ސްރީލަންކަން އެއާލައިންސްއިން ހިލޭ ޓިކެޓް ދޭ ޕްރޮމޯޝަނެއް ނުހިންގާ!

ސްރީލަންކަން އެއާލައިންސްއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި އެންމެންނަށް ހިލޭ ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މެސެޖުތަކަކީ އެ އެއާލައިންސްއާ އެއްވެސް ގުޅުމެއް ނެތް މެސެޖުތަކެއް ކަމަށް އެ އެއާލައިންސްއިން ބުނެފިއެވެ

އެ ޕްރޮމޯޝަނާ ބެހޭގޮތުން ދައުރުވަމުންދާ އެ މެސެޖްތަކާ ގުޅިގެން އެ އެއާލައިންސްގެ ރަސްމީ ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި، ހިލޭ ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ކަމަށްބުނެ ސޯޝަލް މީޑިއާ އަދި މެސެންޖާ އެޕްތަކުގައި ދައުރުވަމުންދާ މެސެޖުތަކާ، އެ އެއާލައިންސްއާ އެއްވެސް ގުޅުމެއް ނެތެވެ. އަދި ސްރީލަންކަން އެއާލައިންސްގެ ނަމުގައި ހިންގަމުންދާ ޕްރޮމޯޝަނާ ގުޅިގެން އެ އެއާލައިންސްއިން ޒިންމާ ނުވާނެ ކަމަށްވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ

މަޝްހޫރު ބޮޑެތި އެއާލައިންސްތަކުގެ ނަމުގައި އެފަދަ ޕްރޮމޯޝަން ހިންގާކަމުގެ މެސެޖުތައް ސޯޝަލް މީޑިއާގައި ދޭތެރެ ދޭތެރެއިން ދައުރުވަމުންދެއެވެ. މިދިޔަ އަހަރުގެ ތެރޭގައި ގަތަރު އެއަރވޭސްއާއި، އެމިރޭޓްސް އަދި ފްލައި ދުބާއީގެ ނަމުގައިވެސް މިފަދަ މެސެޖުތަކެއް ސޯޝަލް މީޑިއާގައި ދައުރުވިއެވެ

ގިނަފަހަރަށް އެފަދަ މެސެޖުތަކާއެކު އަންނަ ލިންކުތަކަށް އާންމުން ސަމާލުވާން ޖެހެއެވެ. ސަބަބަކީ އެފަދަ ލިންކުތަކަކީ ހެކްކުރުމުގެ ނިޔަތުގައި ފޮނުވާ ލިންކު ނުވަތަ ވައިރަހެއްކަން ފާހަގަކޮށްލެވެއެވެ

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކޮށް، ދެ ދުވަސްތެރޭ އަގުތައް އިޢުލާންކުރަނީ

ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ސިޔާސަތުގައިވާ ގޮތުގެ މަތިން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ހެޔޮކޮށް، ކުރިއަށްއޮތް ...

ބޭރުގެ ފައިސާ ގެނެވޭގޮތަށް ބީއެމްއެލުން އަލުން އީ-ވޮލެޓުގެ ހިދުމަތް ފަށައިފި

ޑިޖިޓަލް ވޮލެޓު ހިމެނޭހެން އޮންލައިންކޮށް ފައިސާ ޓްރާންސްފަރކުރެވޭ ޕްލެޓްފޯމްތަކުން މުއާމަލާތުކުރެވޭ ގޮތް އަލުން ބީއެލްއެލުން ހުޅުވާލައިފި އެވެ. ބޭރުގެ ...