ސަރުކާރުން ފުޓްބޯޅައަށް ކުރާ ހޭދައަށް އެފްއޭއެމުން އިހުމާލު ވެފައި ނުވާނެ- އެފްއޭއެމް

    ސަރުކާރުން ފުޓްބޯޅައަށް ކުރާ ހޭދައަށް އެފްއޭއެމުން އިހުމާލު ވެފައި ނުވާނެކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ.  އެފްއޭއެމުން މިހެން ބުނެފައިވަނީ ރާއްޖޭގެ ކްލަބްތައް އޭއެފްސީ ކަޕްގައި ބައިވެރި ނުވެވޭ މައްސަލާގައި އެއިދާރާއާއި ކުޅިވަރާއިބެހޭ ވުޒާރާއާއި ދެމެދު ނުސީކޮށް ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެމުންދާ ދަނޑިވަޅެއްގައެވެ.

    ރާއްޖޭގެ ކްލަބްތައް އޭއެފްސީ ކަޕްގައި ބައިވެރި ނުވެވޭ މައްސަލަ ބެލުމަށް ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހުލޫފު ޚާއްސަ ކޮމިޓީއެއް އެކުލަވާލުމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުވަނީ މަހުލޫފާ ބައްދަލުކުރައްވާފައެވެ.

    އަދި އޭގެ ފަހުން އޭއެފްސީގައި މިކަމުގެ ލަފައަކަށް އެފްއޭއެމުން  އެދުމުން އެއިދާރާއިންވަނީ އެފްއޭއެމްގެ މަސްލަހަތު ހިމެނޭ އެއްވެސް މައްސަލައިގެ ތެރެއަށް ތިންވަނަ ފަރާތަކަށް ނުވަދެވޭނެކަމަށާ އެމައްސަލަ ޔޫތުމިސްޓްރީން ބަލާނަމަ އެއިދާރާއިން އެކަން ބަލާ ވިލަރެސް ކުރާނެކަމަށް ބުނެފައެވެ. އެއާއެކު މިނިސްޓަރ މަހުލޫފުވަނީ ފެކްޓް ފައިންޑިންގ ކޮމިޓީން ބަލާނީ ސަރުކާރުން ފުޓްބޯޅައަށްކުރާ ޚަދަރުތަކަށް  ވީގޮތްކަމަށާ އެފްއޭއެމްގެ މަސްލަހަތު ހިމެނޭކަމެއްގެ ތެރެއަށް މިނިސްޓްރީން ނުވަންނާނެކަމަށް ވިދާޅުވެފައެވެ. ކަން މިހެން ވެފައިވަނިކޮށް އެފްއޭއެމުންވަނީ އަނެއްކާވެސް ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި އެފްއޭއެމުން ބުނެފައިވަނީ އޭއެފްސީކަޕުން ރާއްޖޭގެ ކްލަބްތަކަށް ޖާގަ ނުލިބުމުގެ މައްސަލަ ބަލާ ހައްލުކުރަންޖެހޭ ކަންކަން ބެލުމަށް ޚާއްސަ ޓީމެއް އެކުލަވާލެވުނުކަމަށް ވިދާޅުވުމަށްފަހު މިހާރު އެކޮމިޓީން ބަލާނީ ސަރުކާރުން ފުޓްބޯޅައަށް ކުރާ ޚަރަދަށް ވީގޮތެއްކަމަށް ޔޫތު މިނިސްޓްރީން ބުނުމުން އެފްއޭއެމްއަށް ކުއްލި ސިހުމެއް ލިބުނު ކަމަށް ހާމަކޮށްފައެވެ.

    އެފްއޭއެމްއިން ހާމަކޮށްފައިވާގޮތުން އެއިދާރާއަކީ މީރާގެ އޭގްރޭޑްގެ އޮޑިޓުން ލައްވާ ކޮންމެ އަހަރަކު އޮޑިޓްކޮށް އަހަރީ އާއްމުޖަލްސާގައި  އޮޑިޓް ރިޕޯޓާއި ބަޖެޓް ހުށަހަޅާ ފާސްކުރުމަށްފަހު ގައިވައިދުން މިނިސްޓްރީ އަށް ފޮނުވާ އިދާރާއެއްކަމަށް ބުނެފައެވެ.

    އަދި މީގެ އިތުރުން ކޮންމެ އަހަރަކު ފީފާއާއި އޭއެފްސީގެ އިންޓަނޭޝަނަލް ފެންވަރުގެ އޮޑިޓަރުންލައްވާ އަހަރަކު އެއްފަހަރު އޮޑިޓް ކުރުމުގެ އިތުރުން ސަޕްރައިޒިން އޮޑިޓްޓީމް ޒިޔާރަތްކޮށް އޮޑިޓްކުރާ އިދާރާއެއްކަމަށްވެސް އެފްއޭއެމްގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ. އެހެންކަމުން ރަށްޔިތުންނަށް އޮޅޭގޮތައް ސޯޝަލް މީޑިއާގައި ހާމަ ކުރައްވާ މައުލޫމާތުތައް މިއަށްވުރެ ޒިންމާދާރުކަމާއެކު ހާމަ ކުރެއްވުމަށް އެދޭކަމަށްވެސް އެފްއޭއެމްގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ބެޓް ކޮށްފައި މިބުނަނީ ތިޔަބުނާ ޕާޓީއަކަށް 3000 ފޯމް ހަމަކޮށްގެން މިފަދަ ޖަލްސާއެއް ނުބޭއްވޭނޭ- ޔާމީން ރަޝީދު

    ” އަޅުގަޑުމެން މާކުރީން ބުނީމެއް ނޫންތޯ ޕީޕީއެމް ފެއިލް ވެއްޖޭ . މިއަދު އެބޭ ފުޅުން ވިދާޅުވަނީ އާނ ...

    ހިތަދޫއާއި ފޭދޫ ގަދަ ހިފުމަކަށް

    މިހާރު މީދޫގައި ހިގަމުންދާ 20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ފުޓްބޯޅަ މުބާރާތުގައި މިއަދު ...

    މީޑިއާނެޓުން ކުޅިވަރަށް ހާއްސަކޮށްގެން “އައިސް ސްޕޯޓްސް” ޗެނަލް ލޯންޗުކޮށްފި

    މީޑިއާނެޓުން ކުޅިވަރަށް ހާއްސަކޮށްގެން “އައިސް ސްޕޯޓްސް”ގެ ނަމުގައި ޗެނަލްއެއް ލޯންޗުކޮށްފިއެވެ. މީޑިއާނެޓުގެ ޕީއާރު އެންޑް މާކެޓިންގް އެގްޒެކެޓިވް ޝުވެއިކާ ...

    ކްލަބް ލޮތަރި ސްޓްރީޓްކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

    ” ކްލަބް ލޮތަރި ސްޓްރީޓްކަޕް 2021 ” ގެ ނަމުގައި ކްލަބް ލޮތަރިން އިންތިޒާމްކޮށްގެން މީދޫގައި ބޭއްވުމަށް ހަމަޖައްސާފައިވާ ...

    ފަސޭހަކަމާއެކު މީދޫ ބަލިކޮށް ހިތަދޫއިން ފައިނަލްގެ އުއްމީދު އާކޮށްފި

    20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު  ހިތަދޫއާއި އާއި މީދޫ ...

    ހުޅުމީދޫ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

    ސ. ހުޅުމީދޫ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ކަރަންޓް ވައިރުކުރުމަށް ބޭނުންކުރާ ގިނައަދަދެއްގެ ސާމާނާއި އަދި  ދަގަނޑު ހޮޅިތަކެއް ...