“ސައުފުތާހެރި އައްޑޫސިޓީ” ގެ ނަމުގައި ސާފްކުރުމުގެ ޕްރޮގްރާމެއް ހިތަދޫގައި ކުރިއަށް ގެންގޮސްފި

Advertisement

“ސައުފުތާހެރި އައްޑޫސިޓީ” ގެ ނަމުގައި ހިތަދޫ ގޮޑުދޮށް ސާފުކުރުމަށް ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތެއްގައި އޮސްޓްރޭލިއާގެ ދަރިވަރުންތަކެއް  ބައިވެރިވެ ސާފްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ.

އެންޓިޕޯޑިއަންސް ޖަމިއްޔާއިން ހާމަކޮށްފައިވާގޮތުގައި ހިތަދޫ ގޮޑުދޮށް ސާފްކުރުމަށް ކުރިއަށް ގެންދިޔަ މިހަރަކާތަކީ އައްޑޫސިޓީއަށް މިވަގުތު އައިސްގެން އުޅޭ  އޮސްޓްރޭލިއާގެ ދަރިވަރުން، އެކުދިން ދިރިއުޅެމުންދާ ސަރަހައްދުގެ ގޮނޑުދޮށް ސާފުކުރުމަށް ރައްޔިތުންނާއި ގުޅިގެން ހަރަކާތެއް ހިންގުމަށް އެދިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

މި ހަރަކާތުގައި ބައިވެރިވެފައިވަނީ  “އެންޓިޕޯޑިއަންސް” ޖަމިއްޔާގެ ފަރާތުން އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވާރސިޓީގެ ސްޕޯޓްސް ސައިންސްގެ ޕްރެކްޓިކަލްތަކަށް އައްޑޫ ސިޓީއަށް އައިސް އުޅޭ ދަރިވަރުންނެވެ.

ހިތަދޫ ގޮޑުދޮށް  ސާފްކުރުމަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި އޮސްޓްރޭލިއާގެ ދަރިވަރުންގެ އިތުރުން އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ބައެއް އާންމުންވެސް ވަނީ ބައިވެރިވެފައެވެ.

އެންޓިޕޯޑިއަންސް އަކީ އޮސްޓްރޭލިއާގެ ހައިސްކޫލް އަދި ޔުނިވާރސިޓީ ދަރިވަރުން ބޭރު ޤައުމުތަކުގައި އެކުދިން ކިޔަވާ މާއްދާތަކަށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ހޯދައިދޭ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ފަރާތުން ދުނިޔޭގެ 30 ސަރަހައްދަކަށް ދަރިވަރުން ފޮނުވައެވެ.

މަސްދަރު ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަދާލަތު ޕާޓީ – ކުރެވުނީ ފަހި ތަޖުރިބާއެއް، އެމްޑީޕީ އާއެކު ކޯލިޝަންގެ މަޝްވަރާއަށް ދާން ނިންމައިފި

އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ކުރިން މަޝްވަރާ ކުރަން މި ސަރުކާރު ...

މަދަނީ އިއްތިހާދުގެ ރައީސް ޝައިޚް މުޙައްމަދު ދީދީ ޕީޕީއެމާއި ގުޅިވަޑައިގެންފި

މަދަނީ އިއްތިހާދުގެ ރައީސް އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިހް މުޙައްމަދު ދީދީ ވެރިކަންކުރާ ޕާޓީ ...

ނޮވެމްބަރު 3 ގައި އިންޑިޔާއިން އެހީވިއިރު އޮތްފަދަ ޙާލަތެއް ރާއްޖެއަކު ނެތް – މެނޮން

ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކު ސްރީ ލަންކާގެ ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިންނާ އެކު ރާއްޖެއަށް އަރައި ...