ފުޓްސަލް ދަނޑު މަރާމާތުކުރުމާބެހޭ ގޮތުންނާއި ޓާފް ދަނޑު އެޅުމާ ބެހޭގޮތުން މީދޫގެ ޒުވާނުން ކައުންސިލަރާއި ބައްދަލުކުރައްވައިފި

advertisement

މީދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމާއިބެހޭ ގޮތުންނާއި މީދޫގައި އަލަށް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ޓާފް ދަނޑު އެޅުމާބެހޭގޮތުން ރަށުގެ ޒުވާނުންނާއި މީދޫގެ ކުޅިވަރުގެ ދާއިރާއާއި ހަރަކާތްތެރިވާ ބޭފުޅުން މީދޫ ކައުސިލަރު ސޯލިހާއާއި ބައްދަލުކުރައްވައިފިއެވެ.

މީދޫ އަވަށު އޮފީހުގައި ބޭއްވުނު މިބައްދަލުވުމުގައި ފުޓްސަލް ދަނޑު މަރާމާތުކުރުގެ ކަންތަކާއި މީދޫގައި އަލަށް ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ޓާފް ދަނޑުގެ ކަންތަކާއިބެހޭގޮތުންވަނީ ވާހަކަ ދެކެވިފައެވެ

2018 ވަނަ އަހަރުގެ ތެރޭގައި މީދޫގައި ޓާފް ދަނޑެއް އެޅުމަށް ލިބުނު ޓާފް ބޭނުންކޮށްގެން މީދޫގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ ޓާފް ދަނޑު އެޅުމަށް މިހާރު ހަމަޖެހިފައިވަނީ މީދޫ ބަނދަރު ސަރަހައްދުގައި އޮންނަ ” މީދޫ ކުޅިވަރު އެރީނާ ” ގެ ތެރޭގައެވެ.

މީދޫގައި މިހާރު ބޭނުންކުރަމުންދާ ފުޓްސަލް ދަނޑުގައި މަރާމާތު ކުރަންޖެހިފައިވާ މަސައްކަތްތައް ސިޓީ ކައުންސިލާއި ވާހަކަދައްކައިގެން ވީހާވެސް އަވަހަކަށް ނިންމައިދެވޭތޯ މިބަލަނީ

މީދޫގެ ކައުންސިރު ސޯލިހާ ވިދާޅުވިއެވެ

މީދޫ ކުޅިވަރު އެރީނާގައި މިހާރު ތައްޔާރު ކުރެވިފައިވަނީ   ނެޓްބޯޅަ ކޯޓަކާއި ދެ ވޮލީ ކޯޓެވެ. އެހެންނަމަވެސް އެތަނުގައި ތައްޔާރު ކުރެވުނު ވޮލީ ކޯޓްގައި ވޮލީ ކުުޅުނު ކުދީން ދުވަސް ކޮޅަކު ވޮލީ ކުޅުމަށްފަހު އެތަނުގައި ވޮލީ ކުޅުންވަނީ ހުއްޓާލާފައެވެ .

މީދޫ ގައި ވޮލީ ކުޅެމުން އަންނަނީ ކުރީންވެސް މީދޫގައި ވޮލީ ކުޅެމުން އަންނަ އިޖްތިމާއީ މަރުކަޒުގެ ވޮލީ ކޯޓްގައެވެ. އަދި މީގެ އިތުރަށް އެރީނާގައި ތައްޔާރު ކުރެވުނު ނެޓްބޯޅަ ކޯޓްގައި މިދިޔައަހަރުގެ ތެރޭގައި ނެޓްބޯޅަ ކުޅެފައިވިޔަސް ފަހަކަށް އައިސް އެތަނުގައި ނެޓްބޯޅަ ކުޅުމެއް ނޯވެއެވެ

މީދޫ ފުޓްސަލް ދަނޑު
ޓާފް ދަނޑު ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ކުޅިވަރު އެރީނާ ސަރަހައްދު
މީދޫ ފުޓްސަލް ދަނޑު
advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް 2020: ދެވަނަ ދުވަހުގެރޭގެ މެޗްތައް

މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ ދެވަނަ ދުވަހުގެރޭ ކުޅުނު މެޗްތަކުގެ ނަތީޖާ: އެފްއާރުޓީއާއި ...

އައްޑޫ ސިޓީން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.   އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި އާދީއްތަ ދުވަހުގެ އިރުއޮއްސި ...

ބަދަހިކަޕް: ޕޮލިހާއި ޓީމްއެމްކޭ ފައިނަލަށް

އައްޑޫސިޓީގައި ބާއްވާ   އެންމެ އަގުބޮޑު ނެޓްބޯޅަ މުބާރާތް، ” ބަދަހިކަޕް ” ގެ  ފައިނަލް ހުޅުމީދޫ ޕޮލިސް އަދި ...