ އަސަރުތަކާއި، ރައްޔިތުން ތަޙައްމަލު ކުރަންޖެހިފައިވާ ދަތިތަކަށް ޙައްލު ހޯއްދެވުމަށް ސަރުކާރުގެ އެކި އިދާރާތަކުން ކަމާބެހޭ ވަޒީރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތު، އެބޭފުޅުން ވަޒީރުންގެ މަޖިލީހާ ހިއްސާ ކުރެއްވިއެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    މީދޫގެ އިސްރަށްވެހީން ކެނެރީފް ރިސޯޓަށް ޒިޔާރަތްކުރުން

    މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫގެ އިސްރަށްވެހީން ކެނެރީފް ރިސޯޓަށް ކުރި ދަތުރުގެ ތެރެއިން ނެގިފައިވާ ފޮޓޯ ...

    ޝަމްސުއްދީން ސްކޫލްގެ ޖޫނިއަރ ކެޑޭޓުން އިގުރާރުވުމާއި މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

    ޝަމްސުއްދީން ސްކޫލްގެ ޖޫނިއަރ ކެޑޭޓުން އިގުރާރުވުމާއި މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ކެޑޭޓުން އިގުރާރުވުމާއި މަގާމުގެ ކުރިއެރުންދިނުން ...

    ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ” ޔޫރޯ 2020 ” މިރޭ އިޓަލީގައި ފަށަނީ

    ޔޫރަޕުގެ ޤައުމުތަކުގެ މެދުގައި ބާއްވާ ޔުއޭފާ ޔޫރޯ ފުޓްބޯޅަ މުބާރާތް 2020 މިރޭ ފެށޭނެއެވެ. އިޓަލީގެ ރޯމްގައި މިރޭ ...

    ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ޝަމާލް އައްޔަން ކުރައްވައިފި

    ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ސިފައިންގެ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލު ...

    އައްޑޫސިޓީގެ ހިތަދޫން މިއަދުވެސް އިތުރު 7 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

     އައްޑޫ ސިޓީގެ ހިތަދޫން މިއަދުވެސް އިތުރު 7 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. މި7 މީހުންގެ ...

    ބޮޑެތި ތުހުމަތުތަކާއެކު ހދ ގެ އިސް މެނިޖިސްޓްރޭޓް ސަސްޕެންޑް ކޮށްފި

    ބޮޑެތި ތުހުމަތުތަކާއި އެކު ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ސަސްޕެންޑް ކޮށްފި އެވެ. މައުސޫމާ ...