ވެންޓިލޭޓަރުތަކުގެ މައްސަލަގައި ދައުވާ ނުކުރަން ނިންމައިފި

  ކޯވިޑް-19އާ ގުޅިގެން ދުބާއީ ކުންފުންޏަކުން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލައިގައި އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާ ނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފިއެވެ.

  ޕީޖީ އޮފީހުން ވިދާޅުވީ މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ޙަވާލުކުރުމުގައި މާލިއްޔަތު ޤާނޫނާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމަވާފައިވާކަމަށެވެ. މިގޮތަށް ނިންމަވައި އިއްޔެ ވަނީ އެމައްސަލަ ޑިކްލައިންކޮށްފައިކަމަށްވެސް އެއޮފީހުން ވިދާޅުވެއެވެ.

  އާންމު އުސޫލާއި ޚިލާފަށް ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވާފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.

  ހެލްތް މިނިސްޓްރީގެ ޑެޕިޔުޓީ ޗެއާ އަދި ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީގެ ޗެއާމަން ނިޝާމާ (ނިޝާ) މުހައްމަދު

  ވެންޓިލޭޓަރު ހޯދުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނާއެކު ޖުމުލަ 11 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ.

  އޭގެތެރޭގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުން ހިމެނެއެވެ. ބިޑް ކޮމިޓީގައި އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުޙައްމަދާއިި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުން އެމިނިސްޓްރީގެ ފައިނޭނަޝަލް އެގްޒެކެޓިވް އަޙްމަދު އަސްލަމާއި ވެންޓިލޭޓަރުތަކާ ގުޅޭ އެއްބަސްވުން ޗެކުކޮށް އޭގައި ސޮއިކުރި ދެ މީހެއްގެ މައްޗަށްވެސް ދަޢޫވާކުރަން އޭސީސީން ފޮނުވާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

  އޭސީސީން ވިދާޅުވީ މި މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަޙުޤީޤުކުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަށްބަލާއިރު ނިސްބަތުން އެންމެބޮޑު އެއް މައްސަލަ ކަމަށްވީނަމަވެސް، އެންމެ އަވަހަށް ތަޙްޤީޤުކޮށް ނިންމާފައިވާ މައްސަލަކަމަށެވެ. މިމައްސަލަ ތަޙްޤީޤުކުރުމުގައި ތަޙްޤީޤު ޓީމުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުންތައް ހޯދުމަށްޓަކައި ދަޢުލަތު އިދާރާތައް ހިމެނޭހެން، ތަފާތު 08 އިދާރާއަކުން މަޢުލުމާތު އެއްކުރެވިފައިވާކަމަމަށް އޭސީސީން ވިދާޅުވެއެވެ.

  މަސްދަރު: ޕީއެސްއެމްނިއުސް

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  އަފިރިން ބަލިކޮށް ބީ ގްރޫޕުން ގަބުރު ކްއާޓަރ ފައިނަލުން ޖާގަ ހޯދައިފި

  މަރަދޫފޭދޫ އަފިރިން  ބަލިކޮށް ގްރޫޕް ބީން  ކްއާޓާފައިނަލުން މަރަދޫ ގަބުރު ޖާގަ ހޯދައިފިއެވެ. ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ ...

  އިއްޔެ 103 ދިވެހިނާއިއެކު ޖުމްލަ 133 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

  އިއްޔެވެސް  103 ދިވެހިނާއިއެކު ޖުމްލަ 133 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެ  ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވި މީހުން ...

  އައްޑޫސިޓީއަށް އަދިވެސް މޫސުން ގޯސް، ވައިޓް އެލާޓް ނެރެފި

  މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް  މޫސުން ގޯސްވުމުގެ ސަބަބުން ވައިޓް އެލާޓް ...

  ކޯވިޑް-19 : “އައްޑޫ ސިޓީގެ ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ސަރުކާރުން ކަށަވަރުކޮށްދޭނެ”

  ކޯވިޑް-19އާ ގުޅިގެން އައްޑޫ ސިޓީގައި ޓެސްޓްކުރެވޭނެ އިންތިޒާމުތަކާއި، ޞިއްޙީގޮތުން ހުރި ގޮންޖެހުންތަކަށް އަވަސް ހައްލުތަކެއް ހޯއްދަވައި ދެއްވާނެކަމުގެ ޔީގީންކަން ...

  ގޮނޑި ގެއްލިފައިވާ 12 މެމްބަރުންނާއެކު މަޖިލީހަށް ވަދެ ރައީސް ޔާމީންގެ އިތުބާރު ނެތްކަމަށް ފާސްކުރާނަން – އަބްދުﷲ ޝާހިދު

  ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންނާއެކު މަޖިލީހަށް ވަދެ ރައީސް ޔާމީންގެ އިތުބާރު ނެތްކަމަށް ފާސްކުރާނެކަމަށް ރައްޔިތުންގެ ...