advertisement

ރަށްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ‘ދަންޖައްސަންޖެހޭ’ ކަމަށް، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް ވިދާޅުވުމާއި ގުޅިގެން، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، ހިސާން އަކީ ދަންޖައްސަން ޖެހޭ މީހެއް ކަމަށާއި، އޭނާ މަރާލިޔަސް ފާފަވެރި ނުވާނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ތިއްބެވި ތަނެއްގައި ސިޔާމް ވާހަކަ ދައްކަވާފައިވާކަން ހިސާން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ.

އަދި މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ފަރާތުން އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ފާހަގަކުރައްވަމުން މަޖިލީހުގެ ރިޔާސަތުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ސިޔާމްގެ މައްސަލަ ބަލައި ދިނުމަށް އެދި، ޑިފެންސް މިނިސްޓްރީއަށާއި، ފުލުހުންނަށް ހުށަހަޅާފައިވާއިރު، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށްވެސް އެ މައްސަލަ ބަލައިދިނުމަށް އެދި ފޮނުވާފައިވާކަމަށް އަފީފް ވަނީ ވިދާޅުވެފައެވެ.

ސިޔާމް މިހެން ވިދާޅުވެފައިވަނީ މިދިޔަ އާދީއްތަ ދުވަހުބޭއްވި ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ ބައްދަލުވުމަށްފަހު އެ ކޮމިޓީއިން ނުކުންނަވައި ބޭރުގައި ތިއްބެވި މެންބަރުންނާ ވާހަކަ ދައްކަވަމުންނެވެ.

މެންބަރު ހިސާން ދަންޖެއްސަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވާ އޯޑިއޯވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. އެ އޯޑިއޯގައި ސިޔާމް ވިދާޅުވެފައިވަނީ ހިސާން ދަންޖައްސަންޖެހޭ ކަމަށާއި، އެކަން ކޮށްގެން ފާފަވެރިވެސް ނުވާނެ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފިނޑި ޤައްދާރުން ގެންނަން އުޅުނު ބަޣާވާތުގެ ފުންމިން އެނގިއްޖެ – ރައީސް

އިދިކޮޅު ފަރާތްތަކުން ގެންނަން އުޅުނު “ބަޣާވާތު”ގެ ފުންމިން މިހާރު ދެނެގަނެވިފައިވާކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ވެސްޓްޕާކް ސަރަހައްދުގައި ...

އައްޑޫގައި ވަކި ދަޢުލަތެއް ޤާއިމްކުރުމަށް މަޝްވަރާކޮށްފި

އައްޑޫ ސިޓީގައި ވަކި ދަޢުލަތެއް ޤާއިމްކުރަން އެސިޓީގެ ބައެއް ކައުންސިލް މެމްބަރުންނާ އެމްޑީޕީގެ އިސް ބޭފުޅުންނާއެކު ކުރީގެ ރައީސް ...

އިތުރު 10 މީހުން ކޮވިޑަށް ޕޮޒިޓިވްވެ ، ރާއޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 551 އަށް

އިއްޔެ ރާއްޖެއިން އިތުރު 10 މީހުން ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާކަން އެޗްޕީއޭ އިން ހާމަކޮށްފިއެވެ. އިއްޔެ ޕޮޒިޓިވްވެފައިވަނީ ...