ޝަރީފީ ޕްރީސްކޫލްގެ 25 ވަނަ އަހަރީދުވަސް ފާހަގަކޮށްފި

މީދޫ ޝަރީފީ ޕްރީސްކޫލްގެ 25 ވަނަ އަހަރީދުވަސް އެސްކޫލުގައި ފާހަގަކޮށްފިއެވެ.

މިގޮތުން ޝަރީފީ ޕްރީސްކޫލުގެ 25 އަހަރީދުވަސް ފާހަގަ ކުރުމަށް ބޭއްވުނު ޚާއްސަ ޖަލްސާ ހުކުރު ދުވަހުގެރޭ ވަނީ ބާއްވާފައެވެ.

އައްޑޫމީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް ޝަރަފަވެރިކޮށްދެއްވި މިޖަލްސާގައި ޚާއްސަ މެހުމާނުންގެ ގޮތުގައި ރަށްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ  މެމްބަރު މުހައްމަދު ނާޝިދު އާއި ޝަމްސުއްދީން ސްކޫލްގެ ޕްރިންސިޕަލް ސުލްޠާންގެ އިތުރަށް ހުޅުދޫ ސްކޫލްގެ ޕްރިންސަލް ނާޒްނީން އާއި ބޭންކް އޮފް މޯލްޑިސް ހުޅުމީދޫ ބްރާންޗްގެ މެނޭޖަރ މަރިޔަމް ޝަޒުލީނުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ހުކުރުދުވަހުގެރޭ ޝަރީފީ ޕްރީސްކޫލްގައި ބޭއްވުނު މިޖަލްސާގައި ވޭތުވެދިޔަ 25 އަހަރު ދުވަހުގެތެރޭގައި އެސްކޫލަށް އެކިގޮތްގޮތުން އެހީތެރިވެދެއްވާފައިވާ ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް  ހަނދާނީ ލިއުން ދެވުނެވެ.

އަދި މީގެ އިތުރަށް މިޖަލްސާގައި ޝަރީފީ ފްރީސްކޫލަށް މެދުނުކެޑި 25 އަހަރު ޚިދުމަތްކޮށްދެއްވި އަދި މިހާރުވެސް ޝަރީފީ ޕްރީސްކޫލްގައި ހީވާގިކަމާއެކު މަސައްކަތްކުރައްވަމުން ގެންދަވާ ސ. ހިތަދޫ ގޮމަކާސްތޫރިގޭ ފާތުމަތު ފަރުހާދުއަށާ އެސްކޫލްގައި މިހާރު ވަޒީފާ އަދާކުރަމުންދާ ޓީޗަރުންނާއި މުވައްޒަފުންނަށްވެސް ހަނދާނީ ފިލާ ދެވިފައިވެއެވެ.

އަދި މީގެ އިތުރަށް 1994 ވަނަ އަހަރުން ފެށިގެން މެދުކެޑުމެއްނެތި މިއަދާއިހަމައަށް ޝަރީފީ ޕްރީސްކޫލްގެ ޕްރިންސިޕަލްގެ ގޮތުގައި މަސައްކަތްކުރައްވަމުންގެންދަވާ މީދޫ ނަޝޭބް އަލީޝަރީފަށްވެސް އެކަމުގެ އަގުވަޒަންކޮށް ހަދާނީ ފިލާ ދެވިފައިވެއެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީ ކައުންސިލްގެ އިދާރާ ހިތަދޫގައި ހުރުމުން އެންމެބޮޑު ތަކުލީފެއް އުފުލަންޖެހެނީ ހުޅުމީދޫ ރަށްޔިތުން – ޝުކުރީ

 އައްޑޫސިޓީކައުންސިލްގެ އިދާރާ ފޭދުއަށް ބަދަލުނުކުރާކަމަށްވާނަމަ ކޮންމެރަށެއްގައި ރަށު ކައުންސިލެއް އުފެއްދުމަށާ ހިތަދޫގައި ސިޓީ ކައުންސިލް އުފެއްދުމަށް އައްޑޫސިޓީ ހުޅުދޫދާއިރާގެ ...

ހެލްތު މިނިސްޓަރ ހުޅުމީދޫއަށް ޒިޔާރަތް ކުރައްވައިފި

ހެލްތު މިނިސްޓަރު   އަބްދުﷲ ޚަލީލު ހުޅުމީދޫއަށް ޒިޔާރަތް ކުރައްވައިފި އެވެ. ހެލްތު މިނިސްޓަރު ހުޅުމީދޫއަށް ވަޑައިގެންނެވުމުން މެދު ބަނދަރު ...

ރިޔާސީ އިންތިޚާބަށް ނިކުތްއިރު މި ޤައުމުގައި ޒުވާނުން ތިބިކަން ޤަބޫލުކުރި ހަމައެކަނި ރައީސަކީ ރައީސް ޔާމީން- މެންބަރ ރިފާއު

ރައީސް ޔާމީނަށް ވޯޓްދޭންޖެހޭ ސަބަބުތައް ކިޔަން ފަށައިފިއްޔާ އިރު އަރަންދެންވެސް ކިއިދާނެ ކަމަށާއި، 2013 ގެ ރިޔާސީ އިންތިޚާބަށް ...