ފަހަތުން އަރައި ޗެލްސީ ބަލިކޮށް، އިނގިރޭސި ލީގު ކަޕުގެ ފައިނަލަށް އާސެނަލް ދަތުރުކޮށްފި

ފަހަތުން އަރައި ޗެލްސީ ބަލިކޮށް، އިނގިރޭސި ލީގު ކަޕުގެ ފައިނަލަށް އާސެނަލް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލްގައި އާސެނަލްއާ ދެކޮޅަށް ނުކުންނާނީ އިނގިރޭސި ޕްރެމިއާ ލީގުގެ ކުރީގައި ތަފާތު ބޮޑު އޮތް މެންޗެސްޓާ ސިޓީއެވެ. ރޭގެ މެޗުގައި އެޑެން ހަޒާޑް ލަނޑު ޖަހާފައިވަނިކޮށް އާސެނަލްގެ ފުރަތަމަ ލަނޑަކީ ޗެލްސީގެ ޑިފެންޑަރު ރުޑިގާގެ އަތުން ބައިކޮޅަށް ވަންލަނޑެކެވެ. އާސެނަލް މޮޅުކޮށްދިނީ ގްރަނިޗް ޒަކާ ފަހު ހާފުގައި ޖަހައިދިން ގޯލުންނެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ޓީމުގެ މުހިންމު ކުޅުންތެރިއަކު ވިއްކާލުމަށްފަހު ވަރުގަދަ ޓީމަކާ ދެކޮޅަށް ހޯދުނީ ވަރަށް ރަނގަޅު ކާމިޔާބީއެއް ކަމަށެވެ. ފޯވަޑް އެލެކްސިސް ސަންޗޭޒް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމުން އޭނާ ވަނީ އާސެނަލްގެ ޗޭންޖިންރޫމުގައި ހުރި އުދާސްތައް ފިލައިފިކަމަށް އިޝާރާތްކޮށްފައެވެ. ދެ ޓީމުގެ ކޯޗުން ވެސް ރޭގެ މެޗަށް ފަހު ވަނީ ކުޅުމާމެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އޭނާގެ ޓީމު ކެޓީ ނަސީބު ދެރަކަމުން ކަމަށާއި، ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް ހައްޤު ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖަރުމަނުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ފްރާންސް އަތުން ޖަރުމަން ބަލިވެއްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތް 2020 ގެ  މަރުގެ ގުރޫޕްގެ ގޮތުގައި މަޝްހޫރު ވެފައިވާ ގުރޫޕް އެފްގައި ޖަރުމަން އާއި ...

އާސެނަލުން ޗެލްސީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ޗެލްސީގެ މައްޗަށް ކުރި ހޯދައިފިއެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ...

ޕީއެސްޖީ ބަލިކޮށް ލިލްއިން ފުރަތަމަ ފަހަރަށް ފްރެންޗް ސުޕަ ކަޕް ކާމިޔާބުކޮށްފި

ފްރާންސްގެ ގަދަ ބާރު ޕީއެސްޖީ ބަލިކުރުމަށްފަހު ލިލްއިން ފްރެންޗް ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ. އެންމެ ފަހުގެ ފްރެންޗް ލީގު ...