ދިރާގާއި ޝެމަރޫ ގުޅިގެން ރާއްޖެއަށް އިންޑިއާގެ މަޝްހޫރު ފިލްމުތައް!

ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި، ދިރާގުން އިންޑިޔާގެ މުނިފޫހިފިލުވުމުގެ ކޮންޓެންޓް ހެދުމުގައި އެއްވަނަ ކޮންޓެންޓް ޕްރޮވައިޑަރ ކަމަށްވާ ޝެމަރޫ އިންޓަޓެއިންމެންޓް ލިމިޓެޑް އާ ގުޅިގެން “ޝެމަރޫމީ” ދިރާގު ޓީވީ ވީޑިއޯ އޮން ޑިމާންޑް (ވީ. އޯ. ޑީ) ޕްލެޓްފޯމަށް މިހާރު ވަނީ ގެނެސްފައިއެވެ.

މިގޮތުން މިހާރު އިންޑިޔާގެ މަޝްހޫރު ފިލްމް ދިރާގު ޓީވީ ވީއޯޑީ ޕްލެޓްފޯމުން ބަލާލެވޭނެއެވެ. މީގެ ތެރޭގައި އިހުގެ ބޮލީވުޑްގެ ސުޕަރ ހިޓް ފިލްމުތަކާއި ބެންގާލީ ފިލްމްތައްވެސް ހިމެނޭނެއެވެ. މި ދުވަސްވަރަކީ މުނިފޫހިފިލުވުމުގެ ކަންތައްތައްވެސް ގޭގައި ތިބެގެން ކުރަން ޖެހިފައިވާ ދުވަސްވަރެއް ކަމުގައި ވުމުން، އިހުގެ އަދި މިހާރުގެ ބޮލީވުޑް ފިލްމްތައް އެއް ތަނަކުން ބަލާލަން މިއީ ރަނުގެ ފުރުސަތެކަށް ވެގެން ދާނެއެވެ. ޝެމަރޫގެ ކޮންޓެންޓް ދިރާގުޓީވީ ކަސްޓަމަރުންނަށް މޭ މަހުގެ ނިޔަލަށް %50 ޑިސްކައުންޓާ އެކު، މަހަކު 30 ރުފިޔާ އަށް ބަލާލެވޭނެއެވެ.

މި ޕާރޓްނާޝިޕާ ގުޅިގެން ދިރާގު ޗީފް މާކެޓިންގ އޮފިސަރ މަހުމޫދް ދަސަރް ދިވާޅުވިގޮތުގައި، ޝެމަރޫމީ ފަދަ ބޮޑު ކޮންޓެންޓް ޕްރޮވައިޑަރ އެއް ދިރާގު ޓީވީ އާ ގުޅުމުން ވަރަށް އުފާވާކަމަށާއި ކަސްޓަމަރުން ގަޔާވާކަހަލަ ހިންދީ ފިލްމުތައް ދިރާގު ޓީވީ ވީއޯޑީ މެދުވެރިކޮށް މިހާރު ބަލާލެވޭނެ ކަމަށް އުންމީދު ކުރާކަމަށެވެ.

ޝެމަރޫ އެންޓަޓެއިންމެންޓް ލިމިޓެޑްގެ ސީ. އީ. އޯ ހިރެން ގަޑާ ވިދާޅުވިގޮތުގައި، ދިރާގު ފަދަ ބޮޑު ކަސްޓަމަރ ބޭސް އެއް އޮންނަ ކުންފުންޔަކާ ގުޅިގެން ޝެމަރޫ ރާއްޖެއަށް ގެނެއުމުން ވަރަށް އުފާކުރާ ކަމަށެވެ. އަދި އެކި އުމުރުފުރާތަކަށް އެކަށީގެންވާ ކަހަލަ ކޮންޓެންޓް ޝެމަރޫމީގައި އެކުލެވިގެންވާނެ ކަމަށެވެ.

ވީޑިއޯ އޮން ޑިމާންޑް (ވީ. އޯ. ޑީ) އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.

ދިރާގުން މަސައްކަތްކުރަމުން ދަނީ ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއި ހެޔޮ އަގުގައި ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ. ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައި. ޕީ. ޓީވީ ގެ ޚިދުމަތެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވައިބަރ ކޮންމެ ސްޓިކާ ޕެކެއްވެސް ޑައުންލޯޑް ކޮށްލެވޭ ޚާއްސަ ޕެކެޖެއް އުރީދޫއިން ތައާރަފްކޮށްފި

އެންމެ 19 ރުފިޔާއަށް ވައިބަރގެ ކޮންމެ ސްޓިކަރ ޕެކެއްވެސް ޑައުންލޯޑް ކުރެވޭ ހާއްސަ ޕެކޭޖެއް މިއަދު އުރީދޫއިން ތައާރަފުކޮށްފި ...

ފެނަކަ ކޯޕަރޭޝަނުން 2 ސަރަޙައްދެއްގައި ފެންބަންދުކުރާ ކާރުޚާނާ ޤާއިމްކުރަނީ

ރާއްޖޭގެ ދެ ސަރަޙައްދެއްގައި ފެން ބަންދުކުރާ ކާރުޚާނާ ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ...

އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކޮށް، ދެ ދުވަސްތެރޭ އަގުތައް އިޢުލާންކުރަނީ

ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ސިޔާސަތުގައިވާ ގޮތުގެ މަތިން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ހެޔޮކޮށް، ކުރިއަށްއޮތް ...