ތަފާތު ބޮޑުކޮށް ޝަރަފުއްދީން ސްކޫލް މޮޅުވެއްޖެ

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު  ކުޅެވުނު 14 އަހަރުން ދަށުގެމެޗް ތަފާތު ބޮޑު ނަތީޖާއަކުން ޝަރަފުއްދީން ސްކޫލްގެ ކާމިޔާބުކޮށްފިއެވެ.

ހިތަދޫ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗް ޝަރަފުއްދީން ސްކޫލްގެ ކާމިޔާބުކޮށްފައިވަނީ ފޭދޫސްކޫލްގެ ޓީމާ ވާދަކޮށް 5 ލަނޑު 1 ލަނޑުންނެވެ.

މިމެޗްގައި ޝަރަފުއްދީން ސްކޫލްޓީމުން ކާމިޔާބުކުރި ފަސްލަނޑުގެ ތެރެއިން އަހުމަދު މައިސަމްއާއި އިބްރާހިމް އާލަމާއި ދެކުޅުންތެރީން ކޮންމެ ކުޅުންތެރިއަކު 2 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.  ޝަރަފުއްދީން ސްކޫލްގެ އަނެއް ލަނޑު ކާމިޔާބުކޮށްދީފައިވަނީ ހަސަން ޖައިޝަމްއެވެ.

ފޭދޫ ސްކޫލްގެ ޓީމަށް މިމެޗްގައި ކާމިޔާބުކުރެވުނު ލަނޑަކީ ޝަރަފުއްދީން ސްކޫލްގެ މުހައްމަދު ޝާއިން ފޮނުވާލި ބޯޅައެއް ފޭދޫ ސްކޫލްގެ ކުޅުންތެރިއެއްގެ ފައިގައިޖެހިފައި ބައިކޮޅަށް ވަދެގެން ކާމިޔާބުކުރެވުނު ލަނޑެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލައިން ޖަޖެއްގައި ބޯޅައިން ޖެހުމުން ޖޮކޮވިޗް މުބާރާތުން ވަކިކޮށްފި

ޔޫއެސް އޯޕަން ޓެނުސް މުބާރާތުގެ  ހަތަރު ވަނަ ބުރުގައި މަޝްހޫރު ޓެނިސް ތަރި ނޮވަކް ޖޮކޮވިޗް ގަސްދު ލައިން ...

ޝަމްސުއްދީން ސްކޫލްގެ ޕެރޭޑް މީދޫގެ ބޮޑެތި މަގުތަކުގައި ބާއްވައިފި

މިނިވަން ދުވަހުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން މީދޫ ޝަމްސުއްދީން ސްކޫލްގެ ކެޑޭޓްކޯ އިން އިންތިޒާމްކޮށްގެން މީދޫގެ ބޮޑެތި ...

މިނިވަންކަޕް 2019 : ރިސޯޓްބޯއިސް ޗެމްޕިއަންކަން ހޯދައިފި

މިނިވަންކަޕް 2019 ފުޓްސަލް މުބާރާތުގެ ފައިނަލްމެޗްގައި 2 ލަނޑު 0 ލަނޑުގެ ލީޑެއް ތައްލިހިން ހޯދާފައިވަނިކޮށް ފަހަތުންއަރާ ރިސޯޓްބޯއިސް ...