ސިޔާކަޕް 2019 ގެ ޗެމްޕިއަންކަން ހިތަދޫ ކްލަބް ރިވެރިން ހޯދައިފި

    މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 1 ލަނޑު 1 ލަނޑުން ދެޓީމް އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-5 އިން ފޭދޫ އެފްސީ  ބަލިކޮށް ސިޔާކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހިތަދޫޓީމް ހޯދައިފިއެވެ.

    ހޮނިހިރު ދުވަހު ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗުގައި ދެޓީމްގެ ފަރާތުންވެސްވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފްގައި ދެ ޓީމަށްވެސް ލަނޑު ޖަހަން މާގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. އެހެން ނަމަވެސް ލަނޑު ޖަހަން ލިބުނު މަދު ފުރުސަތުތަކުގެ ތެރެއިން ފުރަތަމަ ހާފްގައި ހިތަދޫ ޓީމްގެ ހުނަރުވެރި ފޯވާޑް އަމީން އިބްރާހިމްއަށް ލިބުނު ފުރުސަތުގެ ބޭނުންކޮށް  ހިތަދޫ ޓީމުން  މެޗްގެ ލީޑު ނެގިއެވެ . އަދި މެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 1 ލަނޑު 0 ލަނޑުން ހިތަދޫޓީމް ކުރި ހޯދައިގެންނެވެ.

    މެޗުގެ ދެވަނަ ހާފް  ފެށުނުތަނާހެން ފޭދޫޓީމްގެ  ފާރިޝް ވަނީ މިމެޗްގައި އެޓީމުން ކާމިޔާބުކުރި ލަނޑު ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ 1-1 އަށް ބަދަލުކޮށްދީފައެވެ. އަދި މިލަނޑަށްފަހު  އެޓީމްގެ ކުޅުން ވަރަށްބޮޑުތަން ރަގަޅުކޮށް  ހިތަދޫޓީމްގެ ހާފްގެތެރޭގައި ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް ހިތަދޫ ގޯލަށް ފޭދޫޓީމްގެ ކުޅުންތެރީން ފޮނުވާލާފައިވެއެވެ.  އެހެން ނަމަވެސް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު  ދެޓީމަށްވެސް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި  1 ލަނޑު 1 ލަނޑުން އެއްވަރުވެފައި އޮތުމުން ޕެނަލްޓީޖަހައިގެން 5-4 ން މޮޅުވެ ހިތަދޫޓީމްވަނީ 2019 ވަނަ އަހަރުގެ ސިޔާކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ.

    އުއްމީދީ ކުޅުންތެރީޔާ: އީމާން ނަޒީރު

    ޕެނަލްޓީޖަހާ ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރ ޔަސްރިފްއެވެ. މީގެ އިތުރަށް މިރަސްމިއްޔާތުގައި ފޭދޫ ކައުންސިލަރު ފަހުމީއާއި މީދޫ ކައުންސިލަރު ހިޔާޒުގެ އިތުރަށް ސިއްހީމަރުކަޒު ހިންގެވުމާއި ހަވާލްވެ ހުންނެވި އިބްރާހިމްދީދީއާއި މީދޫއަވަށު އޮފީހުގެ ޑިރެކްޓަރ އަބްދުﷲ ރަޝީދާއި ބޭންކް އޮފް މޯލްޑިވްސް ހުޅުމީދޫ ބްރާންޗްގެ ފަރާތުން ފަރުހާދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

    މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމަށް ފޭދޫޓީމްގެ މުހައްމަދު އާނިސް ހޮވާފައިވާއިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ފޭދޫޓީމްގެ އަބްދުﷲ އިމްރާނެވެ. ފެއަރ ޕްލޭ ކުޅުންތެރިއަކަށް ގައުމު ޖޫނިއާސްގެ މުހައްމަދު ގުސައްޔު ހޮވާފައިވާއިރު އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވާފައިވަނީ ހިތަދޫޓީމްގެ އީމާން ނަޒީރެވެ.

    އަދި މީގެ އިތުރަށް މިމުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރީންގެ ގޮތުގައި ހޮވާފައިވަނީ ހިތަދޫ ކްލަބް ރިވެރިންގެ ޝަންވީލް ގާސިމާއި އެޓީމުގެ އިނާމް ނަޒީރުގެ އިތުރަށް ފޭދޫޓީމްގެ އަލީ ނާފިއުއާއި އެޓީމުގެ އަބްދުﷲ އިމްރާން އަދި ހިތަދޫ ކްލަބް ރިވެރިން ޓީމުގެ އަމީން އިބްރާހިމްއެވެ.

    މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހިތަދޫ ކްލަބް ރިވެރިންގެ ކޯޗް މުހައްމަދު ނާޒިން ހޮވާފައިވާއިރު ފެއަރ ޕްލޭޓީމަކަށް ހޮވާފައިވަނީ ގައުމު ޖޫނިއާސްއެވެ. އަދި މީގެ އިތުރަށް ފައިނަލްމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވާފައިވަނީ ހިތަދޫ ކްލަބް ރިވެރިންގެ ޝަންވީލު ގާސިމެވެ.

    މިއަހަރުގެ ސިޔާދު ކަޕްގައި  ވާދަކޮށްފައިވަނީ ހަ ޓީމެވެ. އެއީ ފޭދޫ އެފްސީ ، ހިތަދޫ ކްލަބް ރިވެރިން މީދޫ ގައުމު ޖޫނިއާސް އަދި ހުޅުމީދޫ ޕޮލިސްގެ އިތުރަށް މީދޫ ގައުމު އެފްސީއެވެ.

    ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ރަނަރއަޕް ޓީމަކަށް 3000 ރުފިޔާ ހުށަހަޅައިގެން ކުރިއަށް ގެންދެވުނު  މިމުބާރާތަކީ މީދޫ ޒުވާނުންގެ މެދުގައި ފުޓްބޯޅަ ކުރިއެރުވުމަށާ މީދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދިހިކޮށް، ޒުވާނުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ބޭއްވޭ މުބާރާތެއްކަމަށް ސިޔާދުވަނީ ހާމަކޮށްފައެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ޓޫބްރަދާސް ފައިނަލާ ގާތަށް

    ގަންބުރި ޗެލެންޖް 2018 ގެ ނަމުގައި މިހާރު މީދޫގައި ބާއްވަމުންދާ ފުޓުބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ...

    ގައުމު ސްޓްރީޓް ކަޕް 2020: އިއްޔެ ކުޅެވުނު މެޗްތައް

    މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ އިއްޔެ ކުޅުނު މެޗްތަކުގެ ނަތީޖާ: އެފްއާރުޓީ އަދި ...

    ގައުމު ސްޓްރީޓް ކަޕް : މަންތަރަ އާއި ހަބޭސްގެ ކުރިމަތިލުމުން ހަބޭސް ކުރި ހޯދައިފި

    ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ޑީގައި ހިމެނޭ ޓީމްތަކުގެ ...

    ޖޯލިއަންސް މިކްސް ވޮލީ މުބާރާތް: ގަދަފަދަ ލިޓަސް އަލްފައިންގެ އަތްދަށަށް

    ޖޯލިއަންސް މިކްސް  ވޮލީބޯޅަ މުބާރާތުގެ ނަމުގައި މިހާރު ފޭދޫގައި ކުރިއަށްދާ ވޮލީ މުބާރާތުގައި  އެންމެ ވަރުގަދަ އެއްޓީމެއްގެ ގޮތުގައި ...

    މީދޫގެ ވޮލީގެ ތާރީޚުގައި މަރަދޫފޭދޫ ޓީމެއްގެ އަތުން މީދޫ ވޮލީޓީމެއް ފުރަތަމަ ފަހަރަށް ބަލިވެއްޖެ

    މީދޫގެ ވޮލީގެ ތާރީޚުގައި މަރަދޫފޭދޫ ޓީމެއްގެ އަތުން މީދޫ ވޮލީޓީމެއް ފުރަތަމަ ފަހަރަށް ބަލިވެއްޖެވެ. މަރަދޫފޭދޫ ވޮލީޓީމްގެ ދައުވަތަކަށް ...

    ނޮރިންމަ ބަލިކޮށް އުސްގަޑަ އިން ކްއާޓާރގެ ފުރުސަތު ބޮޑުކޮށްފި

    ގައުމު ސްޓްރީޓް ކަޕްގައި ރޭ ކުޅެވުނު 2 ވަނަ މެޗުގައި މީދޫ ނޮރިންމަ އެފްސީ  2-0 އިން ބަލިކޮށް ...