ސްޕެނިޝް ލަލީގާގެ ކުޅުންވެސް އަންނަމަހު ފެށޭތޯ މަސައްކަތް ކުރަން ފަށައިފި

ކޮވިޑް 19 އާއި ގުޅިގެން މެދުކަނޑާލާފައިވާ ލަލީގާގެ ކުޅުން އަންނަ ޖޫންމަހު ފަށަން ތައްޔާރުވަމުން އަންނަކަމަށް ސްޕެނިޝް ލީގުން ބުނެފިއެވެ.

ލަލީގާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ ޖޫންމަހު ސީނޒަންގެ ނުނިމިއޮތްބައި ފެށުމަށްޓަކައި މިހާރު ފަރިިތަކުރުން ކުރިއަށް ގެންދާނެ ރައްކާތެރި ފޯމެޓެއް އެކުލަވާލެވިފައިވާކަމަށާ ޖޫންމަހު ލީގުގެ ކުޅުން ފަށާނީ ކުޅުންތެރީންނާއި ސްޓާފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހުގައި ކަމަށެވެ.

ލަލީގާއިން ބުނެފައިވާގޮތުން އެންމެ ފުރަތަމަ ކުޅުންތެރީން ޖެހޭނީ ވަކުވަކިން ފަރިތަކުރުން ކުރިއަށް ގެންދަންކަމަށެވެ ، އަދި ޓްރެއިނިންގ ފެސިލިޓީތަކަށް ކުޅުންތެރީން ގެންދެވޭނީ ކޮވިޑް 19 އަށް ޓެސްޓް ކުރުމަށްފަހުގައިކަމަށްވެސް ލަލީގާއިން ވަނީ ބުނެފައެވެ.   އަދިޓީމް އެއްކޮށް ފަރިތަކުރުންފެށޭނީ ވަކި ގްރޫޕް ތަކަކަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސް ވަކި މުއަދަތެއް ފުރިހަމަ ކުރުމަށްފަހުގައިކަމަށްވެސް ލަލީގާއިންވަނީ ހާމަކޮށްފައެވެ

ލަލީގާއިން ބުނެފައިވަނީ މިގޮތައް ފަރިތަކުރުން ކުރިއަށް ގެންދަން ހަމަޖެއްސީ ކުޅުންތެރީންނާއި ސްޓާފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައިކަމަށެވެ. އަދި މިގޮތައް ފަރިތަކުރުން ކުރިއަށް ގެންދިއުމުން އެއްވެސް ކުޅުންތެރިއެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަވަސް ފިޔަވަޅުއަޅަން ފަސޭހަވާނެކަށްވެސް ލަލީގާއިން ވަނީ ހާމަކޮށްފައެވެ. .

ސްޕެއިންގައި ކޮވިޑް 19 ހަލުއިކަމާއެކު ފެތުރެން ފެށުމާއިގުޅިގެން ސްޕެނިޝް ލީގުގެ ކުޅުން މެދުކަނޑާލިއިރު އެއްވަނާގައި ބާސެލޯނާއޮތީ ވާދަވެރި ރެއާލް މެޑްރިޑަށްވުރެ އެންމެ 2 ޕޮއިންޓް ކުރި ލިބިގެންނެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

10 ފޫޓުގެ ބޮޑު ކިނބުލެއް ގއ. ކޮނޑޭއިން ހިފައިފި

ގއ. ކޮނޑޭ ގޮނޑުދޮށުން 10 ފޫޓުގެ ބޮޑު ކިނބުލެއް  ހިފައިފިއެވެ. ކޮނޑޭ ޒުވާނުންތަކެއް ނިކުމެ ވާޖަހައިގެން ހިފާފައިވާ މި ...

ސައުތުޕާމް ކައިރީގެ  ނެރުމައްޗަށް އުރުނު ދޯނި ފުންކޮށްފި

ސައުތުޕާމް ރިސޯޓާއި މީދޫއާ ދޭތެރެއިން ކަނޑާފައިވާ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ނެރުގެ އެއްފަރާތައް އުރުނު ”ފެމިނާ“ ދޯނި ...

ފަސް ވެންޓިލޭޓަރާއި 10،000 ޓެސްޓް ކިޓް ވެލާ ރިސޯޓުން ހަދިޔާ ކުރަނީ

ވެލާ ޕްރައިވެޓް އައިލެންޑު ރިސޯޓުގެ ފަރާތުން ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ރާއްޖެއަށް ހަދިޔާ ...