ސިޔާކަޕް 2018 – ކެނެރީފުގެ ސަބްއޯޝަނިކު މުބާރާތުން ވިކިވެއްޖެ

    ސިޔާކަޕް ފުޓްބޯޅަ މުބާރާތުގައި މުބާރާތް އިންތިޒާމްކުރި ފަރާތުން ދެއްވި ޚާއްސަ ދައުވަތަކަށް    މުބާރާތުގައި ބައިވެރި ސަބްއޯޝަނިކުން މުބާރާތުން ވަކިވެއްޖެވެ.

    ސަބްއޯޝަނިކުން މުބާރާތުން ވަކިވެފައިވަނީ ކްލަބް ރެޑްއެންޓްސްއާއި އެޓީމު ބައްދަލުކުރިމެޗްގައި ރެފްރީ އެޓީމުގެ ކުޅުންތެރިއެއްކަމުގައިވާ ލައުހުއަށް ދެއްކި ރީދޫ ކާޑު މައާފްކޮށްދިނުމަށް މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީއަށް އެޓީމުގެ ފަރާތުން ލިއުމުން  ހުށަހެޅި މައްސަލަ ބެލުމަށްފަހު އެކާޑަކީ ރަގަޅުކާޑެއް ކަމަށް ބަލައި އެކާޑް މައާފްކުރެވެން ނެތްކަމަށް ޑިސިޕްލިނަރީ ކޮމިޓީން އެންގުމާއިގުޅިގެންނެވެ.

    ރެފްރީ މާއިޝް މުހައްމަދު

    ކްލަބްރެޑްއެންޓްސްއާއި ސަބްއޯޝަނިކް ބައްދަލުކުރިމެޗްގައި ރެފްރީ ސަބްއޯޝަނިކްގެ ލައުހުއަށް ދެއްކި ރީދޫ ކާޑާއިމެދު ހިތްހަމަނުޖެހިގެން އެޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުން މެޗުނިމިގެން ރެފްރީއާއި އަދި މުބާރާތް އޮގަނައިޒްކުރާފަރާތަށް ވަޑަށްބޮޑަށް ނުރުހުމުގެ ބަސްތައް ބުނަމުންގޮސްފައިވެއެވެ. އަދި ސޯޝަލް މީޑިއާގައިވެސް އެޓީމުގެ ބައެއް ކުޅުންތެރީން ހުޅުދޫއާއި މީދޫ މީހުންނަކީ މިފަދަ މުބާރާތްތައް ރާވާ ހިންގޭނެ ބައެއް ނޫންކަމަށްބުނެ ފާޑުކިޔާފައިވެއެވެ.

    ކްލަބްރެޑްއެންޓްސްއާއި ސަބްއޯޝަނިކް ބައްދަލުކުރިމެޗްގައި ސަބްއޯޝަނިކްގެ ލައުހުއަށް ރީދޫ ކާޑު ދެއްކި ރެފްރީ މާއިޝް މުހައްމަދަކީ  ކެނެރީފް ރިސޯޓްގައި މަސައްކަތްކުރާ މުވައްޒަފަކަށްވެފައި ސަބްއޯޝަނިކަކީ ކެނެރީފް ރިސޯޓުން މިމުބާރާތުގައި ބައިވެރިވެފައިވާ ޓީމަކަމަށްވާތީ ރެފްރީ އެޓީމުގެ ކުޅުންތެރިއަކަށް ދައްކަން ނުޖެހޭ ކާޑެއް ދައްކަފާނެކަމަށް ނުބެލެވެއެވެ.

    ރެފްރީ މާއިޝް މުހައްމަދު ސަބްއޯޝަނިކްގެ ލައުހުއަށް ދެއްކި ރީދޫ ކާޑުގެ މައްސަލަ ޖެއްސުމުގައި އިސްކޮށްހުރި ސަބްއޯޝަނިކުގެ  ޖޯޒީ ނަމްބަރު 10 މުހައްމަދު އަމީތު ސަބްއޯޝަނިކާއި ރެޑްއެންޓްސް ބައްދަލުކުރި މެޗްގައި  ދަނޑުމަތީގައިހުރެ ރެފްރީގެ ނިންމުމާއި ދެކޮޅަށް އަޑުގަދަކޮށްފައިވެއެވެ.  އަދި ބެންޗުގައިހުރެފައި ކޮޅަށް ތެދުވެ ރެފްރީގެ ނިންމުންތަކާއި ކަނޑައެޅިގެން ދެކޮޅު ހަދަމުންދިޔައިރުވެސް އެކަމާއިގުޅިގެން  ރެފްރީ މާއިޝް އޭނާއަށް އެއްވެސް އިންޒާރެއް އަދި ކާޑެއްވެސް ދައްކާފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.އެހެންނަމަވެސް މިމުބާރާތުގެ ބައެއްމެޗްތަކުގައި ރެފްރީ މާއިޝްގެ  ނިންމުންތަކާއި ދެކޮޅަށް ވާހަކަ ދެއްކުމުން ރީދޫކާޑާއި ރަތްކާޑުވެސް ރެފްރީ މާއިޝް ދައްކާފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

    ސަބްއޯޝަނިކު މުބާރާތުން ވަކިވިއިރު އެޓީމު މުބާރާތުގައި ކުޅުނު ތިންމެޗުގެ ތެރެއިން އެއްމެޗުން ދެރަވެ އެއްމެޗުން އެއްވަރުވެ އަދި އެއްމެޗުން މޮޅުވެ 4 ޕޮއިންޓް ލިބިފައިވާއިރު އެޓީމު ދެން މިމުބާރާތުގައި ކުޅެންޖެހޭ މެޗަކީ ގައުމު ޖޫނިއާސްއާއި ބައްދަލުކުރާމެޗްކަމަށްވާތީ އެޓީމަށް އެމެޗް ކާމިޔާބުކޮށްގެން މިމުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތުވެސް އޮތީ ތަނަވެސް ވެފައެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ގައުމު ސްޓްރީޓް ކަޕްގެ ގުރުއަތުލުން ބާއްވައިފި – ފުރަތަމަމެޗްގައި ޗެލެންޖާސްއާއި ކްލަބް ރިވެރިން

    ގައުމު އެފްސީ އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގައުމު ސްޓްރީޓް ކަޕް 2020 ގެ ގުރުއަތުލުން ބާއްވައިފިއެވެ. 15 ...

    ނޮރިންމަ ބަލިކޮށް އުސްގަޑަ އިން ކްއާޓާރގެ ފުރުސަތު ބޮޑުކޮށްފި

    ގައުމު ސްޓްރީޓް ކަޕްގައި ރޭ ކުޅެވުނު 2 ވަނަ މެޗުގައި މީދޫ ނޮރިންމަ އެފްސީ  2-0 އިން ބަލިކޮށް ...

    މިނިވަން ކަޕް ފުޓްސަލް މުބާރާތް

    މިފަހަކަށް އައިސް ހުޅުދޫގައި ބާއްވާ އެންމެ ފޯރިގަދަ އެންމެބޮޑު ، އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތަކީ މިނިވަންކަޕްގެ ނަމުގައި ...

    ކޮވިޑް19 އަށް ފަރުވާ ހޯދަމުންދަނިކޮށް މާސޭގެ ކުރީގެ ރައީސް މަރުވެއްޖެ

    ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދަނިކޮށް މާސޭގެ ކުރީގެ ރައީސް ޕަފޭ ޑިއުފް ...

    ގައުމު ސްޓްރީޓް ކަޕް : މިއަދުގެ މެޗުވެސް ބީރިކަނާ ކާމިޔާބުކޮށްފި

    ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގެ މިއަދު ހަވީރު ކުޅުނުމެޗް އެފްސީ ...

    ލޯނު އުސޫލުން ނޭމާ ބާސެލޯނާއަށް ދޫކޮށްލަނީ ؟

    ޕީއެސްޖީ  ދޫކޮށްލަން ބޭނުންވެފައިހުރި ތައްޔާރުވެއްޖެވެ. މީގެ ދެއަހަރުކުރީން ދުނިޔޭގެ ރެކޯޑްފީއެއްކަމަށްވާ 222 މިލިއަން ޕައުންޑަށް ބާސެލޯނާދޫކޮށްލި ފޯވާޑް އަލުން ...