advertisement

އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް ށ އަތޮޅު ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީން ވާދަކުރުމުގެ ޓިކެޓު މުޙައްމަދު ޝިޔާމް ( ޝިޔާންޓޭ ) ކަށަވަރުކޮށްފިއެވެ.

ށ އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ ގޮޑިއަށް  ޕްރައިމަރީގައި ޝިޔާންޓޭއާއި ވާދަކުރެއްވީ މުހައްމަދު ރަޝީދެވެ.

މުހައްމަދު ރަޝީދާއި ވާދަކޮށް ޝިޔާންޓޭ އަށް ލިބިލެއްވީ 1696 ވޯޓެވެ. މުހައްމަދު ރަޝީދަށް ލިބިލެއްވީ 1559 ވޯޓެވެ.  އެހެން ކަމުން ޝިޔާންޓޭ މުހައްމަދު ރަޝީދުގެ މައްޗަށް ކުރިހޯއްދެވީ 137 ވޯޓްގެ ތަފާތަކުންނެވެ.  .

ޝިޔާންޓޭއަކީ ފެނަކަ ހުޅުމީދޫ ބްރާންޗްގައި 1 އަހަރަށް ވުރެ ގިނަދުވަސްވަންދެން މަސައްކަތްކޮށްފައިވާ މީދޫއާއި ހުޅުދޫ މީހުންނާއި ޚާއްސަކޮށް ޒުވާނުންނާއި ވަރަށް ބޮޑަށް ގުޅި އެކުވެރިކަން ބާއްވަމުން ގޮސްފައިވާ ބޭފުޅެއްކަން ފާހަގަކޮށްލަންޖެހެއެވެ. އަދި މީދޫއާއި ހުޅުދޫގައި ބޭއްވުނު ޒުވާނުން ހަރަކާތްތަކުގައި ބައިވެރިވެ ޒުވާނުންގެ ހަރަކާތްތަކަށް ވަރަށްބޮޑެތި އެހީތަކެއް ދެއްވާފައިވާ ބޭފުޅެއްކަމަށްވުމާއެކު  ޝިޔާންޓޭއަށް މިލިބުނު ކާމިޔާބީއަށް މީދޫއާއި ހުޅުދޫގައި ތިބި ޝިޔާންޓޭގެ ހުރިހާ އެކުވެރިންގެ ފަރާތުންނާއި ވީއޯއެމްގެ ފަރާތުން މަރުހަބާ ދަންނަވަމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު: ވީރާނާވަމުންދާ މީދޫ މަތިކިޅި އެކޯގާޑަން

މީދޫ މަތި ކިޅި އެކޯ ގާޑަން އަކީ މީދޫގެ އަމިއްލަފަރާތްތަކުން އިސްނަގައިގެން އެކިފަރާތްތަކުގެ ދީލަތިއެހީއާއެކު ތައްޔާރުކޮށްފައިވާ ތަނެކެވެ. އެހެން ...

އައްޑޫ ގޯތިތައް ހުސްކުރަން ކައުންސިލުން އެންގި އެންގުން ރަނގަޅު: ހައިކޯޓު

އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހުސް ކުރުމަށް އެ ސިޓީގެ ކައުންސިލުން އެންގި ...

ދީނީ ތަޢުލީމު ދިނުމަކީ އިސްލާމީ ޚިދުމަތެއް ނޫން – ޝައިޚް އިލްޔާސް

ދިނީ ތަޢުލީމު ދިނުމަކީ އެއީ އަދި އިސްލާމް ދީނަށް ކުރެވޭ ޚިދުމަތެއް ނޫން ކަމަށް މަޝްހޫރު ދީނި ޢިލްމުވެރިޔާ ...