ވެރިންގެ ތެރެއިން ޤައުމުގެ ޙައްޤުގައި ބަސްބުނީ ރައީސް ޔާމީން އެކަނި – މިނިސްޓަރ ސައީދު

ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި ވެރިންގެ ތެރެއިން ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ބަސް ބުނަން ކެރުނު ހަމައެކަނި ވެރިއަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް އޮނަރަބަލް މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މާމިގިލީގައި ގާއިމްކުރި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރު ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީނަކީ ކިތަންމެ ބޮޑު ނުރައްކަލެއް ކުރިމަތިވިނަމަވެސް ރައްޔިތުންނާއި ގައުމުގެ ހައްގުގައި ބަސްބުނަން ކެރުނު ވެރިޔާ ކަމަށެވެ.

އެމަނިކުފާނު ގެ އިތުރުން ޤައުމާ ރައްޔިތުންގެ ހައްގުގައި ބަސް ބުނަން ކެރިވަޑައިގަތް ވެރިޔަކުނެތްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މީގެ ކުރިން ވެރިކަން ކުރެއްވި ވެރިން ދިވެހި ރައްޔިތުންނަށް ވިސްނަވައި ދެއްވާފައި އޮތީ ރާއްޖެ އަކީ ކުޑަ ޖަޒިރާ ޤައުމަކަށްވެފައި ފަޤީރު ޤައުމެއް ކަމަށާ އެހެންކަމުން ރާއްޖެއަށް ތަރައްޤީގެ މަގުގައި އެޅޭނެ ހަލުވި ފިޔަވަޅުތަކެއް ނެތްކަމަށެވެ.

އެގޮތުން މީގެ ކުރިގެ ވެރިން، އިގްތިސާދު ބިނާ ކުރަމުން އައީ ހަމައެކަނި ފަތުރުވެރި ކަމަށް ކަމަށާއި ނަތީޖާއެއްގެ ގޮތުން އެހެން އިގްތިސާދީ ދާއިރާތަކާ މެދު އޮތީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު އަދި މުހިންމު ތަނެއްގައި އޮތް ގައުމަކަށް ވާތީ އެކަމުގެ އިގްތިސާދީ ފައިދާ ވަރަށް ބޮޑަށް ނެގިދާނެކަން ސައީދު ފާހަގަކުރެ އެވެ.

އަދި މުދާ ހިފައިގެން ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް ދަތުރު ކުރެވޭނެ މާ ގިނަ ގޮތްތަކެއް ފަހިވެފައި ނެތް ކަމަށެވެ. ދުނިޔޭގެ މުދާ އުފުލާ ބޮޑެތި ބޯޓު ފަހަރަށް އިންޑިއާ ކަނޑު ހުރަސްކޮށް މުދާ އުފުލެން އޮންނާނީ ދެ ކަނޑުއޮޅިއެއް ކަމަށާ އެގޮތުން މިހާރުވެސް ރާއްޖޭގެ ކަނޑުއޮޅި ހުރަސްކޮށް ދުވާލަކު އެތައް މިލިއަން ފީފާއެއްގެ ތެޔޮ ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް ގެންދާ ކަމަށް ސައީދު ވިދާޅުވި އެވެ. އެހެން ކަމުން އަހަރެއްގެ މައްޗަށް އެއް ޓްރިލިއަނަށް ވުރެ ގިނަ ފީފާގެ ތެޔޮ ރާއްޖޭގެ ކަނޑު ހުރަސްކޮށް ގެންދެވޭނެ ކަމަށާއި އެއިން ވެސް އެނގެނީ ރާއްޖެ އަށް ފަހިވެފައި އިގްތިސާދީ ގޮތުން ފަހިވެފައި އޮތް ފުރުސަތުތައް ކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ޓޫރިޒަމަށް ބަރޯސާ ނުވެ އިގްތިސާދީ އެހެން މަސައްކަތްތަކުން ވެސް ނަފާ ހޯދޭނެކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ދިވެހިންނަށް ވިސްނައިދެމުން އައިގޯސް ގޮތްތަށް މިއަދު ރައީސް ޔާމީން ގެ ސަރުކާރުން ގެނައި ބަދަލުތަކާއި އެކު ބަދަލުވެފައިވާކަންވެސް ސައީދު ފާހަގަކުރެއްވިއެވެ.

އަދި މި ސަރުކާރަކީ ރާއްޖެއަށް ދިމާވެފައިވާ ކޮންމެ މައްސަލައަކަށްވެސް ހައްލު ހޯދައިދޭނެ ސަރުކާރެއް ކަމަށާއި ރައީސް ޔާމީނަކީ ވަކިކަހަލަ މަސައްކަތްތަކެއް ކުރައްވާ، ވަކިމަސައްކަތްތަކެއް ނުކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.

އެހެން ކަމުން ރައީސް ޔާމީނަށް 2018 ޔަޤީންކޮށް ދެއްވަން ޖެހޭކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތާޒާ ފެން ކުންފުނީގެ 6 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ތާޒާ ފެން ކުންފުނީގެ 6 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ތާޒާ ފެން ވިއްކާ އައިލެންޑް ބެވްރޭޖްސް މޯލްޑިވެސް އިން ...

ކޮވިޑް-19: އައްޑޫ އިން ޕޮޒިޓިވްވި މީހާގެ ފަހުގެ ދެ ޓެސްޓުވެސް ނެގެޓިވް ވެއްޖެ

އައްޑޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވިކަމަށް ދެއްކި މީހާގެ، ފަހުން ހެދި ޓެސްޓުތަކުން އޭނާ ނެގެޓިވް ވެފައިވާކަމަށް ދައްކާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން ...

މިކަމަކީ ކޮންމެ ބަޔަކު ކުރިނަމަވެސް ކޮށްގެންވާނެ ކަމެއް ނޫން

މަތީގައިވާ ފޮޓޯ އާއި ތިރީގައިވާ ފޮޓޯ ތަކުން ފެނިވަޑައިގަންނަވަނީ މީދޫ ބަނދަރުގެ ވަށައިގެން ޖަހާފައިވާ ރުއްތައް – މިރުއްތަކުގެ ...