ޝުކުރީ އަކީ ދެކެދެކެވެސް ނުދެކޭފަދަ ހިންގުންތެރި ކުޅަދާނަ ބޭފުޅެއް

Advertisement

އައްޑޫސިޓީ ހުޅުދޫ އަވަށުގެ މިހާރުގެ ކައުންސިލަރު ޝުކުރީ އަކީ ދެކެދެކެވެސް ނުދެކޭފަދަ ހިންގުންތެރި ކުޅަދާނަ ބޭފުޅެއްކަމުގައި ހުޅުދޫ ދާއިރާގެ ގިނަބަޔަކު ގަބޫލްކުރެއެވެ.

“ޝުކުރީއަކީ އަޅުގަނޑުމެން ޒުވާނުންގެ އުންމީދުތައް ހާސިލް ކުރުމަށް މަގުފަހިކޮށްދޭ ބޭފުޅެއް ، މިގޮތުން ޝުކުރީ އިސްކޮށް ހުންނަވައިގެން ހުޅުދޫގެ ފުޓްބޯޅަ ދަނޑުގައި ލައިޓްހަރުކޮށްދީ ޒުވާނުންނަށް ރޭގަޅު ބޮކިއަލީގައި ފުޓްބޯޅަ ކުޅެވޭނެގޮތް ވަނީ ހައްދަވާ ދެއްވާފައި . އަދި މީގެ އިތުރަށް ރަށުގެ މަގުތައް ވަރަށްބޮޑަށް ހަލާކުވެފައި ވުމުގެ ސަބަބުން ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިގެން މަގުތައްވެސް ރަގަޅު ފެންވަރަކަށް ހެދޭތޯ މަސައްކަތް ކުރަމުންދާއިރު ކުރީގެ ސަރުކާރުން ތާރުއަޅައިގެން ރަގަޅު ފެންވަރަކަށް ހެދުމަށް ފެށި ހުޅުދޫގެ ބޮޑުމަގުގެ މަސައްކަތް ހުއްޓިފައިވުމުން އެމަގުގައި ތާރުއަޅައިގެން އެމަގު ވީހާވެސް އަވަހަކަށް ހެދޭތޯ  ޝުކުރީ ދަނީ މަސައްކަތް ކުރައްވަމުން . އަދި ހުޅުދޫގައި ޖަހާފައިވާ މަގުމަތީ ބައްތިއްތައް  ނުދިއްލި ހުރުމުގެ ސަބަބުން އެކަންވެސް ކަމާބެހޭ ފަރާތްތަކާއި ވާހަކަދައްކަވައިގެން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު އަލަށް އާބާދުވާ ސަރަހައްދުތަކާއި މަގުމަތީ ބައްތިތައް މަދު ސަރަހައްދުތަކުގައި ބައްތިއްޖެހުމަށްޓަކައި ބަޔަކާއި މަސައްކަތް ހަވާލް ކުރުމުގެ މަސައްކަތް ޝުކުރީދަނީ ކުރައްވަމުން . އަދި ޝުކުރީއަކީ ވަކި ޕާޓީއަކަށް ބެލުމެއްނެތި އަޅުގަޑުމެންގެ ކަންކަންކޮށްދެއްވުމުގެ ހުންގާނުގައި ހުންނެވި ގާބިލް ލީޑަރެއް . ޚާއްސަކޮށް އަޅުގަޑުމެންނަށް ޝުކުރީ ފާހަގަކުރެވެނީ އައްޑޫސިޓީ ކައުންސިލްގައި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން އެންމެ ހިންގުތެރި އެންމެ ގާބިލް ބޭފުޅާގެ ގޮތުގައި .

” ނަން ހާމަ ނުކުރުމަށް އެދި ހުޅުދޫ ޒުވާނަކު ވީއޯއެމްއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ހުޅުދޫ ދާއިރާގެ ކައުންސިލަރ ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހިމް ޝުކުރީ ކައުންސިލަރުގެ މަގާމަށް ހޮވިވަޑައިގެންފައިވަނީ 6 މެއި 2017 ވަނަ ދުވަހު ބޭއްވުނު ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ކެނޑިޑޭޓް އަލީ މުހައްމަދާއި ވާދަކޮށް 830 ވޯޓް ހޯއްދަވައިގެންނެވެ. އެ އިންތިޚާބުގައި އަލީ މުހައްމަދަށް ލިބިވަޑައިގެންނެވީ 629 ވޯޓެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެއްމާބަނޑު ދެކުދިންނަށް ބަލިވެއިން ރަޝްފާގެ ކުއްލި މަރާއެކު ފުވައްމުލަކުގެ ގިނަ ބަޔަކަށް ސިހުމެއް

ރާއްޖޭގައި ފަހަކަށް އައިސް މަދުން ނޫނީ ދިމާ ނުވާގޮތަކަށް އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިން ޒުވާނަކު ރޭ ފަތިހު ...

ބަމްޕަރުން ކަހާލައިގެން ވެއްޓި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

ފުވައްމުލައް ސިޓީގައި މި މަހުގެ 9 ވަނަ ދުވަހު ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން މާލެ ގެންދިޔަ ޒުވާނާ ނިޔާވެއްޖެއެވެ. ...

ބަލި ފެތުރިދާނެ ކަމުގެ ބިރަށް ރަށްތައް ބަންދުގައި ނުބޭއްވޭނެ: ޑރ. އަފްޒަލް

ކޮވިޑް-19 އަކީ ސީދާ އެއްވެސް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫން ކަމަށާއި، ބަލި ފެތުރިދާނެ ކަމުގެ ބިރަށް ރާއްޖޭގެ ...