ސިކުނޑި އާއި ނާރުގެ މައްސަލަތައް ދެނެގަތުމަށް ހަދާ ނިއުރޯޑައިގްނޮސްޓިކްގެ ހިދުމަތް ކުޅުދުއްފުށީގައި ފަށައިފި

  ނާރުގެ މައްސަލަތަކާ ގުޅުން ހުރި ބަލިތައް ދެނެގަތުމަށް ހަދާ ނިއުރޯޑައިގްނޮސްޓިކްގެ ހިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް) ގައި ތައާރަފުކޮށްފި އެވެ. މިއީ ސިކުނޑިއާއި ނާރުގެ މައްސަލަތައް ދެނެގަތުމަށް ހަދާ މުހިންމު ޓެސްޓްތަކެކެވެ

  ކޭއާރުއެޗުން ބުނީ ތައާރަފު ކުރެވުނު މި ހިދުމަތާއެކު އީއީޖީ އާއި އާރުއެންއެސް އަދި އެސްއެސްއާރުގެ ޓެސްޓް ހެދޭނެ ކަމަށެވެ. އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނިއުރޯ ޓެކްނީޝަންއެއް ކަމަށްވާ އަނޫފް ވިދާޅުވި ގޮތުގައި މި ޓެސްޓްތަކަކީ ކޮންމެ އުމުރުފުރާއެއްގެ މީހަކަށްވެސް ހެދިދާނެ ޓެސްޓްތަކެއް ކަމަށާއި މިއިން އެއްވެސް ގެއްލުމެއް ނުވާނެ ކަމަށެވެ.

  އީއީޖީއަކީ ސިކުނޑީގެ ކަރަންޓް ސިގުނަލްތައް ހުންނަ ގޮތް ދެނެގަތުމަށްކުރާ ޓެސްޓެކެވެ. މި ޓެސްޓުން ފިޓް ޖެހޭ ކުދިންގެ ސިކުނޑީގެ ކޮން ހިސާބަކުންކަން ދެނެގަނެވޭކަމަށާއިއަދި ފިޓްގެ ތަފާތު ވައްތަރުތައްވެސް ދެނެގަނެވޭނެކަމަށް ކޭއާރުއެޗުގެ ކުޑަކުދިންގެ ހާއްސަ ބަލިތަކުގެ ޑރ ފައިސަލް ވިދާޅުވި އެވެ.

  އެހެންވުމުން ބަލި ނުވަތަ މައްސަލަ ހުރި ހިސާބު ދެނެގަނެވި މައްސަލައިގެ ބާވަތް ދެނެގަނެވި ފަރުވާ ކުރިއަށްގެންދަންވީ ގޮތް ދެނެގަނެވޭނެ އެވެ.

  އާރުއެންއެސްއަކީ ހަށިގަނޑުގެ ވަކިވަކި ނާރުތަކުގެ މައްސަލަ ދެނެގަތުމަށް ކުރާ ޓެސްޓެއްކެވެ. މި ޓެސްޓްގައި ވަކިވަކި ނާރަކަށް ހަރަކާތްތަކެއް ފޮނުވައިލުމަށްފަހު އެއިން އަންނަ ތަފާތު ރެކޯޑްކުރެވޭ އަދި މައްސަލަ ހުންނަ ހިސާބެއްގައި މައްސަލަ ހުންނަނީ ދެ ނާރު ގުޅޭ ހިސާބުގައިތޯ ނުވަތަ ކުރިއަށް/ފަހަތަށް އިންނަ ނާރުގެ މައްސަލައެއް ތޯ ދެނެގަނެވޭނެކަމަށް ޑރ ފައިސަލް ވިދާޅުވި އެވެ.

  އަދި މިއިން ބައެއްގެ ގުނަވަންތައް ނުވަތަ މަސްގަނޑުތައް އަވަހަށް ވާޅުވުން (މަޔަސްތޭނިއާ ގްރޭވީސް) ފަދަ މައްސަލަތައް ދެނެގަތުމަށް އާރުއެންއެސް ޓެސްޓަކީ ވަރަށް މުހިންމު ޓެސްޓެކެވެ

  އެސްއެސްއާރު ޓެސްޓަކީ ނާރުތަކުގެ ބާވަތެއްކަމަށްވާ ސިމްޕަތެޓިކް ނާރުތަކުގެ މަސައްކަތް ދެނެގަތުމަށްކުރާ ޓެސްޓެކެވެ. މިއީ ޓެސްޓް ހާއްސަ ގޮތެއްގައި އަތާއި ފައިގެ ޕެރިފެރަލް ނިއުރޮޕަތީ ފަދަ ނާރުތަކުގެ ބައެއް ބަލިތައް ދެނެގަތުމަށް ކުރާ ޓެސްޓެކެވެ. މި ޓެސްޓުން ސިސްޓެމިކް ސްކެލެރޯސިސް އާއި ހުޅުތަކުގައި ރިއްސުން ފަދަ ބައެއް ބަލިތައް ދެނެގަތުމަށްވެސް ބޭނުންކުރެ އެވެ.

  މިހާރު މިފަދަ ޓެސްޓް ހެދުމަށް ދާން ޖެހެނީ މާލެ އެވެ. ކުޅުދުއްފުށިން މި ޓެސްޓް ހެދެން ފެށުމުން މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަވެގެންދާނެ އެވެ.

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  މީދޫ ކަޅިބިތްފަރާތު ގޮޑުދޮށުން ގިރަމުންދާ ސަރަހައްދުގައި ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށައިފި

  މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ކަޅިބިތްފަރާތު ގޮޑުދޮށުން ގިރަމުންދާ ސަރަހައްދުގައި އެމްޓީސީސީން ޖިއޯ ބޭގް ރިވެޓްމަންޓް ...

  ވޯލްޑްކަޕް ކޮލިފައިން: އެކުއެޑޯ ބަލިކޮށް ބްރެޒިލް އެއްވަނާގައި

  ވޯލްޑް ކަޕް ކޮލިފައިންގައި އެކުއެޑޯ ބަލިކޮށް ބްރެޒިލުން ދެކުނު އެމެރިކާގެ ސަރަހައްދުން ޕޮއިންޓް ޓޭބަލްގެ އެއްވަނައިގައި ލީޑް ފުޅާކޮށްފިއެވެ.ރޭ ...

  ބަނގުރާ ހޯދުމުގެ އޮޕަރޭޝަނަކީ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ހިންގާ އޮޕަރޭޝަނެއް – ކަސްޓަމްސް

  ރޯޔަލް އައިލެންޑް ރިސޯޓުގެ ނަމުގައި ދޫކުރި ބަނގުރަލުގެ ތެރެއިން ފަން އައިލެންޑް ރިސޯޓަށް ޤަވާއިދާ ޚިލާފަށް ގެންގޮސްފައިވާކަމަށް ތުހުމަތުކުރެވޭ ...

  ހަތް މަހުގެ ކުއްޖަކަށް ކޮވިޑް-19 ޖެހިއްޖެ!

  ރާއްޖެއިން ހަތް މަހުގެ ފިރިހެން ކުއްޖަކަށް ކޮވިޑް-19 ޖެހިއްޖެ އެވެ. މިއީ މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ ...

  ހުޅުދޫ ދާއިރާގެ ކައުންސިލުގެ ގޮނޑީގެ ޓިކެޓް ފައިޒް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި

    އެމްޑީޕީ ޕްރައިމަރީގައި ހުޅުދޫ ދާއިރާގެ ކައުންސިލުގެ ގޮނޑީގެ ޓިކެޓް ފައިޒް  ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި އެވެ ...

  ސިޔާސީ ބާރުވެރިކަން ޒުވާނުންނަށް ހޯދައިދިނުމަކީ މުހިއްމުކަމެއް

  މީދޫ  އެމް.ޑީ.ޕީ މެމްބަރުންނަކީ ސިޔާސީގޮތުން “ތަޞައްރަފު” ފުދިފައިވާބަޔެކެވެ. އެކަން އެމީހުން ސާބިތުކޮށްދީފައިވަނީ ވާދަވެރި އެމްޑީޕީ ޕްރައިމަރީގައި ކައުންސިލަށް ވާދަކުރާނެ ...