ސެމީފައިނަލްގައި މީދޫ ޓީމާ ވާދަކުރާނެ ޓީމަކަށް ފޭދޫ ވޮލީޓީމް ހޮވިއްޖެ

މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫގައި ބާއްވާ ” އައިވީ މިކްސްޑް ވޮލީކަޕް 2020 ” ގައި ކުޅުނު ދެމެޗުން މޮޅެވެ ސެމީފައިނަލްގެ ފުރުސަތު ހޯދާފައިވާ މީދޫޓީމާއި ސެމީފައިނަލް ވާދަކުރާނެޓީމަކަށް ފޭދޫ ވޮލީޓީމް ހޮވިއްޖެވެ.

ސެމީފައިނަލްގައި މީދޫޓީމާއި ވާދަކުރާނެޓީމަށް ފޭދޫ ވޮލީޓީމް ހޮވުނީ މިމުބާރާތުގައި އެޓީމް ކުޅުނު ފުރަތަމަ މެޗްގައި އިއްޔެ ހަވީރު މަރަދޫފޭދޫ “އޯލްސްޓަރ “ޓީމާއި ބައްދަލުކުރިމެޗު 3 ސެޓް 1 ސެޓުން ކާމިޔާބުކުރުމާ ގުޅިގެންނެވެ.

މިމުބާރާތުގެ މެޗްތަކުގެ ޝެޑިއުލް ހަމަޖެހިފައިއޮތީ  ފޭދޫ ވޮލީޓީމް 1 މެޗުން މޮޅުވުމުންވެސް ސެމީފައިނަލަށް ހޮވޭގޮތަށެވެ.

މީދޫ ވޮލީޓީމް މިމުބާރާތުގެ ސެމީފައިނަލަށް ހޮވުނީ އެޓީމް މިމުބާރާތުގައި ކުޅުނު 2 މެޗުންވެސް މޮޅުވެގެންނެވެ.

މިގޮތުން އެޓީމް ކުޅުނު ފުރަތަމަމެޗްގައި މަރަދޫފޭދޫ ޓީމާ ބައްދަލުކޮށް 3 ސެޓް 2 ސެޓުން މޮޅުވެފައިވާއިރު އެޓީމު ކުޅުނު 2 ވަނަ މެޗްގައި ފޭދޫ ފާހި ސްޕޯޓްސް ކްލަބާ ބައްދަލުކޮށް މޮޅުވެފައިވަނީ ސީދާ ތިން ސެޓުންނެވެ.

ފޭދޫ ވޮލީޓީމް- ފޮޓޯ: ޒަވިޔަނީ އެމްވީ

ފޭދޫޓީމާއި މީދޫޓީމް ސެމީފައިނަލްގައި ބައްދަލުރާމެޗްގެ ކުޅުން އޮންނާނީ އަންނަ ހުކުރުދުވަހު ހަވީރު 4:00 ގައި މަރަދޫފޭދޫ ވޮލީކޯޓްގައެވެ.

މިމުބާރާތުގެ ޝެޑިއުލް ހަމަޖައްސާފައިވާގޮތުން ސެމީފައިނަލްގެ ދެވަނަމެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ސްޕާކްލްސް އާއި ފާހި ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުން މޮޅުވާޓީމަކާ މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މަރަދޫ ފޭދޫ ވޮލީޓީމާއި މަރަދޫފޭދޫ އޯލްސްޓާ ބައްދަކުރާ މެޗުން މޮޅުވާ ޓީމެކެވެ.

ސެމީފައިނަލްގެ ތިންވަނަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ސެމީފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއި ސެމީފައިނަލްގެ ފުރަތަމަ މެޗުން ބަލިވާ ޓީމެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަމިއްލަ ގޮތުން މީދޫ ދާއިރާގެ ކައުންސިލަރުގެ މަގާމަށް ރަޝީދާ ވާދަކުރައްވަނީ

ރަށްޔިތުންގެ ޚާދިމެއްގެ ގޮތުގައިހުރެ ރަށްޔިތުންނާއި އެންމެ ގާތުން އެންމެ ރަގަޅަށް އެއްވެސް ފަރާތަކަށް ނުޖެހި މަސައްކަތް ކުރެވޭނެ އެންމެ ...

އެއިމްސް ކްލިނިކަށް ފެންވަދެ ގެއްލުންތަކެއް ލިބުމުން މިއަދު ކްލިނިކު ބަންދުކޮށްފި

އައްޑޫސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައާއިގުޅިގެން ފޭދޫ އެއިމްސް ކްލިނިކަށްވެސް ފެންވަދެ ގެއްލުން ތަކެއް ލިބުމާއިގުޅިގެން މިއަދު ( 14 ...

އިތުރު 11 މީހަކު މީދުން ކޮވިޑް 19 އަށް ފައްސިވެއްޖެ

ސ.މީދުން އިތުރު 11 މީހަކު  ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި  މީދުން އިތުރަށް ފައްސިވި ...