ސްރީ ލަންކަން އިން އައްޑޫ ދަތުރުތައް ހުއްޓާލަނީ

ސްރީލަންކަން އެއަރލައިންސްއިން އައްޑޫ ސިޓީއަށް ކުރަމުން އަންނަ ދަތުރުތައް އެޕްރީލްމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފިއެވެ.

ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓު، އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ސްރީލަންކަންގެ ދަތުރުތައް މެދުކަނޑާލަނީ އެއަރޕޯޓުން ލިބެންޖެހޭ ބައެއް ޙިދުމަތްތައް ނުލިބޭތީކަމަށެވެ. އެގޮތުން 2 އަހަރުވީއިރުވެސް އިމިގްރޭޝަން އާ ގުޅުން ހުރި ބައެއް ކަންތައްތައް ހައްލުވެފައިނުވާކަމަށް ސްރީލަންކަން އެއަރލައިންސްއިން ބުނެއެވެ. އަދި ސްރީލަންކަން އެއަރލައިންސްއަށް ދިމާވެފައިވާ މާލީ ގެއްލުމަކީވެސް މި ދަތުރުތައް ހުއްޓާލާ ސަބަބެއްކަމަށް ފިރާގު ވިދާޅުވިއެވެ.

މިހާރު ހަފްތާއަކު 3 ދަތުރު ނުވަތަ 4 ދަތުރު ސްރީލަންކަން އެއަރލައިންސްއިން އައްޑޫ ސިޓީއަށް އަންނަނީ ކުރަމުންނެވެ. އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޝެޑިއުލް ދަތުރުތައް ހުއްޓާލަން ނިންމިނަމަވެސް އެއްކޮށް ދަތުރުތައް މެދުކަނޑާނުލައި ދަތުރުތައް ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ފިރާގް ވިދާޅުވިއެވެ.

ސްރީލަންކަން އިން އައްޑޫ ސިޓީ ގަމަށް ދަތުރު ފެށީ 2016 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. 2 އަހަރުވީއިރު މިހާތަނަށް ސްރީލަންކަން އެއަރލައިންސްއިން އައްޑޫ ސިޓީއަށް ފަންސާސް ހާސް ފަތުރުވެރިން އައިސްފައިވާކަމަށް އޭސް އޭވިއޭޝަނުން ބުނެއެވެ. އަދި މި ދަތުރުތަކުގައި ފަސް ސަތޭކަ ހާސް ޓަނުގެ މުދާ ވަނީ ރާއްޖެ ގެނެސްފައެވެ.

ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ލަންކާއާއި އިންޑިޔާއަށް ދިއުމުގެ ފުރުސަތު ސްރީ ލަންކަން އައްޑޫ ދަތުރުތަކުން ލިބެމުންދާއިރު އައްޑުއަތޮޅުގައި ހިންގަމުންދާ ގެސްޓް ހައުސްތަކަށާ ދެ ރިސޯޓަށްވެސް ޓުއަރިސްޓް ގެނައުމަށް ފަސޭހަތަކެއް ލިބެމުން ދެއެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދުން ގޯތި ދިނުމަށް ނިންމާފައިވާ ގޮތާއި މެދު ކަންބޮޑުވުން ތަކެއް

މީދުން ގޯތި ދިނުމަށް ނިންމާފައިވާ ގޮތާއި މެދު ކަންބޮޑުވުން ތަކެއް ހުރުމާއި ގުޅިގެން މީދޫގެ ރަށްޔިތުންގެ ތެރެއިން ބަޔަކު ...

މީދޫ ދާއިރާ އޮތީ ރައީސް ސޯލިހާއެކު- ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ ރައްޔިތުން ތިބީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުއާ އެކީގައި ކަމަށާ އައްޑޫމީދޫ ދާއިރާގެ ތަރައްގީއަށް ...

ޢީދު ނަމާދަށް ދާއިރު ސަމާލުވާންވީ ކަންކަން

ކޯވިޑް-19އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއެކު މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އެހެންނަމަވެސް ...