އެމެރިކާގެ ކުރީގެ ދިފާޢީ ވަޒީރު ޑޮނަލްޑު ރަމްސްފިލްޑު އަވަހާރަވެއްޖެ

  އެމެރިކާގެ ކުރީގެ ދިފާޢީ ވަޒީރު ޑޮނަލްޑު ރަމްސްފިލްޑު އަވަހާރަވެއްޖެއެވެ.

  ރަމްސްފިލްޑުގެ ޢާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަވަހާރަވީ އޭނާ ދިރިއުޅުއްވާ ނިޔު މެކްސިކޯގެ ޓާއޯސްގައިކަމަށެވެ. އޭނާ އަވަހާރަވި ސަބަބެއް އަދި ދުވަހެއް އެ ބަޔާނުގައި ބުނެފައެއް ނުވެއެވެ. އޭނާ އަވަހާރަވެފައިވަނީ ޢުމުރުފުޅުން 88 އަހަރުގައެވެ.

  ދެފަހަރެއްގެ މަތިން ރަމްސްފިލްޑުވަނީ އެމެރިކާގެ ދިފާޢީ ވަޒީރުގެ މަޤާމު ފުރުއްވައިފައެވެ. އެންމެ ފުރަތަމަ އެ މަޤާމު އޭނާ ޢަދާކުރެއްވީ 1970ގެ އަހަރުތަކުގައި އެމެރިކާގެ ކުރީގެ ރައީސް ޖެރަލްޑު ފޯޑުގެ ވެރިކަމުގައެވެ. އޭނާއަކީ އެމެރިކާގެ ދިފާޢީ ވަޒީރުގެ މަޤާމަށް ޢައްޔަންކުރެވުމު އުމުރުން އެންމެ ހަގު ބޭފުޅާއެވެ. އޭގެ ފަހުން އެ މަޤާމާ އޭނާ ޙަވާލުވެވަޑައިގެންފައިވަނީ 2001ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޖޯޖު ޑަބުލިޔު ބުޝްގެ ވެރިކަމުގައެވެ.

  ރަމްސްފިލްޑު މަޝްހޫރުވެފައިވަނީ 2003ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިން ޢިރާޤުގައި ފެށި ހަނގުރާމައިގެ އެންމެ އިސް މޭސްތިރިގެ ގޮތުގައެވެ. އެމެރިކާގެ އަސްކަރިއްޔާއިން ޢިރާޤުގެ އޭރުގެ ރައީސް ސައްދާމު ޙުސައިންގެ ވެރިކަން ވައްޓާލީ ރަމްސްފިލްޑުގެ އިރުޝާދުގެ ދަށުންނެވެ.

  އެމެރިކާއިން ޢިރާޤުގައި ހަނގުރާމަ ފެށީ އެ ޤައުމުގައި ނުރައްކާތެރި ހަތިޔާރު ހުރިކަމަށް ބުނެއެވެ. ނަމަވެސް އެފަދަ އެއްވެސް ހަތިޔާރެއް ޢިރާޤުން ފެނިފައެއް ނުވެއެވެ. ސައްދާމު ޙުސައިންގެ ވެރިކަން ނިމުމަކަށް އައުމުން ޢިރާޤުގައި އުފެދުނު ހަނގުރާމައިގެ ޙާލަތު ހައްލުކުރުމުގައި އެމެރިކާއިންވަނީ ނާކާމިޔާބުވެފައެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ޢިރާޤުގައި އިދިކޮޅު ގިނަ ހަނގުރާމަވެރިންތަކެއް އުފެދި ޙާލަތު ގޯސްވެފައިވަނީ ރަމްސްފިލްޑުގެ ނިންމެވުންތަކުގެ ސަބަބުންނެވެ. ދިފާޢީ ވަޒީރުގެ މަޤާމުން ރަމްސްފިލްޑު އިސްތިޢުފާ ދެއްވީ 2006ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ކޭން މަރުވެއްޖެ

  ފުޓުބޯޅަ އަދި ވޮލީ ކުޅުނު މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖަލީލް (ކޭން ) މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ...

  ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިންޑިޔާ ސަރުކާރުން ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފި

  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދަށް އިންޑިޔާ ސަރުކާރުން ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފިއެވެ. ...

  އިންތިހާބުގައި ވާދަނުކުރަން އުމަރު ނިންމަވައިފި

  އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ގައި ވާދަނުކުރައްވަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ...

  އަޝްފާގު ކޮވިޑުން ފަސޭހަވުމުން ޖެނިފާ އެކަމާ ސުވާލު އުފައްދަވައިފި

  ގައުމީ ފުޓްބޯޅަ ޓީމްގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ، އަލީ އަޝްފާގު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަން އެނގުނުތާ ފަސް ...

  ކުރީގެ މަޖިލިސް މެމްބަރު ގައްދޫ ޒާހިރު ނިޔާވެއްޖެ

  ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ގައްދޫ ޒާހިރު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގައްދޫ ޒާހިރު ނިޔާވެފައިވަނީ، ކޯވިޑް19 ...

  ރޮޒެއިނާ ވެސް ހޯރަ އިއްބެ މިނިވަން ކުރުމާ ދެކޮޅު!

  ގާނޫނުތައް ހެދިފައިވަނީ ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ކަމަށާއި ކުޑަކުދިންނަށް ކުރާ އެއްވެސް ކަހަލަ އަނިޔާއަކަށް ތާއީދުނުކުރާ ކަމަށް ރައްޔިތުންގެ ...