މެންބަރު ޝާހު ވެސް ޖޭޕީއަށް

    ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރައްވައިފިއެވެ.

    ޖުލައި، 2017 ވަނަ އަހަރުގެ ތެރޭގައި ޕީޕީއެމް އިން ވަކިވެވަޑައިގެންނެވި މެންބަރު ޝާހު ޖޭޕީއަށް ސޮއި ކުރެއްވީ މިރޭ އެޕާޓީގެ މައި އޮފީސް، މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.