ހުރިހާ ސްކޫލެއްގައި ޓެބްލެޓުތައް ބޭނުން ކުރަން ފަށާނަން، މިއީ ދުނިޔޭގައި މިކަން ކުރާ ފުރަތަމަ ގައުމު – ރައީސް ޔާމީން

މި އަހަރުގެ ދެވަނަ ޓާމުން ފެށިގެން ހުރިހާ ސްކޫލެއް ވައިފައި ކުރެވި، ހުރިހާ ސްކޫލެއްގައި ޓެބްލެޓުތައް ބޭނުން ކުރަން ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ރައްޔިތުންގެ މަޖްލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޔާމީން ވިދާޅުވީ، މި އަހަރުގެ ދެވަނަ ޓާމުން ފެށިގެން ހުރިހާ ސްކޫލެއް ވައިފައި ކުރެވި، ހުރިހާ ސްކޫލެއްގައި ޓެބްލެޓުތައް ބޭނުން ކުރަން ފަށާނެ ކަމަށާއި އެގޮތުން ދިވެހިރާއްޖެ އަކީ ދުނިޔޭގައި މިކަން ކުރާ ފުރަތަމަ ގައުމު ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މިރޭ ދަރުބާރުގޭގައި ދާދި ދެންމެ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، މީގެ ހަތަރު އަހަރު ކުރިން މަތީ ތަޢުލީމް ހޯދާ 19 އިންސައްތަ ކުދިންގެ ޢަދަދު ހަތަރު އަހަރުގެ ތެރޭގައި 32 އިންސައްތަ އަށް އިތުރުވެފައިވާ ކަމަށާއި މަތީތައުލީމް ގެ ދާއިރާއިން އެމަނިކުފާނުގެ އަމާޒަކީ 2023 އަންނައިރު މިއަދަދު 60 އިންސައްތަ އަށް އިތުރު ކުރުން ކަމަށެވެ.

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ގައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވާންވާނެ ކަމަށް ޤާނޫނޫ އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވެއެވެ.

ގާނޫނު އަސާސީގެ 83 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މަޖިލިސް ހުޅުވާ ޖަލްސާ ބާއްވަން ޖެހެނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު އެވެ. އެހެން ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ޖަލްސާ އޮތީ ފަސްކޮށްފައެވެ.

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އަށް ބައެއް ޑިޕްލޮމެޓުންނާއި ވަޒީރުންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ވަޑައިގެންނެވިއެވެ.

މިޖަލްސާގައި 36 މެމްބަރުން ބައިވެރިވެ ވަޑައިގަތްއިރު އިދިކޮޅު މެމްބަރުން ވަނީ މިރޭގެ ޖަލްސާ ބޮއިކޮޓްކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ކާމިޔާބެއް ނުކުރެވުނު

އދ ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ދިވެހިރާއްޖެއަށް ކާމިޔާބު ނުކުރެވި އެ ގޮނޑި އިންޑޮނޭޝިއާއިން ކާމިޔާބު ކޮށްފިއެވެ. ސަލާމަތީ ...

އުރީދޫ އިން ދިވެހި ވަންތަ ސްނެޕް ފިލްޓާއަކާއި ލެންސެއް ތައާރަފު ކޮށްފި

އުރީދޫ މޯލްޑިވްސް އިން ސްނެޕްޗެޓާ ގުޅިގެން ދިވެހިވަންތަކަން ދައްކުވައިދޭ ލެންސަކާއި ފިލްޓާއެއް ތައާރަފުކޮށްފިއެވެ. ފިލްޓަ އާއި ލެންސް ތައާރަފުކޮށްފައިވަނީ ...

ހުޅުމީދޫގައި ގާއިމުކުރެވުނު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ނިމިއްޖެ

އައްޑޫ ސިޓީ ހުޅުމީދޫގައި ގާއިމުކުރެވުނު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު އިމާރާތްކޮށް ނިމިފައިވާތީ   ބަލަންޖެހޭ ...