ޔޫއެފާ ސުޕަ ކަޕްގެ ޗެމްޕިއަކަން ބަޔާންމިއުނިކް ހޯދައިފި

  މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ނަތީޖާ އެއްވަރުވެފައި އޮތުމުގެ ސަބަބުން ކުޅުނު އިތުރު ގަޑީގެ 4 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ހާވިއާ  މާޓިނޭޒް ކާމިޔާބުކޮށްދިން ލަނޑުން ސެވިއްޔާ ބަލިކުރުމަށް ފަހު ޔޫއެފާ ސުޕަކަޕް ޔޫރަޕާއި ޖަރުމަންގެ ޗެމްޕިއަން ބަޔާން މިޔުނިކުން ކާމިޔާބު ކޮށްފިއެވެ.

  20،000 ސަޕޯޓަރުން ދަނޑަށް ވައްދައިގެން ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި ކުޅުނު މި މެޗު ބަޔާން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

  ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ލިބުނު ޕެނަލްޓީ އަކުން ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ  ސެވިއްޔާއިންނެވެ. މި ގޯލް އެޓީމަށް މެޗްގެ 13 ވަނަ މިނިޓްގައި  ކާމިޔާބުކޮށްދިނީ   ލޫކަސްއޮކަމްޕަސްއެވެ. ސެވިއްޔާއަށް ލިބުނު މި ޕެނަލްޓީ އަކީ  ބަޔާންގެ ޑިފެންޑަރު އަލަބާ ޕެނަލްޓީ އޭރިއާ ތެރެއިން ސެވިއްޔާގެ ރަކިޓިޗްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

  ބަޔާންމިއުނިކަށް ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ 34 ވަނަ މިނިޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލެވަންޑޮސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި  ލިއޮން ގޮރެޓްޒެކާއެވެ.

  މެޗުގެ ފުރަތަމަ ހާފް 1-1 ގެ ނަތީޖާ އަކުން ނިމިގެން ދިޔައިރު ދެވަނަ ހާފްގެ ކުޅުން ފަށައިގެން މެޗްގެ 90 މިނިޓްގެ ކުޅުން ނިމުނުއިރުވެސް ދެޓީމް 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ.

  އެހެންކަމުން މެޗްގެ ނަތިޖާ ކަނޑައެޅުމަށްޓަކައި ކުޅެވުނު އިތުރު ވަގުތުގެ  104 ވަނަ މިނިޓްގައި ބަޔާން މިއުނިކުން އެޓީމްގެ ދެވަނަ ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ.  މި ލަނޑު އެޓީމަކަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ހާވިއާ  މާޓިނޭޒްއެވެ.

  މިމެޗްގެ އިތުރުވަގުތުގެ ދެހާފްގެ ކުޅުން ނިމިގެންދިޔީ ދެޓީމުން ކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި ބަޔާން މިއުނިކް މޮޅުވެ ޔޫއެފާ ސުޕަކަޕް ގެ ޗެމްޕިއަންކަން ބަޔާންމިއުނިކް ހޯދައިގެންނެވެ. މީގެކުރިން ބަޔާންއިން ސުޕަކަޕް ކާމިޔާބު ކޮށްފައިވަނީ 2013 ވަނަ އަހަރު ޗެލްސީ ބަލިކުރުމަށް ފަހުގައެވެ.

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  އިތުރު 12 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

  އިތުރު 12 މީހަކު ހުޅުދޫއާއި މީދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ...

  ބާރުވަޔާއެކު ރޭދަންވަރުކުރި ވިއްސާރައިގައި މީދޫއާއި ހުޅުދޫގެ 3 ގެޔަކަށް ބޮޑެތި ގެއްލުން ތަކެއް ވެއްޖެ

  އައްޑުއަތޮޅަށް ރެއިންފެށިގެން ކުރަމުންދާ ވިއްސާރައިގެ ރޭ ދަންވަރު 3:30 ހާއިރު ބާރުވަޔާއެކު އައި ކޮޅިގަނޑެއްގައި މީދޫއާއި ހުޅުދޫގެ ބައެއް ...

  މީޑިއާނެޓުން ކުޅިވަރަށް ހާއްސަކޮށްގެން “އައިސް ސްޕޯޓްސް” ޗެނަލް ލޯންޗުކޮށްފި

  މީޑިއާނެޓުން ކުޅިވަރަށް ހާއްސަކޮށްގެން “އައިސް ސްޕޯޓްސް”ގެ ނަމުގައި ޗެނަލްއެއް ލޯންޗުކޮށްފިއެވެ. މީޑިއާނެޓުގެ ޕީއާރު އެންޑް މާކެޓިންގް އެގްޒެކެޓިވް ޝުވެއިކާ ...

  ކޮމަންޑޫ މަގުމަތީގައި އުމުރުން ދުވަސްވީމީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

  ށ. ކޮމަންޑޫގައި އުމުރުން ދުވަސްވީ މީހަކު މަގުމަތީގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ...

  ރައީސް ސޯލިހު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި

  ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި އެވެ. މިއީ ވެރިކަމާއި ...

  ކޯވިޑް-19 : މާލެ ފުރަބަންދަށް އަނެއްކާވެސް 24 ގަޑިއިރު އިތުރުކޮށްފި

  މާލެސިޓީ ސަރަޙައްދު، ކުރިއަށް އޮތް 24 ގަޑިއިރުވެސް ފުރަބަންދުގައި ބާއްވަން ނިންމަވައިފިއެވެ. މާލޭގައި ދިރިއުޅޭ ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވް ...