ސޮނޭވާފުށި ރިސޯޓުން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ސޮނެވާފުށި ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ބ. އަތޮޅުގައި އޮންނަ ސޮނެވާފުށިން ދިވެއްސަކު ޕޮޒިޓިވްވި ނަމަވެސް މިހާތަނަށް އެ ރިސޯޓުން އަދި އެޗްޕީއޭގެ ވެސް ބަހެއް ލިބިފައެއް ނުވެއެވެ.

އެނގިފައިވާގޮތުގައި އެ މުވައްޒަފުގެ ފުރަތަމަ ނަތީޖާ ޕޮޒިޓިވްވުމާ އެކު، ދެ ވަނަ ޓެސްޓެއް ހެދުމަށް މިހާރު ވަނީ ސާމްޕަލް ފޮނުވައިފަ އެވެ. އަދި މިހާރު އޮންނަ އުސޫލުން އެއްފަހަރު ޕޮޒިޓިވް ވިޔަސް ބަލަމުން ދަނީ އެއީ ޕޮޒިޓިވް ކޭހެއްގެ ގޮތުގަ އެވެ.

މައުލޫމާތު ލިބޭގޮތުގައި ޕޮޒިޓިވްވި މި މުވައްޒަފަކީ ސީދާ ފަތުރުވެރިންނަށް ހިދުމަތްދޭ މުވައްޒަފެއް ނޫނެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލާއި “ނިއު ނޯމަލް”ގައި ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ރިސޯޓުތަކުގެ ތެރޭގައި ސޮނެވާފުށި ހިމެނެއެވެ. އަދި މިއަދުވެސް އެ ރިސޯޓަށް ބައެއް ފަތުރުވެރިން އައިކަމުގެ މައުލޫމާތު ލިބެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު: މީދޫ ކޮމިއުނިޓީ ޕާކް

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫގެ ނަލަފެހި ޖަމްއިއްޔާއިން އިސްނަގައިގެން ތައްޔާރުކުރަމުންދާ ” ކޮމިއުނިޓީޕާކް “ މީދޫ ...

ޤައުމަށް ހެޔޮއެދޭބަޔަކު މިހާލަތުގައި މަގުތަކަށް އެއްވެ މުޒާހަރާ ނުކުރާނެ – ރައީސް

ދިވެހި ރައްޔިތުންނާއި ޤައުމަށް ހެޔޮއެދޭ ބަޔަކު ކޯވިޑް-19ގެ ނުރައްކާ ބޮޑު މިޙާލަތުގައި އެއްވެ މުޒާހަރާ ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ...

ބޭ އޮފް ބެންގާލުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ

ރާއްޖޭއާއި ދުރުން، އިރު ދެކުނު ބޭއޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، ...