ޝެއިހް ޖައުފަރު ފާއިޒު އަވަހާރަވެއްޖެ

  މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޑޫ ސިޓީ މީދޫ ދެކުނުގެ، ޝައިޚް ޖައުފަރު ފާއިޒް އަވަހާރަވެއްޖެއެވެ.

  ޝެއިޚް ޖައުފަރު 65، އަވާހަވީ ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށްރޭގެ ވަގުތެއްގަ އެވެ. އޭނާގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މެންދުރު ނަމާދަށް ފަހު، މަސްޖިދުލް ފުރުގާންގަ އެވެ.

  ސ. މީދޫ، ދެކުނުގެ، ޝެއިޚް ޖައުފަރަކީ ރާއްޖޭގައި ދީނީ އިލްމު އުނގަންނައި ދެއްވުމުގަ އާއި ފެތުރުމުގަ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މިގޮތުން މާލޭގައި ކުރިން ހިންގި މަދަރުސަތުލް އާލިޔާގައި އިޖުތިމާއީ އިލްމު އުނގަންނައިދެއްވާ މުދައްރިސެއްގެ ގޮތުގައި 1990ގެ އަހަރުތަކުގައި ހަރަކާތްތެރިވެވަޑައިގެންނެވި އެވެ.

  ޝެއިޚް ޖައުފަރުގެ ދަރިވަރެއް ކަމަށްވާ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެފައިވަނީ އެއީ ހިތްޕުޅު ހެޔޮ އެދުރެއް ކަމަށެވެ.

  “ހިނިތުންވެވަޑައިގަންނަވަމުން މެނުވީ ބަސްފުޅެއް ވިދާޅުވި ތަނެއް ދުވަހަކު ވެސް އަޅުގަނޑެއް ނުދެކެމެވެ. އަބަދުވެސް ފެންނަނީ ހުދު ސާފު ހެދުންކޮޅުގައި ހުންނަވަނިކޮށެވެ. ޖަފަރު ސަރގެ ހިތްޕުޅު ވެސް ހަމައެހައިމެ ސާފުކޮށް ފެންނަ ފަދައެވެ،” އަޝްރަފު ވިދާޅުވެފައިވެ އެވެ.

  އޭނާ ވަނީ އެކި މިސްކިތްތަކާއި ޓީވީ ޕްރޮގްރާމްތައް މެދުވެރިކޮށް ވެސް ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމްތައް ގިނަ ދުވަސްތަކެއް ވަންދެން ހިންގަވައިފަ އެވެ.

  މަސްދަރު: ހުރިހާ . އެމްވީ

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ހުޅުދޫ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވޭނެ

  އައްޑޫ ސިޓީ ހުޅުދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ...

  އިފުރު އެއަރޕޯޓާއި ރިސޯޓް ވިއްކާލަނީ

  ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީއިން ތަރައްޤީކޮށްފައިވާ އިފުރު އެއާޕޯޓާއެކު އެރަށުގައި ތަރައްޤީކޮށްފައިވާ އިފުރު ރިސޯޓު 65 މިލިއަން ...

  ކޮމިޝަންތަކަށް ޤާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ދީފި ނަމަ ކޯޓަށް ދާނަން – ރައީސް ޔާމީން

  ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަނަށް ޤާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ދީފި ކަމަށްވާނަމަ ...

  ރައީސް ސޯލިހުގެ ސްޕޯކްސްޕަރސަންއަކަށް ހޫދު ހަމަޖައްސަވައިފި

  ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕަރސަންގެ ދައުރު އަދާކުރައްވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ...

  އަޅުގަޑުގެ ކެތްތެރިކަންވެސް ހިފެހެއްޓޭނީ ވަކި މިންވަރަކަށް- ރައީސް ނަޝީދު

  ކޮވިޑް 19 އާއިގުޅިގެން މާލެ ލޮކްޑައުންކޮށްފައިވާއިރު މާލޭގައި ތާށިވެފައިތިބި މީހުން ރަށްރަށަށް ފޮނުވުން ލަސްވަމުންދާތީ އެކަމާ ކެތްތެރިކަން ކޮޅުންލާ ...

  މުޖުރިމުން ދައްކާ ދޮގުތަކުގެ ވާހަކަ ނޫސްތަކުގައި “ކެރީކުރީމަ” އަޅުގަނޑު ހިތާމަ ކުރަން – ރައީސް

  މުޖުރިމުން ދައްކާ ބޮޑެތި ބުހުތާނު ދޮގުތަކުގެ ވާހަކަ ނޫސްތަކުގައި ކެރީކުރީމަ ހިތާމަފުޅު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. ...