އީޔޫ، އެމެރިކާ އަދި އިނގިރޭސިވިލާތަށް ވެސް، ނިހާނުގެ ވަރުގަދަ ސުވާލެއް!

ޔޫރަޕިއަން ޔޫނިއަންއާއި އެމެރިކާ އަދި އިނގިރޭސިވިލާތަށް ވެސް މެމްބަރު ނިހާނު ގެ ވަރުގަދަ ސުވާލެއް އަމާޒު ވެއްޖެއެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން އެކި ގައުމުތަކާއި އދ. އާއި ޔޫރަޕިއަން ޔޫނިއަންގެ ފާޑު ކިޔުން ރާއްޖެއަށް އަމާޒުކުރަމުން ދާތީ، ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ހަބަރެއްގެ ވީޑިއޯ ފޭސްބުކްގައި ޝެއާ ކުރުމަށް ފަހު ނިހާން ވަނީ އެމެރިކާ އާއި އިނގިރޭސިވިލާތާއި އީޔޫއަށް އެ މަންޒަރުތައް ނުފެންނަނީތޯ ސުވާލު ކުރައްވައިފައެވެ.

އަދި ރާއްޖޭގެ ހާލަތާ މެދު ދުނިޔޭގެ ބޮޑެތި ބާރުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ފަލަސްތީނާއި ސީރިއާގައި ހިނގަމުންދާ ޖަރީމާތައް ކުށްވެރި ކުރަން ނުކެރިގެން އުޅެނީ ކީއްވެތޯވެސް ނިހާން ވަނީ ސުވާލުކުރައްވާފައެވެ.

ރައްޔިތުންގެ މަޖްލީހުގެ ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމަބެރު ނިހާނު މި ސުވާލުތައް އެ ޤައުމުތަކާއި އަދި ޖަމްޢިއްޔާތަކާއި ކޮށްފައިވަނީ އޭނާގެ ރަސްމީ ޓްވީޓަރ އެކައުންޓުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގއ. ފެށިގެން އައްޑުއަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފި

ބޯކޮށް ވާރޭވެހޭނެކަމަށް ބަލައި ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓ ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދެންމެ ނެރުނު ...

ޤައިދީން ޕްރޮމޯޓް ކުރާނަމަ ފިޔަވަޅު އަޅާނަން – ހޯމް މިނިސްޓްރީ

ގައިދީން ޕްރޮމޯޓް ކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އަނެއްކާވެސް ހޯމް މިނިސްޓްރީން ދީފިއެވެ. ހޯމް މިނިސްޓްރީން މިއަދު ...

ރާއްޖޭގައި ޒުވާން އާބާދީގައި ދިވެހިންނަށްވުރެ ބިދޭސީން ގިނަވެއްޖެ! 

މިމަހުގެ 12 ވަނަ ދުވަހަކީ ދުނިޔޭގައި ބައިނަލް އަގުވާމީގޮތުން ފާހަގަ ކުރެވެނު ޒުވާނުންގެ ދުވަހެވެ. ޒުވާނުންނަކީ ކޮންމެ ގައުމެއްގެވެސް ...