އުތުރުގެ އަތޮޅުތަކު ބައެއް ރަށްތަކަށް ބިންހެލުމުގެ އަސަރުކޮށްފި

advertisement

ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ބައެއް ރަށްރަށް ރޭ ބިންހެލުމުގެ އަރައިފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާގޮތުން ރޭ އުތުރުގެ ބައެއް އަތޮޅުތަކުގެ ރަށްތަކުން ބިންހެލުމުގެ އަސަރުކޮށްގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިރިޕޯޓު ލިބުމާއި ގުޅިގެން ބެލި ބެލުމުން ހދ ހަނިމާދޫގައި ހުންނަ މޫސުމާއި ބެހޭ އޮފީހުގައި ބެހެއްޓިފައިވާ ބިންހެލުން މޮނީޓަރ ކުރާ މީޓަރަށް ރޭގެ 1:47 ހާއިރު ބިންގަނޑަށް އެރި ލޮޅުމެއް ރެކޯޑު ކުރެވިފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައި ވެއެވެ.

އެއިދާރާއިން ހާމަކޮށްކޮށްފައިވާގޮތުން މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

ހއ އަތޮޅާއި ހދ އަތޮޅުގެ ބައެއް ރަށްރަށުގެ މީހުން ބުނެފައިވާ ގޮތުގައި ބިންހެލުމުގެ ސަބަބުން އެރި ލޮޅުން ގިނަ ބަޔަކަށް ފާހަގަވެސް ކުރެވުންނެވެ.

މީގެ ކުރިންވެސް ހައްދުންމަތީގެ ބައެއް ރަށްރަށަށްވެސް މިފަދަ ބިންހެލުމެއްގެ އިހްސާސްވެގެން ރިޕޯޓްކޮށްފައި ވެއެވެ.

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް  ބިންހެލުމުގެ  އަސަރުކޮށްފައިވާއިރު  ރާއްޖެ އާއި ކައިރި އެއްވެސް ހިސާބަކަށް ރޭ އެވަގުތުގައި ބިންހެލުމެއް އައިކަމަކަށް، އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭގެ ބިންހެލުމާއި ގުޅޭ ރެކޯޑްތަކަކުން ނުދައްކާކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގުރުއާން ހިތުދަސްކޮށްގެން ދެއްވާ މެޑަލް ސ. މީދޫ މެރިހާނާ މަރިޔަމްދީދީ ހާސިލްކޮށްފި

ކީރިތިި ގުރުއާން ހިތު ދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބަދުﷲ ޔާމީން އަބަދުލް ގައްޔޫމް ދެއްވާ މެޑަލްއާއި ހަނދާނީލިއުން ސ. މީދޫ ...

އާ ފީޗާސްތަކާއެކު ބީއެމްއެލްގެ މޯބައިލް ބޭންކިންގ އެޕް ތައާރަފު ކޮށްފި

ކަސްޓަމަރުންނަށް ބޭންކިންގ ހިދުމަތް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ބީއެމްއެލްގެ މޮބައިލް ބޭންކިންގ އެޕް އަށް ބަދަލު ގެނެސް އިތުރު ...

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް އައްޑުއަތޮޅު ހިތަދޫ އަޙްމަދު ނުޢުމާން އައްޔަން ކުރައްވައިފި

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިސްބޭފުޅެއްކަމުގައިވާ އައްޑުއަތޮޅު ހިތަދޫ ޖަނަވަރީމާގޭ އަޙްމަދު ނުޢުމާން،  ކޮމިޝަނަރ ޖެނެރަލް އޮފް ...