ފަލަސްތީނަށްޓަކައި ކުރާ ދަމު ނަމާދުގައި ބައިވެރިވަމާ!

advertisement

ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ އަނިޔާތަކުން އެމީހުން ސަލާމަތް ކޮށްދެއްވުން އެދި ދުނިޔޭގެ އެންމެހާ މުސްލިމުން އެއްކޮށް އެއްވަގުތެއްގައި ދަމު ނަމާދުކުރަން ރާވައިފި އެވެ.

“ގްލޯބަލް ތަހައްޖުދު ފޯ ޕަލަސްޓައިން”ގެ ނަމުގައި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި 21 މެއި 2021 ވާ ހުކުރު ދުވަހު އިނގިރޭސިވިލާތުގެ ގަޑިން މެންދަމުން އަލިވެ ދޭއް ޖަހާއިރު ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި މުސްލިމް އުއްމަތުގެ ހުރިހާ މީހުން ވެސް ތަހައްޖުދު ނަމާދެއް ކުރުމަށް އެދިފައިވެ އެވެ.

ދަމުއަމާދުގެ ވަގުތަކީ ދުއާ އިޖާބަ ކުރައްވާ ވަގުތެއް ކަމަށާއި އެ ވަގުތު އުއްމަތުގެ ގިނަ މުސްލިމުންތަކެއް އެއްފަހަރާ އެއްކަމަކަށް އެދި ކުރާ ދުއާގެ ބާރުގަދަވާނެ ކަމަށް އެ ޕޯސްޓުގައިވެ އެވެ.

މި ނަމާދުގައި ބައިވެރިވުމަށް ފަލަސްތީނުގެ ސަލާމަތަށް އެދި މަދުވެގެން ދެ ރަކުއަތުގެ ނަމާދެއް ކުރުމަށްފަހު ދެއަތް އުފުލައި ފަލަސްތީނަށްޓަކައި ދުއާ ކުރެވިދާނެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓް

ދަމު ނަމާދުގެ ވަގުތަކީ އިޝާ ނަމާދަށްފަހު ފަތިސް ނަމާދު ވަގުތު ޖެހެންދެންނެވެ. މޮޅު އިތުރުވެގެން ވަނީ ނިދާލުމަށްފަހު ރޭގަނޑުގެ ތިންބައިކުޅަ ދެބައަށްވުރެ ފަސްވުމުން މި ނަމާދު ކުރުމެވެ.

އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 200 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު ގިނަ ބައެއްގެ ގެދޫރު ގެއްލި މަގުމަތިވެފައި ވެސްވެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހުންނަ ވަގުތުގެ ތަފާތުގެ ސަބަބުން ދަމު ނަމާދު މުޅި ދުނިޔޭގައި އެއްވަގުތެއްގައި ކުރުމަކީ ވާނެ ކަމެއް ނޫނެވެ. ނަމަވެސް ޖިއޮގްރަފީ ގޮތުން އެއް ސަރަހައްދެއްގައި ދިރިއުޅޭ ހުރިހާ މުސްލިމުން އެއްވަގުތެއްގައި ނަމާދު ކުރުމުން ދުއާ އިޖާބަ ކުރެއްވުމުގެ ފުރުސަތު ބޮޑުވާނެ އެވެ.

އެހެންކަމުން އަހަރުމެން ދިވެހިން ވެސް މި ހަރަކާތުގައި ބައިވެރިވަމާތޯ އެވެ. ހުރިހާ ދިވެހިން ވެސް އެއް އުއްމަތެއްގެ ގޮތުގައި ރާއްޖެ ގަޑިން ހުކުރު ވިލޭރޭގެ މެންދަމުން އަލިވެ ދޭއް ޖަހާއިރު ނިދިން ހޭލައި ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށްޓަކައި ﷲގެ ހަޝްރަތުގައި ދުއާ ދަންނަވަމާތޯ އެވެ.

މަސްދަރު: ހުރިހާ އެމްވީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގިނަ މީހުން އަހަރެންގެ އިންސްޓެގްރާމް ބެލުމަކީ ވަރަށް އުފާވާ ކަމެއް- ޕްރިޔަންކާ

ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ފިޔަޖަހަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާ، މި ފެށުނު އާ އަހަރު ފާހަގަ ކޮށްފައިވަނީ ...

އަލާމާތެއް ނެތް ނަމަ ޕޮޒިޓިވްވާ މީހުންގެ ކަރަންޓީން މުއްދަތު ހަތް ދުވަހަށް ކުރުކޮށްފި

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބަލީގެ އަލާމާތެއް ނެތް މީހުންގެ ކަރަންޓީނުގެ މުއްދަތު ކުރު ކުރުމަށް ހެލްތު ...

ފްލައި ދުބާއީގެ ބަދަލުގައި އެމިރޭޓްސްގެ ދަތުރުތައް އިތުރުކުރުމުން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ- އިނަ މޯލްޑިވްސް

ފްލައި ދުބާއީން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލިނަމަވެސް، ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދަށް އެއްވެސްވަރެއްގެ ނޭދެވޭ އަސަރެއް ނުކުރާނޭކަމަށް ...