ކޮވިޑް-19 އަށް އިއްޔެ ( 29-4-2020 ވަނަ ދުވަހު )  14 ސިފައިން ޕޮޒިޓިވް ވެއްޖެވެ.

ރޭ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ އިއްޔެ  14 ސިފައިން ޕޮޒިޓިވްވެ މީގެ ކުރީންވެސް ސިފައިންގެ 6 މީހުން ޕޮޒިޓިވް ވެފައިވާތީ އެމްއެންޑީއެފް ކްލަސްޓާ އަކީ ބޮޑު ކްލަސްޓާ އަކަށް ވެގެން ހިނގައިދާނެ ކަމަށެވެ.

ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އިއްޔެ ޕޮޒިޓިވްވި އެމްއެންޑީއެފްއަށް ނިސްބަތްވާ މި 14 ބޭފުޅުންނަކީ އެމްއެންޑީއެފްގެ އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖީނިއަރިންގ މަސައްކަތް ކުރައްވާ ވޯކްޝޮޕްއަށް ނިސްބަތްވާ ބޭފުޅުން ކަމަށެވެ.

އަދި މިހާރު އެ ވޯކް ޝޮޕް ވަނީ ކަރަންޓީންކޮށްފައެވެ.

މީގެ ކުރިންވެސް އެމްއެންޑީއެފް ބަޔަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކަޅުތުއްކަލާ ކޮށިން ފެނުނު ހަތަރު މީހުންނާއި އަދި ކޮވިޑް ވިލޭޖުން ފެނުނު ދެ މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު ދިވެހި ސިފައިންގެ އަދަދު ވަނީ 20 އަށް އަރާފައެވެ.

މީގެ ކުރިންވެސް އެމްއެންޑީއެފް ބަޔަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކަޅުތުއްކަލާ ކޮށިން ފެނުނު ހަތަރު މީހުންނާއި އަދި ކޮވިޑް ވިލޭޖުން ފެނުނު ދެ މީހުންނެވެ.

ދިވެހި ސިފައިން ދަނީ ސަރުކާރުން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނިޒާމީ ވޯޓު ނެގުމުގެ ބާރު މަޖިލީހަށް އެބައޮތް- ނަޝީދު

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ސާފުކޮށް ލިބިދީފައި އޮތް ބާރެއް ކަމަށާއި އެކަމުގައި ...

ކޯވިޑް-19: މަސްޖިދުލް ޙަރާމްގައި ސްޓެރަލައިޒޭޝަން ގޭޓްތައް ބަހައްޓައިފި

މަސްޖިދުލް ޙަރާމްއަށް ވަންނަ މީހުން ސްކޭންކޮށް، ވައިރަސްތަކާއި ޖަރާސީމުތައް ނައްތާލާ ސްޓެރަލައިޒޭޝަން ގޭޓުތައް މައްކާގެ މަސްޖިދުލް ޙަރާމްއަށް ހަރުކޮށްފިއެވެ. ...

އަޅުގަނޑަށް ނާކާމިޔާބުވާ ގޮތަށް ސިޔާސީ މަސްރަހު އަދި ބަދަލެއްނުވޭ: ނަޝީދު

އެ މަނިކުފާނު ވާދަކުރެއްވި އެއްވެސް އިންތިޚާބަކުން އަދި ނާކާމިޔާބުވެވަޑައިގެންފައެއް ނެތް ކަމަށާއި އިންތިޚާބުތަކުން ނާކާމިޔާބުވެވަޑައިިގަންނަވާފަދަ ގޮތަކަށް ސިޔާސީ މަސްރަހު ...