ގައުމު ސްޓްރީޓް ކަޕް _ވަރުގަދަ ޗެލެންޖާސް ރޮއްވާލުމަށްފަހު ޒުވާންޓީމް ލޮތަރި ސެމީފައިނަލަށް

  ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގައި މީދުން ވާދަކުރި ޓީމްތަކުގެ ތެރެއިން ވަރުގަދަ ޗެލެންޖާސް ރޮއްވާލުމަށްފަހު ޒުވާންޓީމް ލޮތަރި ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

  ލޮތަރި ސެމީފައިނަލަށް ހޮވުނީ މިރޭ ކުޅެވުނު ކްއާޓާފައިނަލްގެ ފުރަތަމަ މެޗްގައި އެއްވެސް މެޗަކުން ބަލިނުވެ ކްއާޓާފައަނަލަށް ހޮވުނު ޗެލެންޖާސް 1 ލަނޑު 0 ލަނޑުން ބަލިކުރުމަށްފަހުއެވެ.

  މީދޫ ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ކުއާޓާ ފައިނަލްގެ މިމެޗުގެ 40 މިނެޓު ކުޅެވުނުއިރު ދެޓީމު އޮތީ 0-0 އިން އެއްވަރުވެފަ އެވެ.

  މިރޭގެ މެޗުގައި ޗެލެންޖާސް އިން ވަރަށް ބޮޑަށް ކުރިއަށް ޖެހި ގޯލު ޖަހަން ފުރުސަތުތަކެއް ތަނަވަސް ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް ލޮތަރި ޓީމްގެ ކުޅުންތެރީން ވަނީ ޗެލެންޖާސްގެ އެޓޭކުތައް ހުއްޓުވުމުގައި މިރޭ މޮޅު ކުޅުމެއް ދައްކާފައެވެ.

  އަދި ލޮތަރިޓީމްގެ ކުޅުންތެރީންވެސް ދޭތެރެ ދޭތެރެއިން ކުރިއަށްޖެހި ޗެލެންޖާސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައިވާއިރު ލޮތަރިޓީމްގެ ކުޅުންތެރީން ޚާއްސަކޮށް އެޓީމްގެ ރަޔަން ފޮނުވާލި ބޯޅަތައް  ހުއްޓުވުމުގައި ޗެލެންޖާސްގެ ގޯލް ބަލަހައްޓަމުންދިޔަ ސަބާހުކޮށްފައިވާ މަސައްކަތް ފާހަގަ ވެގެންދިޔައެވެ. .

  މިމެޗްގެ ފުރިހަމަ ވަގުތު ނިމުނުއިރު ދެޓީމް އެއްވަރުވެގެން ނިމިފައިވާތީ  މޮޅުވާޓީމެއް ކަނޑައެޅުމަށް ޖެހި ޕެނަލްޓީގައި ލޮތަރިން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ އެޓީމުގެ ޓެރީ ޖެހި ޕެނަލްޓީއެވެ.  އެޓީމުން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ކާމިޔާބު ނުކުރެވުނީ މުންޗީ އަދި ރަޔަން ޖެހިޕެނަލްޓީއެވެ.

  ޗެލެންޖާސްއިން ވިޝޫ ، ސަބާހު އަދި ސަހާފް ޖެހި ޕެނަލްޓީވެސް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

  ޗެލެންޖާސްއަތުން މޮޅުވެ ލޮތަރި ސެމީފައިނަލަށް ހޮވުމުން ސެމީފައިނަލްގައި ލޮތަރި ބައްދަލުކުރަންޖެހޭނީ ކްއާޓާފައިނަލްގެ 3 ވަނަ މެޗްގައި ފޭދޫ ސަންއޮފް ލޮންސް އާއި ހިތަދޫ ޒެފިޔާ ބައްދަލުކޮށް ކުޅޭމެޗުން މޮޅުވާޓީމަކާއެވެ.

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެެއް ތަރައްޤީކުރަން ފެނަކައާއި ހަވާލުކޮށްފި

  ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް ޤާއިމުކުރަން ނިންމާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ހޯރަފުށީގައި ބޮޓްލިންގް ...

  ރާއްޖެއިން ކޮވިޑް-19އަށް އިތުރު 13 މީހަކު ޕޮޒިޓިވްވެ 98 މީހުން ވަނީ ބަލިން ރަނގަޅުވެއްޖެ

  ރާއްޖެއިން ކޮވިޑް-19އަށް އިތުރު 13 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 1916އަށް އަރައިފިއެވެ. އަދި މީގެ ...

  އަތޮޅުމަދަރުސާ ބަލިކޮށް ޝަރަފުއްދީން ޗެމްޕިއަންކަން ހޯދައިފި

  އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ޝަރަފުއްދީން ސްކޫލް ހޯދައިފިއެވެ. ޝަރަފުއްދީން ...

  ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓްގައި އަލިފާން ރޯވުން

  ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓްގައި އިއްޔެ ރޯވި އަލިފާންގަނޑު ނިއްވާލެވުނު އިރު ކުނިކޮށީގެ ...

  ނައިބު ރައީސް ފައިސަލް ނަސީމް ހުޅުމީދުއަށް ޒިޔާރަތްކުރައްވައިފި

  ރައީސުލްޖުމުހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ހުޅުމީދުއަށް ޒިޔާރަތްކުރައްވައިފިއެވެ. ނައިބު ރައީސް  ފައިސަލް ނަސީމް ހުޅުމީދުއަށް ވަޑައިގަތުމަށްފަހު ވަޑައިގެންނެވީ ހުޅުމީދޫ ...

  އައިސީޔޫގައި ތިބި 35 އިންސައްތައަކީ 40 އަހަރުން ދަށުގެ މީހުން: ޑރ. ނަޒްލާ

  މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެ އައިސީޔޫގައި ފަރުވާ ދެމުން ދާ 35 އިންސައްތައަކީ 40 އަހަރުން ދަށުގެ މީހުން ކަމަށް ...