ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ތިންމިލިއަންޔޫރޯގެ ހިލޭ އެހީއެއް ދެއްވައިފި

  ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ތިންމިލިއަން ޔޫރޯގެ ހިލޭ އެހީ އެއް ވެދެއްވަން ނިންމަވައިފިއެވެ.

  މީގެ ތެރެއިން އެއްމިލިއަން ޔޫރޯއަކީ ސިއްހީދާއިރާއަށް ދޭ އެހީއެކެވެ. އަދި ބާކީ ދެމިލިއަން ޔޫރޯއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދޭއެހީއެކެވެ. މިކަން އިއުލާންކޮށްފައިވަނީ ވިލާތުގެ އިއްތިހާދުގެ ރަސްމީ ވެބްސައިޓްގައެވެ.

  އެވެބްސައިޓްގައިވާ ނޫސް ބަޔާނެއްގައިވަނީ ކޮވިޑް19 އާއި ގުޅިގެން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ވިލާތުގެ އިއްތިހާދާ އެއިއްތިހާދުގެ މެމްބަރު ގައުމުތަކުން ބަލައިގަންނަކަމަށެވެ. އަދި ރާއްޖޭގައިތިބި ވިލާތުގެ ފަތުރުވެރީން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވައި ދިނުމުގައި ރާއްޖެއިން ކޮށްދެއްވި މަސައްކަތްތައް ބަލައިގަންނަކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

  ވިލާތުގެ އިއްތިހާދުން ދަނީ އެކިގައުމުތަކުގައި ކޮވިޑް19 އާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާ ގައުމުތަކަށް މާލީގޮތުން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  އަންނަ މަހު ސްކޫލުތަކާއި ކޮލެޖްތައް ހުޅުވާލަނީ

  ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފައާއި އެކު އަންނަ މަހު ސްކޫލުތަކާއި ކޮލެޖްތައް ހުޅުވައި ކިޔެވުން ފަށަން ...

  ޔުއެފާ ޗެމްޕިއަންސް ލީގު: ބަލިވި ދެ ޓީމު ސެމީއަށް

  ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ޕީއެސްޖީއާއި ޗެލްސީ ދަތުރު ކޮށްފިއެވެ. ޕީއެސްޖީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ...

  ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން އަށް ފިޔަވަޅު އަޅައިފި

  އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް އިން އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގެ އިސް ވެރިއަކަށް ހުންނެވި ...

  އައްޑޫގައި ހަދަން ނިންމާފައިވާ އިންޑިޔާގެ ކޮންސިއުލޭޓާއި ބެހޭ ގޮތުން އަޅުގަނޑުގެ ހިޔާލު

  ލިއުނީ: ޝަފީގު ހަސަން އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ހަދަން އިންޑިޔާ ކެބިނެޓުން ނިންމުމާ ގުޅިގެން، ދިވެހި ރާއްޖޭގައި މި ...

  ފޮޓޯއިން ޚަބަރު: ގައުމީ ދުވަސް ފާހަގަ ކުރުމަށް ކުޅެވުނު ފުޓްސަލްމެޗް

  މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މިއަހަރުގެ ގައުމީދުވަސް ފާހަގަކުރުމުގެ ގޮތުން  މިމަހުގެ 18 ވަނަ ދުވަހުގެރޭ ހުޅުދޫ ...

  ގައުމު ސްޓްރީޓް ކަޕް : ގިނަ ބައެއްގެ ފޭވަރިޓް އެއްޓީމުގެ ގޮތުގައި ބެލެވުނު ހަބޭސް ބަލިކޮށް ހިތަދޫ ރިވެރިން ފައިނަލަށް

  މިރޭ ކުޅެވުނު ގައުމު ސްޓްރީޓް ކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ފޭދޫގެ ހަބޭސް ބަލިކޮށް  ހިތަދޫ  ކްލަބް ...