ތާރީޚް ޢިލްމުވެރިޔާ ނަދުވީ އަވަހާރަވެއްޖެ

ދިވެހި ތާރީޚަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ މަޝްހޫރު ތާރީޚު ޢިލްމުވެރިޔާ އަލްއުސްތާޛު މުޙައްމަދު ވަޙީދު “ނަދުވީ” އަވާހާރަވެއްޖެއެވެ.

އުސްތާޛް މުޙައްމަދު ވަޙީދު އަވަހާރަވެފައިވަނީ އާލާސްކަންފުޅެއް ޖެހިވަޑައިގެން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒާއި، ދިވެހިބަހުގެ އެކެޑަމީގައި ވިއްސަކަށް އަހަރު ޚިދުމަތް ކުރައްވާފައިވާ އަލްއުސްތާޛް މުޙައްމަދު ވަޙީދު ނަދުވީ ވަނީ ދިވެހި ބަހާއި ތާރީޚަށް އެތައް ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން ތާރީޚީ އެތައް ފޮތްތަކެއް ލިޔުއްވައި، ދިވެހި ތާރީޚް ދިރާސާކުރައްވައި އާންމުކުރައްވާފައިވެއެވެ. އަދި ތާރީޚް އުނގަންނައިދިނުމުގެ މަސައްކަތުގައިވެސް އަމަލީގޮތުން އުޅުއްވާފައިވެއެވެ. މީގެ އިތުރުން ނަދުވީވަނީ ރާއްޖެ އިސްލާމިގޮތާމެދު ވަރަށްފުޅާ ދާއިރާއެއްގައި ދިރާސާކުރައްވައި، މި ހާދިސާއާއި، އެކަން ހިނގިގޮތް ވަރަށް ތަފްސީލުކޮށް ލިޔުއްވާފައެވެ.

އަލްއުސްތާޛު މުޙައްމަދު ވަޙީދު “ނަދުވީ” އަވަހާރަވީއިރު ހުންނެވީ ދިވެހިބަހުގެ އެކެޑަމީގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމުގައެވެ. ނަދްވީ އަވަހާރަވުމާ ގުޅިގެން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ މިއީ ދިވެހިބަހާއި ތާރީޚުގެ ދާއިރާއަށް ލިބުނު ފޫނުބެދޭވަރުގެ ފުން ހިތާމައެއްކަމަށެވެ.

އަލްއުސްތާޛް މުޙައްމަދު ވަޙީދުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިރޭގެ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައިކަމަށް މައުލޫމާތު ލިބެއެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު 11 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިތުރު 11 މީހަކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މި 11 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ ...

މިއަދު އިތުރު 6 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ، ބަލިޖެހުނު ދިވެހިންގެ ޢަދަދު ސަތޭކައިން މައްޗަށް

އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ މި ބަލިޖެހުނު ދިވެހިންގެ ޢަދަދު ސަތޭކައިން މައްޗަށް އަރައިފިއެވެ. މިއަދު ...