ވާޑީގެ ހެޓްރިކާ އެކު ލެސްޓާ އިން ސިޓީ ބޮޑުތަފާތަކުން ބަލިކޮށްފި

    އިގިރޭސި ޕްރިމިއާލީގުގައި ރޭ 5 – 2  ގެ ބޮޑު ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެވެ. ގަބޫލް ކުރަން ދަތި ނަތީޖާއެއްގެ ގޮތުގައި މިނަތީޖާ ފާހަގަކުރަންޖެހޭއިރު މިއީ ފަހުގެ ތާރީޚެއްގައި ސިޓީގެ މައްޗަށް ކުލަބަކުން ހޯދި އެންމެ ބޮޑު ކާމިޔާބެވެ. އަދި މިއީ 2003 ގެ ފެބްރުއަރީގެ ފަހުން ސިޓީގެ ދަނޑުގައި ސިޓީގެ ގޯލަށް 5 ގޯލްވަން ފުރަތަމަ މެޗުކަންވެސް ފާހަގަކޮށްލަންޖެހެއެވެ.  މިނަތީޖާ މިގޮތައް ނިކުމެދާނެކަމަށް ގަބޫލްވެސް ނުކުރެވޭއިރު މިމެޗްގައި ސިޓީގެ ކޮޅަށް ލެސްޓާއިން ޖެހި 5 ގޯލްގެ ތެރެއިން 3 ގޯލަކީ ޕެނަލްޓީން ކާމިޔާބުކޮށްފައިވާ ގޯލްތަކެވެ.

    ރޭ ކުޅެވުނު މި މެޗަށް ބަލާއިރު ސިޓީގެ މެދުތެރެއާއި އަދި ޑިފެންސް ފެނުނީ ވަރަށް ބޮޑަށް ވިއްސި ވިހާލިވެފައިވާތަނެވެ. އެހެންކަމުން ސިޓީގެ ޑިފެންސްގެ ތެރެއިން ލެސްޓަރގެ ކުޅުންތެރީން ވަރަށްގިނަ ފުރުސަތު ތަކެއް ހޯދާފައިވެއެވެ.

    ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ހަތަރު ވަނަ މިނިޓްގައި ސިޓީއަށް ލީޑުނަގައިދިނީ ކުރިން ލެސްޓާ އަށް ކުޅުނު މާރޭޒް އެވެ. ލެސްޓާ އިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 37 ވަނަ މިނިޓްގަ އެވެ. އެއީ ވާޑީ އަށް ސިޓީގެ ކައިލް ވޯކާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ވާޑީ ކާމިޔާބުކޮށް ދިން ލަނޑުންނެވެ.

    ލެސްޓާ ލީޑުނެގި ގޯލު މެޗުގެ 54 ވަނަ މިނިޓްގައިވެސް ކާމިޔާބުކޮށްދީނީ ވާޑީއެވެ.

    އޭގެ ހަތަރު މިނިޓް ފަހުން ވާޑީ އަށް ސިޓީގެ އެރިކް ގާސިއާ ކުރި ފައުލަކަށް ލިބުނު ދިން ޕެނަލްޓީ އަކުން ވާޑީ ވަނީ އިތުރު ގޯލެއް ޖަހައި މިމެޗްގައި ހެޓްރިކް ހަދާފައެވެ

    ލެސްޓާގެ ހަތަރު ވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޭމްސް މެޑިސަން އެވެ.  މިލަނޑަކީ ސިޓީގެ ޕެނަލްޓީ އޭރިއާ ބޭރުން  ލެސްޓަރގެ މެޑިސަން ޖެހި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް އަތްމަތިން ގޮސް ގޯލްގެ މަތީކަނަށް ވަދެގެން ކާމިޔާބުކުރެވުނު ލަނޑެކެވެ. .

    ލެސްޓާ އިން މި މެޗުގައި ލިބުނު ތިން ވަނަ ޕެނަލްޓީން އެ ޓީމުގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޔޫރީ ޓީލަމެންސްއެވެ. މި ޕެނަލްޓީ އަކީ ސިޓީގެ ބެންޖަމިން މެންޑީ ކުރި ފައުލަކަށް ލެސްޓަރއަށް ލިބުނު ޕެނަލްޓީ އެކެވެ.

     

     

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    “ފަރުކޮއި” ޕްރޮޖެކްޓް ޝަމްސުއްދީން ސްކޫލްގައި ފަށައިފި

    ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ފަރުތަކާއި ފަރުތަކުގެ ވަށައިގެންވާ ދިރުންތަކުގެ ރީތިކަމާއި، އެތަންތަނުގެ މުހިންމުކަން ދަރިވަރުންނަށް އަންގައިދިނުމަށް ...

    އަރަބި ކަނޑުގައި އުފެދުނު ތޫފާން މެކުނުގެ ބާރު ގަދަވެއްޖެ

    އަރަބި ކަނޑުގައި އުފެދުނު ތޫފާން މެކުނުގެ ބާރުގަދަވެ، ކެޓަގަރީ 2ގެ ތޫފާނަކަށް ބަދަލުވެއްޖެއެވެ. މި ތޫފާން ބުރާސްފަތި ދުވަހު ...

    ރެއާލް މެޑްރިޑްގެ ކޯޗުކަމުން ޒިދާން އިސްތިއުފާދީފި

    ޗެމްޕިއަންސް ލީގުގެ ތަށި ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ތިން ފަހަރު ހޯދައިދިނުމަށްފަހު ކޯޗު ޒައިނުއްދިން ޒިދާން އިސްތިއުފާދީފިއެވެ. ކޯޗެއްގެ ...

    12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފި

    ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ. ސުޕްރީމް ...

    ރާއްޖެއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅައިފ

    އިސްލާމިކް މިނިސްޓްރީން މާދަމާއަކީ ރާއްޖެއަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައިއެވެ. އިސްލާމިކް މިނިސްޓްރީން މިގޮތައް ނިންމީ ...

    ގެސްޓުހައުސްތައް ފަތުރުވެރިންނަށް ހުޅުވާލައިފި

    ރާއްޖޭގެ ގެސްޓުހައުސްތައް މިއަދު ފަތުރުވެރިންނަށް އަލުން ހުޅުވާލައިފިއެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާގުޅިގެން ކޮވިޑްގެ  ހާލަތަށް ބަލާ، މީހުން ...