ޝަމްސުއްދީން ސްކޫލާއި ފޭދޫ ސްކޫލްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

    އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ޝަމްސުއްދީން ސްކޫލްގެ 14 އަހަރުން ދަށުގެޓީމް ކުޅުނުމެޗް އެއްވަރުވެގެން ނިމިއްޖެވެ.

    ހިތަދޫ ސްޓޭޑިއަމްގައި އިއްޔެ މެންދުރު ފޭދޫ ސްކޫލްގެ ޓިމާ ބައްދަލުކޮށް ޝަމްސުއްދީން ސްކޫލްގެ ޓީމް ކުޅުނު މިމެޗް އެއްވަރުވެފައިވަނީ އެއްވެސް ކޮޅަކަށް ލަނޑެއްނުޖެހި ދެޓީމް އެއްވަރުވެގެންނެވެ.

    އިއްޔެގެ މިމެޗްގައި ޝަމްސުއްދީން ސްކޫލްޓީމްގެ ފަރާތުން ރަގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗްގެ އެންމެ ފަހު މިނިޓްގެ ތެރޭގައި ޝަމްސުއްދީންގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅައެއް ފޭދޫ ސްކޫލްގެ ގޯލްތެރެއަށް ވަދެގެން ރެފްރީ އެއީ ލަނޑެއްކަމަށް ނިންމާ އަދި ސްކޯބޯޑަށްވެސް ޝަމްސުއްދީން ސްކޫލުން ލަނޑެއް ޖެހިކަމަށް ބަދަލުކުރުމުން ޝަމްސުއްދީން ސްކޫލްގެ ކުޅުންތެރީންނާއި އޮފިޝަލުން އުފާފާޅުކޮށް ހަދާފައިވެއެވެ. އެހެން ނަމަވެސް  ލައިންސްމަން ކުއްލިއަކަށް ދިދަ ހިއްލާލުމުން ރެފްރީ ފަހުން ނިންމީ އެއީ ލަނޑެއްނޫންކަމަށެވެ.

    އިއްޔެ މެޗާއެކު މިމުބާރާތުގައި މިދެޓީމް ކުޅެންޖެހޭ މެޗްތައް ނިމުނުއިރު މިދެޓީމަށްވެސް ލިބިފައިވަނީ 4 ޕޮއިންޓެވެ. އަދި މިދެޓީމުވެސްވަނީ މުބާރާތުން ކަޓާފައެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ވޮލީމުބާރާތް އައިއެސްއޭ 2018

    މީދޫގައި މިވަގުތު ތިބި ވޮލީ ކުޅޭ ބައެއް ކުޅުންތެރީން އިސްނަގައިގެން ” ވޮލީމުބާރާތް އައިއެސްއޭ 2018 ” ގެ ...

    އިއްމެ ގޯލަކާ އެކު ސެމީގެ ފަހު ޖާގަ ހަބޭސް އަށް

    “ގައުމު” އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ މީދޫގައި މިހާރު ކުރިއަށްދާ ” ގައުމު ސްޓްރީޓް ކަޕްގެ ” ...

    ޖޫނިއަރ ކެޓަގަރީން ބެސް ސްކޫލަކަށް ޝަރަފުއްދީން – ސީނިއަރ ކެޓަގަރީން ބެސްޓް ސްކޫލަކަށް އައްޑޫ ހައިސްކޫލް

    އައްޑޫ އިންޓަރ ސްކޫލުގެ ސައިންސް ކާނިވަލް ބާއްވައި ސައިންސް ކާނިވަލުން ވަނަ ހޯދި  ސްކޫލްތަކަށާ ދަރިވަރުންނަށް ހަނދާނީލިއުން އަދި ...

    ރެހެންދީ ސުކޫލްގެ 2 ދަރިވަރަކާއި ޓީޗަރަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

    ހުޅުމާލެ ރެހެންދީ ސުކޫލުގައި ތައުލީމު ހާސިލްކުރަމުންދާ 2 ދަރިވަރަކާއި އެސުކޫލްގެ މުދައްރިސަކު ކޮވިޑް-19އަށް ޕޮސިޓިވް ވެއްޖެއެވެ. ” ފެށުން ” ...

    ޝަރަފުއްދީނާއި ހިތަދޫ ސްކޫލްގެ މެޗް އެއްވަރުވެ ޕޮއިންޓް ޓޭބަލްގެ އެއްވަނަ ޝަރަފުއްދީން ސްކޫލަށް

    އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި  އިއްޔެ ހަވީރު ޝަރަފުއްދީން ސްކޫލާއި ...

    ޖޯލިއަންސް މިކްސް ވޮލީބޯޅަ މުބާރާތް: ރޭ ކުޅެވުނު ކާމިޔާބުކުރީ ޗެލެންޖާސް

    ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ރޭ ކުޅެވުނުމެޗް  ޓީމް ޗެލެންޖާސް ކާމިޔާބުކޮށްފިއެވެ. ފޭދޫ އަވަށުއޮފީހުގެ ޑިރެކްޓަރ  އަހުމަދު ރަޝީދާއި ...