މިނިވަންކަޕް 2019: ސެމީފައިނަލަށް މަލްޓީޖީނިއަސްއާއި ތައްލިހި

މިނިވަންކަޕް ފުޓްސަލް މުބާރާތުގެ ސެމީފައިނަލަށް ހިތަދޫ މަލްޓިޖީނިއަސްއާއި މިދިޔައަހަރު މިމުބާރާތުގެ ޗެމްޕިއަންކަންހޯދި ހުޅުދޫ ތައްލިހި ޓީމް ދަތުރުކޮށްފިއެވެ.

ހިތަދޫ މަލްޓިޖީނިއަސް ސެމީފައިނަލުން ޖާގަހޯދީ ރޭ ކުޅެވުނު ކްއާޓާފައިނަލްގެ ފުރަތަމަމެޗްގައި ހުޅުދޫއޭޓީއާއި ބައްދަލުކޮށް 6 ލަނޑު 3 ލަނޑުން މޮޅުވެގެންނެވެ.

މިމެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރީހޯދީވެސް އޭޓީންނެވެ. އަދި ފުރަތަމަ ހާފްނިމުނުއިރުވެސް 2 ލަނޑު 1 ލަނޑުން ކުރިހޯދާފައިއޮތީވެސް އޭޓީއެވެ. އެހެންނަމަވެސް ފަހުހާފްގެ ކުޅުން ފަށައިގެން  މަޓްލިޓީނިއަސްއިންވަނީ ކައިރިކައިރީގައި 4 ލަނޑު ޖަހާ މެޗްގެ ނަތީޖާ 5 -2 އަށް ބަދަލުކުރިއެވެ. މަލްޓިޖީނިއަސްއިން ފަހުހާފުގައި 4 ލަނޑު ޖެހިފަހުން އޭޓީން އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 5-3 އަށް ބަދަލުކުރިއެވެ.

އޭޓީން 3 ވަނަ ލަނޑު ކާމިޔާބުކުރިތާ ކުޑައިރުކޮޅެއްފަހުން މަލްޓިޖީނިއަސްގެ އަނިލް އިބްރާހިމްގެ ތަފާތު މޮޅު ކުޅުމާއެކު އެޓީމުގެ 6 ވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 6- 3 އަށް ބަދަލުކޮށްފައިވެއެވެ. އަދި މިމެޗް ނިމިގެންގޮސްފައިވަނީވެސް 6-3 އިން މަލްޓިޖީނިއަސް މޮޅުވެގެންނެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މިމެޗްގައި ތަފާތު މޮޅުކުޅުމެއް ދެއްކި މަލްޓިޖީނިއަސްގެ އަނިލް އިބްރާހިމްއެވެ.

އޭޓީއާއި މަލްޓިޖީނިއަސް ބައްދަކުކުރިމެޗްގެ މޮޅުކުޅުންތެރިޔާ: އަނިލް އިބްރާހިމް

ރޭ ކުޅެވުނު ކްއާޓާފައިނަލްގެ ދެވަނަމެޗްގައި މަރަދޫ ޒެލޯންއާއި ބައްދަލުކޮށް 10 ލަނޑު 4 ލަނޑުން މެޗް ކާމިޔާބުކޮށް ސެމީފައިނަލުން މިދިޔައަހަރުގެ ޗެމްޕިއަން ތައްލިހިވެސްވަނީ ޖާގަހޯދާފައެވެ. ބޯކޮށްވެހެންދިޔަ ވިއްސާރައިގެތެރޭގައި ކުޅެވުނު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތައްލިހިޓީމްގެ ރޮނާއެވެ.

މިމުބާރާތުގެ ސެމީފައިނަލްގެ މެޗްތައް ހަމަޖެހިފައިވާގޮތުން މިރޭ20:15 ގައި ކުޅެވޭ ސެމީފައިނަލްގެ ފުރަތަމަމެޗްގައި ބައްދަލުކުރާނީ ހިތަދޫ މަލްޓިޖީނިއަސްއާއި ރެސޯޓްބޯއިސްއެވެ.

މިރޭ 21:15 ގައި ކުޅެވޭ ސެމީފައިނަލްގެ ދެވަނަމެޗްގައި ބައްދަލުކުރާނީ މިދިޔައަހަރުގެ މިމުބާރާތުގެ ޗެމްޕިއަންކަންހޯދި ތައްލިހިއާއި ގައުމުއެފްސީއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބަޔާން އަތުން ބަލިވެ ޔުނައިޓެޑް ކަޓައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ޖަރުމަނުގެ ބަޔާން މިއުނިކް އަތުން ވި ބައްޔާއެކު އިނގިރޭސި ކުލަބު މެންޗެސްޓާ ...

ޖަރުމަނު ބަލިކޮށް އިންގްލެންޑުން ފުރަތަމަ ފަހަރަށް އަންހެނުންގެ ޔޫރޯ ކާމިޔާބުކޮށްފި

އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 2-1 އިން ޖަރުމަނު ބަލިކޮށް އިންގްލެންޑުން އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ...

ފަހަތުން އަރާ ހިތަދޫ ސްކޫލްގެ މައްޗަށް އިރުޝާދިއްޔާ ކާމިޔާބު ހޯދައިފި

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިރުދިއްޔާ ސްކޫލްގެ 16 އަހަރުން ދަށުގެ ...