ސ. ހުޅުމީދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ފަށައިފި

ހުޅުމީދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރަތުގެ މަސައްކަތް ފަށައިފިއެވެ.

ޖުލައި 11 ވަނަ ދުވަހު  މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ރަސްމިއްޔާތެއްގައި ހުޅުމީދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް ހަވާލުކޮށްފައިވަނީ ފައިމީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.  ސިއްހީމަރުކަޒުގެ މަސައްކަތް ފައިމީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލް ކުރުމުގެ އެގްރިމެންޓްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ މުހައްމަދު ޒުހައިރުއެވެ. އަދި މިއެގްރިމެންޓްގައި އެކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަތުހުﷲ އާދަމްއެވެ.

ސިއްހީމަރުކަޒުގެ މަސައްކަތް ނިންމުމަށް ފައިމީ ކޮންސްޓްރަކްޝަނަށް 75 ދުވަސް ދީފައިވާއިރު، ޕްރޮޖެކްޓުގެ ޖުމުލަ އަގަކީ 1،371،465.79 (އެއް މިލިއަން ތިންލައްކަ ހަތްދިހަ އެއް ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ހަތް ދިހަ ނުވަ ލާރި) އެވެ.

ފައިމީ ކޮންސްޓްރަކްޝަނާއި ސިއްހީމަރުޒަކަޒުގެމަސައްކަތް ހަވާލްކުރުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީންވެސް ބައިވެރިވެ ވަޑައިގެންފައިވާއިރު، އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ، އައްޑޫ ސިޓީއަށް އަންނަ ތަރައްޤީއާއި ކުރިއެރުމުގެ ރާހަތު އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވޭނީ ހުޅުމީދޫ ސިއްހީ މަރުކަޒުވެސް ތަރައްޤީ ކުރެވިގެން ކަމަށެވެ.

މަރުކަޒަށް އިތުރުކުރާ އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައިހުރި ގަހެއް ނަގައިގެންގޮސް އެހެންތަނެއްގައި އިންދަނީ

ފައިމީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ސިއްހީމަރުކަޒުގެ މަސައްކަތް ހަވާލް ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި މީދޫދާއިރާގެ މަޖިލިސްމެމްބަރު ރޮޒެއިނާއާއި ހުޅުދޫދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

——————————————————————————————————————

” ހުޅުމީދޫއަކީ ވަކިން އޮންނަ ރަށަކަށްވެފައި އައްޑޫ ސިޓީއަށް މި އަންނަ ސިއްހީ ތަރައްޤީގެ ރާހަތު ހުޅުމީދޫއަށް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވޭނީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ހުޅުމީދޫ މިވަގުތުހުރި ސިއްހީ ޚިދުމަތް ދޭ ތަނަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްގެން. އެތަނަށް ގެންނަން ނިންމާފައިވާ ބައެއް ބަދަލުތަކުގެ ތެރޭގައި އެންމެ ފުރަތަމަ ފިޔަވަހި މިފަހަރު މި ފަށަނީ. މި ފިޔަވައްސާއެކީގައި މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން ހުޅުމީދޫގެ ހެލްތު ސެންޓަރަށް ހޮސްޕިޓަލަކުން ދެވޭ ޚިދުމަތާ އެއްވަރަށް ޚިދުމަތް ތަރައްޤީ ކުރުމަށް ބަޖެޓު ކުރުމަށް މަސައްކަތް ކުރަމުން މިދަނީ. ” ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

11 ޖުލައި 2019

——————————————————————————————————————

ރާއްޖޭގެ ސިއްހީ ދާއިރާގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތަށް ސަރުކާރުން ބޮޑު އިސްކަމެއްދޭއިރު، މާލެއާ އެއް ފެންވަރެއްގައި އިތުރު 10 ހޮސްޕިޓަލް ތަރައްޤީކޮށް، ގިނަ ރަށްރަށުގެ ހެލްތު ސެންޓަރުތައް ހޮސްޕިޓަލުތަކަށް ބަދަލު ކުރުމުގެ މަސައްކަތަށްވެސް މިނިސްޓްރީން ދަނީ ހަލުވި މިނެއްގައި ކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޑީޕީގެ ކެމްޕެއިންއަށް ހުރަސް އަޅާނަމަ އެއްވެސް ރަށެއްގައި އިދިކޮޅުން ކެމްޕެއިން އެއް ނުކުރެއްވޭނެ: ފައްޔާޒް

އެމްޑީޕީގެ ކެމްޕެއިންއަށް ހުރަސް އަޅާނަމަ ރާއްޖޭގެ އެއްވެސް ރަށެއްގައި އިދިކޮޅުން ކެމްޕެއިން އެއް ނުކުރެއްވޭނެ ކަމުގައި އެމްޑީޕީގެ ޗެއާޕާސަން ...

ނަޝީދާ ވާހަކަ އެބަދެކެވޭ، ދެ ރައީސުން އެއްކޮށް ފެނުމުގެ އުންމީދު ބޮޑު: ފައްޔާޒް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ކޯލިޝަން ހެދުމަށް އެމްޑީޕީން ހުރިހާ ފަރާތްތަކާއި އެކުވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި، ރައީސް ...

ކޮރޯނާވައިރަސް އަށް ޝައްކުވެގެން ދިވެއްސަކު ކަރަންޓީނު ކޮށްފި

ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިގެން ކަރަންޓީނުކޮށްފިކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން ...