ޒުބޭރުގެ މަރާއިބެހޭ މައުލޫމާތުތަކުގެ ޞައްޙަކަންދަނީ ކަށަވަރުކުރަމުން – އެން.ސީ.ޓީ.ސީ

ސީރިޔާގައި ހިންގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ބޯބުރިކޮށްލައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ އަޙްމަދު ޒުބޭރުގެ މަރާއިބެހޭގޮތުން ލިބިފައިވާ މައުލޫމަތުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް ކަމާއި ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންގެންދާކަމަށްނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު(އެން.ސީ.ޓީ.ސީ)ން ހާމަކޮށްފިއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބުނެފައިވަނީ ސީރިއާގައި ބޯ ކަނޑާލައިގެން މަރާލި ކަމަށް ބުނާ ވ.މެޑަލްޖެހިގޭ އަހްމަދު ޒުބޭރު ސީރިއާއަށް ދިޔައިރު އޭނާގެ އަނބިމީހާ އާއި ދެ ކުދިން ވެސް ގެންދިޔަ ކަމަށެވެ. އަދި އަޙްމަދު ޒުބޭރުއަކީ ދީނީ ހަރުކަށި ފިކުރުތަކަށް ތަބާވެ، އެފަދަ ފިކުރުތައް ފަތުރަން މަސައްކަތް ކޮށްފައިވާކަމުގެ ރެކޯޑް އޮންނަ މީހެއް ކަމުގައި ވެސް އެ ސެންޓަރުން ބުންޏެވެ.

އެހެންކަމުން އޭނާއަކީ ބޭރުގެ ޖަމާޢަތްތަކާ ގުޅިގެން، ސީރިޔާގައި ހިންގަމުންދާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދަތުރުކޮށްފައިވާ ދިވެހިންގެ ލިސްޓްގައި ހިމެނޭ ފަރާތެއްކަމަށްވެސް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބުނެފައިވެއެވެ.

ޒުބޭރު މަރާލާފައިވަނީ އައިސްއާއެކު ހަނގުރާމައަށް ގޮސް ސީރިއާގައި އުޅެނިކޮށް ސީރިއާގައި އޮންނަ އައިއެސްއާ ދެކޮޅު ޖަމާއަތެއް ކަމަށްވާ ތަހުރީރުއް ޝާމުންގެ ޖަމާއަތުން އޭނާ ހައްޔަރު ކުރުމަށްފަހު އެވެ. އޭނާ މަރާލާފައިވަނީ ބޯ ބުރިކޮށްލައިގެން ކަމަށްމީޑިއާތަކުގައި ބުނެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގިނަމެޗްތަައްކާމިޔާބުކުރީ ފޭދޫ ސަޑޭ އެކެޑެމީގެ ޓީމްތައް

ފޭދޫ ސަޑޭ ސްޕޯޓްސް އެކެޑެމީގެ ޓީމްތަކާއި މީދޫގައި ހިންގާ އީޓީއެފް އެކެޑެމީގެ ޓީމްތަކަކާއި ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗްތަކެއް ...

ބައެއް ވަޒީރުން ވަކިކޮށް ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ރައީސް ފައްޓަވައިފި

ބައެއް ވަޒީރުން ވަކިކޮށް ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފައްޓަވައިފިއެވެ. ވަޒީރުންގެ ...

ކޮވިޑު-19 ޖެހިގެން އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެ

ކޮވިޑު-19 ޖެހިގެން އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ. ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްވަމުން ...