ޝަމްސުއްދީން ސްކޫލުގައި ބޭއްވި ކެޑޭޓް ކޭމްޕު ނިންމާލައިފި

ޝަމްސުއްދީން ސްކޫލްގެ 3 ވަނަ ކެޑޭޓް ކޭމްޕު ނިމި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ.

ޝަމްސުއްދީން ސްކޫލް ހޯލުގައި މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސްކޫލްގެ  ޕްރިންސިޕަލް ސުލްޠާނު ރާމިޒެވެ. މިރަސްމިއްޔާތުގައި  މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ) ބައެއް އިސްވެރިންވެސް ބައިވެރިވެފައިވެއެވެ.

ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޝަމްސުއްދީން ސްކޫލްގެ ޕްރިންސިޕަލް ސުލްޠާން ރާމިޒު ވިދާޅުވީ  ކެޑޭޓް ކޭޕްގައި ކިޔަވައި ދެވުނު މާއްދާތަކުން  ލިބުނު މައުލޫމާތަކަކީ   ކޭމްޕް ނިންމާލުމާއެކު ދަރިވަރުން ހަދާންނައްތާލަންޖެހޭ ކަންތައްތަކެއް ނޫންކަމަށް ވިދާޅުިއެވެ .

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ސުލްޠާނު ވިދާޅުވީ މިކޭމްޕްގައި ދަރިވަރުންނަށް ކިޔަވައިދެވުނު  މާއްދާތަކުން ލިބުނު މައުލޫމާތު  ދަރިވަރުންެ އަމަލީ މައިދާނުގައި ހިފާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ. އަދި މީގެ އިތުރަށް  ކޭމްޕް ނިންމުމަށްފަހު ދަރިވަރުން ސްކޫލްގެތޭގައި އުޅޭ އުޅުމުގައި އަދި  މުޖުތަމައުގެ ތެރޭގައި އުޅޭ އުޅުމުގައިވެސް ކޭމްޕުން ލިބުނު މައުލޫމާތުގެ ބޭނުން ހިފާނެކަމަށް ޔަގީންކުރައްވާކަމަށްވެސް ސުލްޠާން ވިދާޅުވިއެވެ.

 

” ތިކުދީންނަށް މިކޭމްޕްގެ ތެރެއިން ދަސްވި ކަންތައްތައް އަމަލީ މައިދާނުގައި ތަޖުރިބާކުރަންޖެހޭނެ ، ތިކުދީންނަކީ ކަންކަންދިމާވީ އެކަންކަމުން ރެކޭބަޔަކަށް ވެގެނެއް ނުވާނެ ، އަދި ތިކުދީންނަކީ ކަންކަން ދިމާވީމާ އެންމެ ފުރަތަމަވެސް އެކަންތައްތަކާއި ކުރިމަތިލާން ޖެހޭނެ ކުދީން ،  ތިޔަކުދީންނަށް މިކޭމްޕްގެ ތެރޭގައި ދަސްކޮށްދީފައިވާނެ  ލީޑަރ ޝިޕް ، ލީޑަރ ޝިޕް ސެޝަންތަކުގައި ތިކުދީންނަށްވާނީ ކަންކަމުގައި އެންމެ ފުރަތަމަ ނިކުންނަން ޖެހޭނެ ބަޔަކީ ތިޔަ ކުދީންކަން ދަސްކޮށްދެވިފައި ، އެހެންވީމާ ތިޔަކުދީންނަކީ އަބަދުވެސް މުޖުތަމައުގެ ތެރޭގައި އަދި ތިޔަކުދީންގެ ކްލާސް ރޫމްގެ ތެރެއިންވެސް ދިމާވާ ކަންތައްތަކުގައި އެންމެ ފުރަތަމަ އެނަމޫނާ ދައްކަން ނިކުމެތިބޭ ތިކުދީންނަށްް ވާންޖެހޭނެ ، ކޭމްޕްގެ ހަގީގީ މަގުސަދު ހާސިލްވެގެންދާނީ އެފަދަ ކުދިބަޔަކަށް ތިޔަކުދީން ވެގެން ،  އަދި އެއްވެސް ގޮތަކަށް ތިކުދީންނަކީ ފަސްޖެހޭ ކުދިބަޔަކަށް ވެގެން ނުވާނެ ” ސުލްޠާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޭމްޕުގައި ބައިވެރިވި ދަރިވަރުންނަށާއި ކޭމްޕްގައި މައުލޫމާތު ދެއްވި މުދައްރިބުންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައިއެވެ. އަދި ކޭމްޕުގައި ބައިވެރިވި ޕްލެޓޫންތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްލެޓޫން، “ބްރާވޯ” އަށް ތަށި ހަވާލުކޮށްފައިވެއެވެ. އަދި މީގެ އިތުރަށް މިކޭމްޕުން އެންމެ ރަގަޅު 5 ދަރިވަރުން ހޮވާ އެދަރިވަރުންނަށް މެޑަލް ހަވާލް ކުރެވުނެވެ.

މިމަހުގެ މިމަހުގެ 24 ން މިއަދުގެ ނިޔަލަށް ޝަމްސުއްދީން 36 ދަރިވަރަކު ބައިވެރިކޮށްގެން އެސްކޫލްގައި ކުރިއަށް ގެންދެވުނު މިކެޑޭޓް ކޭމްޕްގައި ކިޔަވާދެއްވާފައިވާ މާއްދާތަކުގެތެރޭގައި ފައިސްޓްއެއިޑް ، ފިޒިކަލް ޓްރެއިނިންގ ، ފީލްޑްކްރާފް، ލީޑަރޝިޕް ،ފުޓްޑްރިލް  އަދި ފަޔަރ ފައިޓިންގ ހިމެނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލ.އަތޮޅު ކައުންސިލްގެ މެންބަރުން އައްޑޫގައި

އައްޑޫސިޓީ ކައުންސިލާއި ލ. އަތޮޅުކައުންސިލާއި ދެމެދު ގުޅުން ބަދަހި ކުރުމުގެގޮތުން ލ. އަތޮޅު ކައުންސިލްގެޓީމެއް  އިއްޔެ އައްޑޫ ސިޓީއަށް ...

އައްޑޫ ސިޓީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ...

ހުޅުދޫގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ ފުޓްބޯޅަ ދަނޑުގައި

1444 ވަނަ އަހަރުގެ ފިތުރު ޢީދު ނަމާދާ ބޮޑު ޖަމާޢަތުގައި ކުރުން އޮންނާނެ ކަމުގައި ހުޅުދޫ އަވަށު އޮފީހުން ...