އުއްތަމަ ފަޑިޔާރުކަމުގެ މަގާމު ޑޮކްޓަރ މުނައްވަރަށް ؟

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ދިގުމުއްދަތެއްވަންދެން ބަންޑާރަ ނާއިބުކަން ކުރެއްވި ޑޮކްޓަރ މުހައްމަދު މުނައްވަރު ދިވެހިރާއްޖޭގެ އުއްތަމަ ފަޑިޔާރުގެ މަގާމަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާކަމުގެ އަޑުތަކެއް މީސް މީޑިއާގައި ފެތުރެން ފަށައިފިއެވެ.

advertisement

މީސް މީޑިއާގައި ފެތުރެމުންދާ މެސެޖްތަކުގައި ބުނެފައިވާ ގޮތުގައި އުއްތަމަ ފަޑިޔާރުގެ މަގާމަށް ޑޮކްޓަރ މުނައްވަރު އައްޔަން ކުރުމާއިމެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރަށްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުވަނީ މަޝްވަރާކުރައްވާފައެވެ. އަދި ޑޮކްޓަރ މުނައްވަރު އުއްތަމަ ފަޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރައްވަން ރައީސް ސޯލިހާއި ނަޝީދު އިއްތިފާގުވެވަޑައިގެންފައިވާކަމަށް މީސް މީޑިއާގައި ފެތުރެމުންދާ މެސެޖްތަކުގައި ބުނެފައިވެއެވެ.

ޑޮކްޓަރ މުނައްވަރު ދިވެހިރާއްޖޭގެ އުއްތަމަ ފަޑިޔާރެއްގެ މަގާމަށް އައްޔަންކުރައްވަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބޭއްވި ރަށްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އުއްތަމަ ފަޑިޔާރުކަމުގެ މަގާމުން ޑޮކްޓަރ އަހުމަދު އަބްދުﷲދީދީވަނީ ވަކިކޮށްފައެވެ. ޑޮކްޓަރ އަހުމަދު އަބްދުﷲދީދީ ވަކިކޮށްފައިވަނީ ޖޭއެސްސީން ތަހުގީގުކުރި އެމަނިކުފާނުގެ ސްލޫކީ މައްސަލަތެއް ސާބިތުވުމާއި ގުޅިގެންނެވެ. ޑޮކްޓަރ އަހުމަދު އަބްދުﷲދީދީ އުއްތަމަ ފަޑިޔާރުކަމުގެ މަގާމުން ވަކިކޮށްފައިވަނީ 69 މެމްބަރުންގެ ވޯޓުންނެވެ.

އުއްތަމަ ފަޑިޔާރެއްގެ މަގާމަށް އައްޔަންކުރައްވަން އުޅޭކަމުގެ  އަޑުތަކެއް ފެތުރިފައިވާ ޑޮކްޓަރ މުނައްވަރަކީ އުފަން އަތޮޅުކަމަށްވާ އައްޑުއަތޮޅުގެ މަޖިލިސް މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ދިވެހިރާއްޖޭގެ ބަންޑާރަ ނާއިބުކަން 1993 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރަށް ޑޮކްޓަރ މުހައްމަދު މުނައްވަރު ކުރައްވާފައިވެއެވެ. އަދި މީގެ އިތުރަށް  ޖޫން 2007 ގައި ޑޮކްޓަރ މުހައްމަދު މުނައްވަރު ވަނީ ދިވެރާއްޖޭގެ އޭރުގެ އެންމެ ބޮޑު އިދިކޮޅުޕާޓީގެ ރައީސްކަމަށް އެޕާޓީގެ މެމްބަރުން ހޮވާފައެވެ.

advertisement

މަސްދަރު: ސަންގުޓީވީ 20/11/2019

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫތު ޗެލެންޖް ކަޕް 2020- ފައިނަލްމެޗްގެ ކުޅުން މިއަދު ހަވީރު

މީދޫގައި ބާއްވަމުން އައި ޔޫތުޗެލެންޖް ކަޕް 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލްމެޗްގެ ކުޅުން މިއަދު ހަވީރު މީދޫ ފުޓްބޯޅަ ...

ރައީސް ޔާމީން ގެއަށް ބަދަލުކުރައްވައިފި

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ...

ކޮވިޑް-19: އައްޑޫސިޓީން އިތުރު 21 ކޭސް

އައްޑޫ ސިޓީން އިތުރު 21 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ...