ސިނަމާލެ ބްރިޖް ރައީސް ޔާމީން ރަސްމީކޮށް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޗައިނާ ސަރުކާރުގެ މަންދޫބު އަދި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ހިޒް އެކްސެލެންސީ ވަންގ ޝިއާއޮތައޮ “ސިނަމާލެ ބުރިޖު” މިރޭ ހުޅުއްވައިދެއްވައިފިއެވެ. ސިނަމާލެ ބުރިޖު ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިރޭ އާޓިފިޝަލް ބީޗް ސަރަޙައްދުގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިޙާދާއި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރާއްޖެއާއި ޗައިނާ ސަރުކާރުގެ އިސްބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސިނަމާލެ ބުރިޖަކީ” ކަނޑު ހުރަސްކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށާއި، އާބާދީ އެއްފަސްކޮށް ތަރައްޤީ ކުރަމުންދާ ހުޅުމާލެއަށް ކުރާ ދަތުރުތައް އެއްގަމުމަގުން ކުރެވޭނޭ ފުރުޞަތު ފަހިކޮށްދީ، ފަސޭހަކަމާއި ރައްކާތެރިކަމާއިއެކު އަވަހަށް ދަތުރުފަތުރުކުރެވޭނޭ ނިޒާމެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ހިންގަވާފައިވާ މަޝްރޫޢެކެވެ.

 ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ރަޙުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދެ ޤައުމުން ގުޅިގެން ތަރައްޤީކޮއްފައިވާ މި ބުރިޖުގެ ދިގުމިނުގައި 2 ކިލޯ މީޓަރު ހުރެއެވެ. އަދި، ފުޅާމިނުގައި 20.3 މީޓަރު ހުރެއެވެ. ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން އުސްމިނުގައި 12 މީޓަރު ހުންނަ އުޅަނދުފަހަރަށް ބުރިޖުގެ ދަށުން ދަތުރުކުރެވޭނެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ސިނަމާލެ ބުރިޖު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ބުރިޖަށް ޒިޔާރަތް ކުރައްވައި ބުރިޖު ބައްލަވައިލައްވައިފައެވެ. މިރޭގެ ރަސްމިއްޔާތުގައި ބަޑިބޭހުގެ ކުޅިވަރާއެކު ލޭޒަރ ލައިޓްގެ ހަރަކާތްތަކެއް ދައްކާލުންވެސް އޮތެވެ.

މި ތާރީޚީ ރަސްމިއްޔާތުގައި ބަޑިބޭހުގެ ޙަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ ގިނީސް ވޯލްޑް ރިކޯޑް ފޮތުން ބަޑިބޭހުގެ ޙަރަކާތްތައް އެންމެ ފުޅާ ދާއިރާއެއްގައި ހިންގުމުގެ ޝަރަފު ހާޞިލްކޮށްފައިވާ އަދި، އިންޓަރނޭޝަނަލް ލޭޒަރ ޑިސްޕްލޭ އެސޯސިއޭޝަންގެ 30 އެވޯޑް ހާޞިލްކޮއްފައިވާ ކެވަންޓް ލޭޒަރސް ސިސްޓަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޑީޕީގެ ކޮންގްރެސް ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ފައްޔާޒް ވިދާޅުވެއްޖެ

އެމްޑީޕީގެ ކޮންގްރެސް ފަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި މި ސަރުކާގެ އިކޮނޮމިކް ...

ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމު 86 ބޭފުޅަކަށް ދެއްވައިފި

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ބެޖާއި ...

އިތުރު 10 މީހުން ކޮވިޑަށް ޕޮޒިޓިވްވެ ، ރާއޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 551 އަށް

އިއްޔެ ރާއްޖެއިން އިތުރު 10 މީހުން ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާކަން އެޗްޕީއޭ އިން ހާމަކޮށްފިއެވެ. އިއްޔެ ޕޮޒިޓިވްވެފައިވަނީ ...